Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

ނާކާމިޔާބުގެ ވަގުތުގައި ވެސް މޮރޮކޯ އިން ދެއްކީ ނަމޫނާ، ތިރިވީ ޝުކުރުގެ ސަޖިދަ އަށް

ސެމީ ފައިނަލަށް ހަމައަށް އާދެވުނު ކަމަށްޓަކައި ވެސް ﷲ އަށް ޝުކުރުކޮށް، ތިރިވީ ޝުކުރުގެ ސަޖިދައަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2022 | ބުރާސްފަތި 07:14
މޮރޮކޯ ޓީމް ފްރާންސް މެޗަށްފަހު ޝުކުރުގެ ސަޖިދަ އަށް ތިރިވެ

މޮރޮކޯ ޓީމް ފްރާންސް މެޗަށްފަހު ޝުކުރުގެ ސަޖިދަ އަށް ތިރިވެ

މިއަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަށް އެފްރިކާ ބައްރުގެ މޮރޮކޯ ކުރިމަތިލީ މާ ބޮޑު އުއްމީދެެއްގައެއް ނޫނެވެ. މުބާރާތަށް ނިކުންނައިރު އެ މީހުން ހިސާބު ޖެހީ ގްރޫޕް ސްޓޭޖު ފަހަނައަޅާ ގަދަ 16 އަށް ދިޔުމަށެވެ. އެއަށްވުރެ ދުރަކަށް މިސްރާބެއް ނެތެވެ.

މުބާރާތުގައި މޮރޮކޯ ލައްވާލީ ވެސް ވަރުގަދަ ގްރޫޕެއްގައެވެ. އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ އާއި ވަރުގަދަ ބެލްޖިއަމްގެ އިތުރުން ކެނެޑާއާ އެއް ގްރޫޕެއްގައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރަން ޖެހުނީ ވެސް ކްރޮއޭޝިއާ އާއެވެ. އެ މެޗުން ނިންމާލީ އެއްވަރުވެގެންނެވެ. ދެ ވަނަ މެޗުގައި ބެލްޖިއަމާ ދެކޮޅަށް ނިކުތްއިރު މޮޅުވުން މުހިންމުވިއެވެ. އެ މެޗުގައި މޮރޮކޯ އިން ތަފާތު ދެއްކިއެވެ. ބެލްޖިއަމް ސިއްސުވާލައި، އެމީހުން 2-0 އިން ކުރި ހޯދިއެވެ. ފަހު މެެޗުގައި ކެނެޑާ އަތުން މޮޅުވީ 2-1 އިންނެވެ. ގަދަ 16 އިން ޖާގަ ހޯދީ ވެސް ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. ކޮންމެ މެޗަކަށްފަހު މޮރޮކޯ އިން އުފާ ފާޅު ކުރަނީ ޝުކުރުގެ ސަޖިދައަކާ އެކުއެވެ.

މުބާރާތުގެ ގަދަ 16 އަށް ކުރިމަތިލީރު އިދިކޮޅު ޓީމަށް މޮރޮކޯގެ ގޯލު ފޫއަޅުވާލެވިފައެއް ނުވެއެވެ. ކެނެޑާ މެޗުގައި ވެސް ވަން ލަނޑަކީ މޮރޮކޯ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ގަދަ 16 ގައި އެމީހުން ކުރިމަތިލާން ޖެހުނީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބަލަމުން އައި ސްޕެއިންނާއެވެ. އެ މެޗަށް ނިކުމެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އަނެއްކާ ވެސް މޮރޮކޯ މުޅި ދުނިގެ ސިއްސުވާލިއެވެ. ސްޕެއިން ޖެހި ތިން ޕެނަލްޓީ ވެސް މަތަކުރިއެވެ. ޕެނަލްޓީގައި 3-0 އިން ސްޕެއިން ކަޓުވާލައި، މޮރޮކޯ ކުއާޓާ ފައިނަލަށް ދަތުރުކުރިއެވެ. މި މެޗަށްފަހު ވެސް އުފާ ފާޅު ކުރީ ޝުކުރުގެ ސަޖިދައިންނެވެ.

ކުއާޓާ ފައިނަލްގައި ނިކުންނަން ޖެހުނީ ވެސް ވަރުގަދަ ޓީމަކާ ދެކޮޅަށެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރޮސްޓިއާނޯ ރޮނާލްޑޯ އާއި ޕޯޗުގަލާ ދެކޮޅަށެވެ. މެޗުގެ ކުރިން ރޮނާލްޑޯ ފުރަތަަމަ 11 އިން ނުފެނިއްޖެ ނަމަ އުފާވާނެ ކަަމަށް ކޯޗު ވަލީދު ވެެސް ބުންޏެވެ. ޕޯޗުގަލް އިން މެޗު ފެށީ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެންނެވެ. މޮރޮކޯ ވެގެންދިޔައީ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް އައި އެފްރިކާގެ ފުރަތަމަ ޤައުމަށެވެ. އެ ހިތްވަރާއެކު ޕޯޗުގަލް ބަލިކޮށް، ދުނިޔެއަށް މޮރޮކޯގެ ފެންވަރު ދައްކާލިއެވެ. އެމީހުންނަނީ އާދައިގެ ޓީމެއް ނޫންކަން ސާބިތުކޮށްދިނެވެ. ޕޯޗުގަލްގެ މައްޗަށް 1-0 އިން ކުރި ހޯދައި، ސެމީ ފައިނަލަށް ދިޔުމުގެ އުފާ ފާޅު ކުރީ ވެސް ޝުކުރުގެ ސަޖިދައިންނެވެ. މޮރޮކޯ އަށް އަނެއްކާ ވެސް ތާރީޚުން ޖާގަ ލިބުނިއެވެ. ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅޭ އެފްރިކާގެ ފުރަތަމަ ޤައުމެވެ. ޢަރަބި އިސްލާމީ ފުރަތަމަ ޤައުމެވެ.

ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާ ދެކޮޅަށް ނިކުތީ ފައިނަލްގެ އުއްމީދުގައެވެ. އެ މެޗުގައި ވެސް މޮރޮކޯ އިން އެމީހުންގެ އެންމެ މޮޅު ކުޅުން ދެއްކިއެވެ. މުބާރާތުގެ ފައިނަލް ކުޅޭ އިސްލާމީ ފުރަތަމަ ޤަައުމަށް ވުމުގެ ޝަރަފު ހޯދަން ނިކުން ނަމަ ވެސް ސެމީ ގައި ނާކާމިޔާބު ވީއެވެ. 2-0 އިން ފްރާންސް އަތުން މޮރޮކޯ ބަލިވުމުން ކުޅުންތެރިންގެ މޫނު މަތިން މާޔޫސްކަން ފެނުނެވެ. އެ ހިތްދަތި ވަގުތުގައި ވެސް މޮރޮކޯ އިން ވަނީ ލާމަސީލު ނާމޫނާއެއް ދައްކާފައެވެ. އެ ހިސާބަށް އާދެވުނު ކަމަށްޓަކައި ވެސް ﷲ އަށް ޝުކުރުކޮށް، ތިރިވީ ޝުކުރުގެ ސަޖިދައަށެވެ. އެމީހުންނަށް މިހާތަަނށް ގެއްލޭނެ އެއްޗެއް ނެތްކަން ބުނެދޭ ފަދައިންނެވެ.

މޮރޮކޯ ކުޅުންތެރިންގެ މި އަމަލާއެކު ގިނަ ބަޔަކު އަންނަނީ އެ ޓީމަށް ލޯބި އޮއްސަމުންނެވެ. މޮރޮކޯ ޓީމު ވަނީ ގިނަ ބައެއްގެ ހިތްތަކުން ލޯބި ހޯދާފައެވެ. ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތުގައި އެފްރިކާ އާއި އިސްލާމީ އުންމަތް ފަޚުރުވެރިކޮށްދީފައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022މޮރޮކޯކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު