Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރިޒަން ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް

ކަރެކްޝަންސްގެ މަސައްކަތްތައް ރަނގަޅުކުރުމަށް 180 އޮފިސަރުންގެ ކޯޓާއެއް

15 ޑިސެމްބަރު 2022 | ބުރާސްފަތި 02:17

މަސްތުވާތަކެތީގެ މައްސަލައަކީ ވަރަށް ބޮޑެތި ޗެލެންޖްތައް ހުރި މައްސަލައެއް ކަމަށާއި މިކަން ހައްލުކުރުމަށްޓަކައި ތަފާތު ވިސްނުންތަކާއި ސިޔާސަތުތަކަށް ބަދަލުގެންނަންޖެހޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ޑިސެމްބަރު 2022 | ބުރާސްފަތި 02:17
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މަދު މުވައްޒަފުންނާއެކު މަސައްކަތްކުރަން ޖެހުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުންނާއި ކަރެކްޝަންސްގެ މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން 180 އޮފިސަރުންގެ ކޯޓާއެއް ސަރުކާރުން ދީފައިވާކަމަށާއި އޭގެ ތެރެއިން ގިނަ އަދަދެއްގެ އޮފިސަރުން ތަމްރީން ހޯދަމުން އަންނަކަމަށް ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބެޗް މާފުށީ ޖަލުގައި ފެށުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ މި ބެޗްގެ ކަންތައްތައް އެމްސީއެސްގެ އޮފިސަރުން މިހާރު ލިބިފައިވާ ތަޖުރިބާއާއެކު ކުރިއަށްވުރެއް ރަނގަޅަށް ކުރިއަށް ގެންދާނެކަމަށް އުއްމީދުކުރައްވާކަމަށާއި މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތައް މެދުވެރިކޮށް އައު ބެޗަށް ހިތްވަރު ހޯދައިދިނުމުގެ ގޮތުން އެހީތެރިކަން ދެއްވާނެކަމަށެވެ. އަދި ކުށެއް ކުރުމަށްފަހު އިސްލާހުވާންޖެހޭކަމަށް ޤަބޫލުކޮށް ތައުބާވުމާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، ތިމާ ޖަލަށް ވަތް އިރު ހުރި މީހާނޫން މީހަކަށް އަދި އައު ދިރިއުޅުމަކަށް ކުރިމަތިލުމަށް އަމިއްލައަށް ނިންމުމަށް މި ޕްރޮގްރާމްގެ ބައިވެރިންނަށް މުހާތަބުކުރައްވަމުން މިނިސްޓަރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު އިމްރާން ވިދާޅުވީ މިއަދަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ފަރާތްތައް ޒިންމާދާރު ހެޔޮލަފާ ފަރާތްތަކެއްގެ ގޮތުގައި މުޖްތަމަޢުއަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އަނެއްކާވެސް އުސް ފިޔަވަޅެއް އެޅޭ ދުވަހެއް ކަމަށެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗަށް އަލިއަޅުއްވާލައްވަމުން، މިނިސްޓަރު ފާހަގަކުރެއްވީ އެ ފަރާތްތައް ސެޕްޓެމްބަރު މަހު މުޖްތަމަޢުއަށް ރީއިންޓަގްރޭޓްކުރެވިފައިވާ ކަމަށާއި އެ ޕްރޮގްރާމްގެ ތަފާތު އައު ތަޖުރިބާތަކަށް ބިނާކޮށް ޤައިދީން ތިބޭ ޔުނިޓަށާއި ޕްރޮގްރާމަށާއި އޮފިސަރުންގެ ޓްރޭނިންއަށް ބަދަލު ގެނެވި، މި އައު ބެޗް ފަށާފައިވާކަމަށެވެ.

ރާއްޖޭގައި ބައި ގަރުނުވަންދެން ކުރިމަތިލަމުން އަންނަ މައްސަލައެއް ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލައަކީ ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރި މައްސަލައެއް ކަމަށާއި މިކަން ހައްލުކުރުމަށްޓަކައި ތަފާތު ވިސްނުންތަކާއި ސިޔާސަތުތަކަށް ބަދަލުގެނެސް މަސައްކަތްތައް ކުރުމާއެކުވެސް، އަދި ކުރެވޭ ކަންކަމުން ހެޔޮ ނަތީޖާ ނުކުންނަ އިރުވެސް މިކަމުގެ ގޮންޖެހުންތައް އިންތިހާއަށް ބޮޑުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް ރިހެބިލިޓޭޓްކުރުން ކަމަށާއި ޖަލުގައި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފެށިގެންދިޔައީ ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ޓީމްގެ މިންނެތް މަސައްކަތުން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވީ ޤައިދީން އިސްލާހުކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމަޢުއަށް ނެރުމަކީ ކަރެކްޝަންސްގެ މައިގަނޑު މުހިއްމު އެއް މަސައްކަތްކަމަށާއި މިކަން ކުރުމަށްޓަކައި ގިނަ ވިސްނުންތައް ވިސްނާ، ހިސާބުތައް ހަދާ، ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން އެމްސީއެސްގެ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނެސް، މި މަސައްކަތަށް ފަންނީ މީހުންގެ މުހިއްމުކަން ބޭނުންވާކަމަށް ޤަބޫލުކުރެވޭތީ، ފަންނީ މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ވޭތުވެ ދިޔަ ދޮޅު އަހަރަށް ބަލާއިރު ކައުންސެލިން، ސޯޝަލް ވަރކް އަދި ސައިކޮލަޖީގެ ދާއިރާއިން ކިޔަވާފައި ތިބި ފަންނީ މުވައްޒަފުން އިތުރުކުރެވިފައިވާކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް ގިނަ ކަންތައްތައް ދަސްކުރަންޖެހުނުކަމަށާއި މަސްތުވާތަކެތި މުޖްތަމައުގައި ފެތުރިފައިވާ މިންވަރަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރު ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ގިނަ ކަމަށާއި އެހެން ގައުމުތަކުން މިކަން ހައްލުކުރަން ކުރާ މަސައްކަތްތަކާއި ފަންނުވެރި ކަން ބަލާ، ކުރެވޭނެ އިންތިޒާމްތައް ހެދުން މުހިއްމުކަމަށެވެ. އެގޮތުން އެންޑީއޭއާ ގުޅިގެން ޓޭކްނިކަލް އެހީތެރިކަން ހޯދައި، މާފުށީ ޖަލުގައި މި ޕްރޮގްރާމް ފެށުމަށް ވަކި ޔުނިޓެއް ހަމަޖައްސާ، މަރާމާތުކޮށް، އޮފިސަރުންނަށް ބޭނުންވާ ޓެކްނިކަލް އިލްމު ދެވިފައިވާނެކަމަށާއި ގުޅުން ހުރި މުވައްސަސާތަކާއެކު ގުޅިގެން މަސައްކަތް ކުރުން މުހިއްމުކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް މުހާތަބްކުރައްވާ ދެއްވާނެ އެންމެ މުހިއްމު މެސެޖެއް ކަމަށް ކޮމިޝަނަރު ވިދާޅުވީ އެމްސީއެސްގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް، ޚާއްސަކޮށް މަސްތުގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް މި ފޯރުކޮށްދެވޭ ފުރުޞަތަކީ ވަރަށް މުހިއްމު ފުރުޞަތެއްގެ ގޮތުގައި ދެކުމަށެވެ. އަދި މި ޕްރޮގްރާމްއަށް ތައްޔާރުވެފައިވާ މިންވަރަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރު ވިދާޅުވީ މި ޕްރޮގްރާމްގެ ތެރޭގައި ޑިޓޮކްސް ކުރުމާއި އެކި ކަހަލަ ތަމްރީންތައް ދެމުންގެންދިޔަ ނަމަވެސް، މިކަން ފުރިހަމަ ކުރުމުގައި ޕްރޮގްރާމްގެ ބައިވެރިންގެވެސް މިކަމުން އަރައިގަތުމަށް ބޮޑު ޒިންމާއެއް ވާކަމަށެވެ.

ކޮމިޝަނަރުގެ އެދިވަޑައިގަތުމަކީ މި ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު މުޖްތަމަޢުއަށް ނުކުމެ، މު ފުރުޞަތު ބޭކާރު ނުކޮށްލުމަށެވެ. އެގޮތުން ޖަލުން އިސްލާހުވެގެން ނުކުމެ މުޖްތަމައުގައި ކާމިޔާބުކަމާއެކު ދެ އަހަރުވަންދެން އުޅޭ މީހެއްގެ ވާހަކަ ބައިވެރިންނާއި ހިއްސާކުރައްވަމުން ކޮމިޝަނަރު ވިދާޅުވީ އުއްމީދަކީ މި ޕްރޮގްރާމްގެ ބައިވެރިންވެސް މުޖްތަމަޢުއަށް ނުކުމެ، ރަނގަޅު ނަމޫނާއެއް ދެއްކުންކަމަށެވެ. އަދި އެމްސީއެސްއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޖަލުގައި ދެވޭ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކޮށްގެން ނުކުމެ މުޖްތަމަޢުގައި ޒިންމާދާރު މީހަކަށްވެ، ޒިންމާދާރު، ވަޒީފާއެއް އަދާކުރާ މީހަކަށްވާ ތަން ފެނުން ކަމުގައި ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
01 އޮކްޓޯބަރު 2024

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ
25 ޖުލައި 2024

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް
01 އެޕްރީލު 2024

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ
21 ޑިސެމްބަރު 2023

ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

21 ޑިސެމްބަރު 2023
ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން
06 ޑިސެމްބަރު 2023

ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

06 ޑިސެމްބަރު 2023
ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް
01 ނޮވެމްބަރު 2023

ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ

01 ނޮވެމްބަރު 2023
ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ
01 ނޮވެމްބަރު 2023

ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…

01 ނޮވެމްބަރު 2023
ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…
31 އޮކްޓޯބަރު 2023

އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ

31 އޮކްޓޯބަރު 2023
އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ
29 އޮކްޓޯބަރު 2023

ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް

29 އޮކްޓޯބަރު 2023
ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް