ގުޅީފަޅުގައި ހުރި އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
15 ޑިސެމްބަރު 2022 | ބުރާސްފަތި 20:22މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 00:31 ހާއިރު

އާއިޝަތު ޝިއުރާ | 15 ޑިސެމްބަރު 2022 | ބުރާސްފަތި 20:22

ގުޅީފަޅުގެ އެކޮމެޑޭޝަން ބްލޮކެއްގައި އަލިފާން ރޯވުން
ގުޅީފަޅުގައި ހުންނަ އެމްޓީސީސީގެ އެކެމޮޑޭޝަން ބްލޮކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 00:31 ހާއިރުކަމަށެވެ.
ހާދިސާގެ ރިޕޯޓު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 01:52 ހާއިރުއެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.











