Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕޮލިޓެކްނިކުން ހިންގާ ކޯސްތައް

ކައުންސިލުތަކާއި ގުޅިގެން ޕޮލިޓެކްނިކުން އަންނަނީ ރަށްރަށުގައި ކޯސްތައް ހިންގަމުން: ހާޝިމް

15 ޑިސެމްބަރު 2022 | ބުރާސްފަތި 02:40

އެކިއެކި މިނިސްޓްރީތަކާއި ކުންފުނިތަކާއި ޖަމިއްޔާތަކާއި ރަށްރަށުގެ ކައުންސިލުތަކުން އެދޭގޮތުގެ މަތިން ކޯސްތައް ހިންގަމުންދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ޑިސެމްބަރު 2022 | ބުރާސްފަތި 02:40
މޯލްޑިވްސް ޕޮލިޓެކްނިކް

މޯލްޑިވްސް ޕޮލިޓެކްނިކް

މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގާ ކޯސްތަކަކީ ހަމައެކަނި މާލެ ސިޓީ ނުވަތަ ޕޮލިޓެކްނިކުގެ ކެމްޕަސްތައް ހުންނަ ރަށްރަށުގައި އެކަނި ހިންގާ ކޯސްތަކެއް ނޫންކަމަށާއި އެހެން ފަރާތްތަކާއި ގުޅިގެންވެސް ކޯސްތައް ހިންގަމުންދާކަމަށް ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމް ވިދާޅުވެއްޖެއެވެ.

ޕޮލިޓެކްނިކުން ހިންގާ ކޯސްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހާޝިމް ވިދާޅުވީ އެކިއެކި މިނިސްޓްރީތަކާއި ކުންފުނިތަކާއި ޖަމިއްޔާތަކާއި ރަށްރަށުގެ ކައުންސިލުތަކުން އެދޭގޮތުގެ މަތިން ކޯސްތައް ހިންގަމުންދާކަމަށެވެ. އެގޮތުން ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ޕޮލިޓެކްނިކުން ފަހިކޮށްދެމުންދާކަމަށް ހާޝިމް ވިދާޅުވިއެވެ. އެކިއެކި ފަރާތްތަކުގެ އެދުމުގެ މަތިން ކޯސްތައް ފަރުމާކޮށްގެން ދެ ފަރާތުން ބޭނުންވާ ގޮތަށް ހިންގަމުންދާކަމަށް ހާޝިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހިނގަމުންދާ 2022 ވަނަ އަހަރު ނިމޭއިރު 12 ވަރަކަށް ރަށުގައި ޕޮލިޓެކްނިކުގެ ކޯސްތައް ހިންގޭނެކަމަށް ހާޝިމް ވިދާޅުވިއެވެ.

ޕޮލިޓެކްނިކުން މިހާރު ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެތަނުން ކުރިޔަށް ގެންދާ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. ހާޝިމް ވިދާޅުވީ ޖެނުއަރީ އިންޓޭކްގައި މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ތިނަދޫގައި ކޯސްތައް ކުރިޔަށްދާނެކަމަށެވެ.

ހާޝިމް ވިދާޅުވީ ކޯސްތަކަށް ކުރިމަތިލާއިރު ދަރިވަރުން ބޭނުންވާ ކޯސްތަކަށް ކުރިމަތިލުމަކީ މުހިންމު ކަމެއްކަމަށެވެ. ކޯސް ރަނގަޅު ގޮތުގައި ފުރިހަމަކޮށް ކޯހުން ކިޔެވި އެއްޗެއްގެ ބޭނުން ހިފިގެންދާނީ އޭރުންކަމަށް ހާޝިމް ވިދާޅުވިއެވެ.

މީގެއިތުރުން އަންނަ އަހަރުވެސް ރަށްރަށުގައި ކޯސްތައް ކުރިޔަށްގެންދާނެކަމަށް ހާޝިމް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2023

އެއްގަމު އުޅަނދު ލައިސަންސްގެ ތިއަރީ އިމްތިހާން ޕޮލިޓެކްނިކުން ކުރިއަށްގެންދާ ގޮތް ހަދައިފި

15 ނޮވެމްބަރު 2023
އެއްގަމު އުޅަނދު ލައިސަންސްގެ ތިއަރީ އިމްތިހާން ޕޮލިޓެކްނިކުން ކުރިއަށްގެންދާ ގޮތް ހަދައިފި
09 އެޕްރީލު 2023

ލެކްޗަރާއިންގެ މުސާރައަށް އައީ އުއްމީދު ކުރި ވަރަށްވުރެވެސް ހެޔޮ ބަދަލެއް: ޕޮލިޓެކްނިކް

09 އެޕްރީލު 2023
ލެކްޗަރާއިންގެ މުސާރައަށް އައީ އުއްމީދު ކުރި ވަރަށްވުރެވެސް ހެޔޮ ބަދަލެއް: ޕޮލިޓެކްނިކް
08 އެޕްރީލު 2023

އަމާޒަކީ ކޮލެޖެއްގެ ފެންވަރަށް ޕޮލިޓެކްނިކް ތަރައްގީކުރުން: ހާޝިމް

08 އެޕްރީލު 2023
އަމާޒަކީ ކޮލެޖެއްގެ ފެންވަރަށް ޕޮލިޓެކްނިކް ތަރައްގީކުރުން: ހާޝިމް
01 މާރިޗު 2023

މީހުން ބިނާކުރުމަށް ސްޓެލްކޯއާއި ޕޮލިޓެކްނިކާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

01 މާރިޗު 2023
މީހުން ބިނާކުރުމަށް ސްޓެލްކޯއާއި ޕޮލިޓެކްނިކާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
21 ޑިސެމްބަރު 2022

މިސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

21 ޑިސެމްބަރު 2022
މިސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ
07 ނޮވެމްބަރު 2022

ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމަށް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް އާއި ހަވާލުކޮށްފި

07 ނޮވެމްބަރު 2022
ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމަށް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް އާއި ހަވާލުކޮށްފި
17 ޖެނުއަރީ 2022

ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުން ތަމްރީން ކުރަނީ

17 ޖެނުއަރީ 2022
ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުން ތަމްރީން ކުރަނީ
10 ސެޕްޓެމްބަރު 2021

އޮޓޯމޯޓިވް ދާއިރާއަށް މީހުން ތަމްރީނުކޮށްދޭނެ މީހުން ނުލިބުމަކީ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން : ނާސިރު

10 ސެޕްޓެމްބަރު 2021
އޮޓޯމޯޓިވް ދާއިރާއަށް މީހުން ތަމްރީނުކޮށްދޭނެ މީހުން ނުލިބުމަކީ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން : ނާސިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް