Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ސެމީ ފައިނަލްގައި ބަލިވި ނަމަވެސް މޮރޮކޯ އަށް މުބާރާތް ކާމިޔާބު

15 ޑިސެމްބަރު 2022 | ބުރާސްފަތި 06:49

ވޯލްޑް ކަޕް ކަހަލަ ބޮޑު މުބާރާތަކަށް މޮރޮކޯ އައީ ވެސް އެންމެ ފުރިހަމަ އަށް ތައްޔާރު ނުވެވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޑިސެމްބަރު 2022 | ބުރާސްފަތި 06:49
މޮރޮކޯގެ ކޯޗު ވަލީދު

މޮރޮކޯގެ ކޯޗު ވަލީދު | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އަތުން ބަލިވި ނަމަވެސް މޮރޮކޯ އަށް މުބާރާތް ކާމިޔާބު ކަމަށް އެ ޓީމުގެ ކޯޗު ވަލީދު ބުނެފިއެވެ.

ފްރާންސް އަތުން 2-0 އިން ބަލިވި މެޗަށްފަހު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ވަލީދު ބުނީ، މެޗުގެ ކުރީ ކޮޅު ފްރާންސް އިން ލަނޑު ޖެހުމަކީ އެމީހުންނަށް އިތުބާރު ބޮޑުވި ކަމެއް ކަމަށެވެ. އޭނާ ބުނީ ކުރިން ވެސް ފާހަގަކުރި ގޮތަށް މޮރޮކޯ އަށް ބޯޅަ ލިބިގެން ކުޅޭ ވަގުތުގައި ނުރައްކާ ކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި މޮރޮކޯ އަށް ގޯސްތަކެއް ހެދުނު ކަމަށް ވެސް ވަލީދު ބުންޏެވެ. އޭނާ ބުނީ ފުރަތަމަ ހާފުގައި ޓެކްޓިކަލީ ގޯސްތަކެއް ހެދުނު ކަމަށާއި، ފްރާންސް އަށް ނުރައްކާ ކުރެވުނީ އެކަމުގެ ސަބަބުން ކަމަށެވެ. އެއާ ޚިލާފަށް ދެ ވަނަ ހާފުގައި ކުޅުންތެރިން އެކަން ވަރަށް ބޮޑަށް ރަނގަޅު ކުރިކަން ފާހަގަކުރަމުން ވަލީދު ބުނީ، ކުޅުންތެރިންގެ އަތުން ބޯޅަ ގެއްލޭ ޙާލަތްތައް ވެސް މަދުވި ކަމަށެވެ. އަދި ދެ ވަނަ ހާފުގައި މޮރޮކޯ އިން ފްރާންސް އަށް ވަރަށް ބޮޑަށް ނުރައްކާ ކުރި ކަމަށާއި، ލިބުނު ފުރުސަތުތައް ނިންމާ ނުލެވުނީ ކަމަށެވެ.

ވަލީދު ބުނީ އޭނާ އެންމެ ބޮޑަށް އުފާވަނީ ކުޅުންތެރިންގެ މަސައްކަތް ރަނގަޅުވެފައި، މެޗުގެ ސީރިއަސްކަން ނަގާ މިންވަރު ފެނިފައި ކަމަށެވެ. އަދި ކުޅުންތެރިންނަށް އަނިޔާވެސް ވެފައި ތިބި ކަމަށާއި، ނަމަވެސް ހިތްވަރުކޮށްގެން ދެއްކީ މިސާލެއް ކަމަށެވެ. އެގޮތުން ވޯލްޑް ކަޕް ކަހަލަ ބޮޑު މުބާރާތަކަށް މޮރޮކޯ އައީ ވެސް އެންމެ ފުރިހަމަ އަށް ތައްޔާރު ނުވެ ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިންގެ ފެންވަރަށް ބެލި ނަމަވެސް އަދި ޓެކްޓިކަލަށް ބެލި ނަމަވެސް އެކަން ފާހަގަަ ވަމުން ދާނެ ކަމަށެވެ. އަދި ކުޅުންތެރިން މުބާރާތް ފެށީ ވެސް ވަރަށް ބޮޑެތި އަނިޔާތަކުން ކަަމަށާއި، މުޅިން ފިޓު ނޫން ކަމަށެވެ. އަދި ސެމީ ފައިނަލް ފަހަނައަޅާ ނުދެވުމުގައި ވެސް އެއީ ސަބަބެއް ކަމަށެވެ. އޭނާ ބުނީ ފްރާންސް އަށް މަރުހަބާ ކިޔާ ކަަމަަށާއި، މޮރޮކޯ އޮތީ ފްރާންސްގެ ފަހަތުގައި ކަމަށެވެ.

މީގެ އިތުރުން ވަލީދު ބުނީ ކުރިއަށް އޮތީ ތިން ވަނަ ހޮވާ މެޗު ކަމަށާއި، އެ މެޗަކީ ވެސް ވަރަށް ޓަފް މެޗަކަށް ވާނެ ކަމަށެވެ. އެ މެޗަށް ކުރިމަތިލާއިރު ވެސް ކުޅުންތެރިންގެ އެކި ވަރުގެ އަނިޔާތައް ހުރި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭނާ ބުނީ ފަހުން ކަންތައް ވާނެ ގޮތެއް ބުނަން ނޭންގޭ ކަަމަށާއި، ބޭނުންވަނީ އެ މެޗުން މޮޅުވާން ކަމަށެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022މޮރޮކޯވަލީދު

އެންމެ ހިނގާ

1

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

2

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

3

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

4

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

5

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2026

2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް ބާއްވާނެ ޤައުމެއް ކަނޑައެޅުމުގެ ބަހުސް ހޫނުވެ، މޮރޮކޯގެ ބޮޑުވަޒީރުގެ ނުރުހުން އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް އަށް

12 ސެޕްޓެމްބަރު 2026
2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް ބާއްވާނެ ޤައުމެއް ކަނޑައެޅުމުގެ ބަހުސް ހޫނުވެ، މޮރޮކޯގެ ބޮޑުވަޒީރުގެ ނުރުހުން އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް އަށް
09 އޯގަސްޓު 2026

ވިލާތުގެ އިއްތިހާދަށް ދެކުނު ބޯޑަރުގެ ކޮންޓްރޯލް ގެއްލިގެންދިޔައީ ކިހިނެއް؟

09 އޯގަސްޓު 2026
ވިލާތުގެ އިއްތިހާދަށް ދެކުނު ބޯޑަރުގެ ކޮންޓްރޯލް ގެއްލިގެންދިޔައީ ކިހިނެއް؟
03 އޯގަސްޓު 2026

މޮރޮކޯ މަގުން ސްޕޭނުގެ ސިއުޓާއަށް ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ހިޖުރަވެރިން ވަދެގަތް މައްސަލައިގައި، އިސްރާއީލާއި އެމެރިކާގެ ބައިވެރިވުން އޮތް ކަމަށް އީރާނުން ތުހުމަތުކޮށްފި

03 އޯގަސްޓު 2026
މޮރޮކޯ މަގުން ސްޕޭނުގެ ސިއުޓާއަށް ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ހިޖުރަވެރިން ވަދެގަތް މައްސަލައިގައި، އިސްރާއީލާއި އެމެރިކާގެ ބައިވެރިވުން އޮތް ކަމަށް އީރާނުން ތުހުމަތުކޮށްފި
31 ޖުލައި 2026

ފާއިތުވި 24 ގަޑިއިރުތެރޭ މޮރޮކޯ އިން 49،000 ހިޖުރަވެރިން ސިއޫޓާއަށް ވަނުމާގުޅިގެން ސްޕެއިންގެ އަސްކަރިއްޔާ ނެރެފި

31 ޖުލައި 2026
ފާއިތުވި 24 ގަޑިއިރުތެރޭ މޮރޮކޯ އިން 49،000 ހިޖުރަވެރިން ސިއޫޓާއަށް ވަނުމާގުޅިގެން ސްޕެއިންގެ އަސްކަރިއްޔާ ނެރެފި
10 ޖުލައި 2026

އިނގިރޭސިވިލާތާއި ނޯވޭ މެޗް: ފީފާ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގެ ކުރިން އެނގެންޖެހޭ މުހިންމު ކަންތައްތައް

10 ޖުލައި 2026
އިނގިރޭސިވިލާތާއި ނޯވޭ މެޗް: ފީފާ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގެ ކުރިން އެނގެންޖެހޭ މުހިންމު ކަންތައްތައް
10 ޖުލައި 2026

މޮރޮކޯ ބަލިކޮށް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް އަށް

10 ޖުލައި 2026
މޮރޮކޯ ބަލިކޮށް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް އަށް
09 ޖުލައި 2026

ފްރާންސް ބަލިކުރެވޭނެ ބަޔަކު އެބަތިބިތޯ ކުރެވޭ ސުވާލަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުގެ ބަސް

09 ޖުލައި 2026
ފްރާންސް ބަލިކުރެވޭނެ ބަޔަކު އެބަތިބިތޯ ކުރެވޭ ސުވާލަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުގެ ބަސް
09 ޖުލައި 2026

ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް

09 ޖުލައި 2026
ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް
09 ޖުލައި 2026

ވަގުތު ބޭކާރު ކުރެވޭކަށް ނެތް، މޮރޮކޯ އިން ބޭނުން ވަނީ ވޯލްޑް ކަޕްގެ ތަށި: އުއާބީ

09 ޖުލައި 2026
ވަގުތު ބޭކާރު ކުރެވޭކަށް ނެތް، މޮރޮކޯ އިން ބޭނުން ވަނީ ވޯލްޑް ކަޕްގެ ތަށި: އުއާބީ
05 ޖުލައި 2026

މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް

05 ޖުލައި 2026
މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް