Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯ

ފަރިތަކުރުންތަކަށް ރޮނާލްޑޯ ރެއާލް މެޑްރިޑުގެ ދަނޑަށް

15 ޑިސެމްބަރު 2022 | ބުރާސްފަތި 02:21

މި ފަރިތަކުރުމުގެ ބޭނުންމަކީ އޭނާގެ ފިޓްނަސް ހިފެހެއްޓުން ކަމަަށް ވެސް ރިޕޯޓުތައް ބުނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޑިސެމްބަރު 2022 | ބުރާސްފަތި 02:21
ޓްރެއިނިންގައި ރޮނާލްޑޯ

ޓްރެއިނިންގައި ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކުރީގެ ކުލަބް ރެއާލް މެޑްރިޑުގެ ޓްރެއިނިން ދަނޑެއްގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 37 އަހަރުގެ ރޮނާލްޑޯ މިވަގުތު ހުރީ އެއްވެސް ކުލަބެއްގައެއް ނޫނެވެ. އެންމެ ފަހުން އޭނާ ކުޅުނީ ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑަށެވެ. ނަމަވެސް އެ ކުލަބުގެ ކޯޗު އެރިކް ޓެން ހާގް އަދި އިސްވެރިންނާ މައްސަލަ ޖެހި ކުލަބުން ވަނީ ރޮނާލްޑޯ ދޫކޮށްލަން ނިންމާފައެވެ. އެ ކުލަބުން ރޮނާލްޑޯ ދޫކޮށްލަން ނިންމީ އޭނާ ކުލަބުގައި ހުންނަން ބޭނުންނުވާ ކަމަށް ހާމަކޮށްފައި ވަނިކޮށެވެ.

ސްޕެއިންގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ރޮނާލްޑޯ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ ރެއާލްގެ ޓްރެއިނިން ދަނޑެއް ކަމުގައިވާ ވަލްޑެބެބާސް ދަނޑުގައެވެ. އަދި ރޮނާލްޑޯ އެ ދަނޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންދަޔައީ އޭނާގެ ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއާ އާއެކު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ރޮނާލްޑޯގެ މި ފަރިތަކުރުމުގެ ބޭނުންމަކީ އޭނާގެ ފިޓްނަސް ހިފެހެއްޓުން ކަމަަށް ވެސް ރިޕޯޓުތައް ބުނެއެވެ. ހަމައެއާކު އެ ފަރިތަކުރުމުގައި ބައިވެރިވީ ރޮނާލްޑޯ އެކަނި ކަމަަށާއި، އެހެން އެއްވެސް ކުޅުންތެރިޔަކު ބައިވެރިނުވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ރޮނާލްޑޯ ވަނީ ރެއާލަށް ނުވަ އަހަރު ކުޅެދީފައެވެ. 2008 ވަނަ އަހަރު އެ ކުލަބަށް ބަދަލުވެ، 2018 ވަނަ އަހަރު އޭނާ ކުލަބް ދޫކޮށްލިއިރު، ރޮނާލްޑޯ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. ރޮނާލްޑޯ ވަނީ ރެއާލަށް ކުޅެދިން 438 މެޗުން 450 ލަނޑު ޖަހާފައެވެ. މީގެ އިތުރުން އޭނާ ވަނީ ރެއާލާއެކު 15 ތައްޓެއް ކާމިޔާބުކޮށްފައެވެ. ހަމައެއާއެކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އައި ބެލެންޑޯ އެވޯޑު ވެސް ރޮނާލްޑޯ ވަނީ ފަސް ފަހަރު ހޯދާފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯރެއާލް މެޑްރިޑް

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް