Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާގައި ކޮވިޑް ފެތުރުން

ޗައިނާގައި ބާރަށް ކޮވިޑް ފެތުރެން ފެށުމާގުޅިގެން ހޮސްޕިޓަލްތައް ފުރިފައި

ބޭޖިންގގައި މިހަފުތާތެރޭގައި އެއް ދުވަސް މަތިން 22000 މީހުން ފްލޫ ކްލިނިކްތަކަށް ދިޔަކަމަށްވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2022 | ބުދަ 16:22
ޗައިނާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުން

ޗައިނާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުން

ޗައިނާގައި ބާރަށް ކޮވިޑް 19 ފެތުރެމުން ދިއުމާއެކު ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ މުވައްޒަފުންގެ ދަތިކަން ކުރިމަތިވުމުން, އިންފެކްޓްވެފައި ތިބި ޑަކްޓަރުންނާއި ނަރުހުންވެސް މަސައްކަތަށް ނުކުތުމަށް އަންގަމުންދާކަމަށް ޚަބަރު ލިބެއެވެ. އެގައުމުގައި މިހާ ބާރަށް ބަލިފެތުރެން ދިމާވީ ސަރުކާރުން ދަމަހައްޓަމުން އައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުއްލިއަކަށް ދޫކޮށްލުމުންނެވެ. ބައެއް ޚަބަރުތައް ބުނާގޮތުން، މިހާރު ކަންތައް ދާގޮތުންނަމަ ޑޮކްޓަރުންގެ ގައިންވެސް ބަލި އެރުމުގެ ފުރުސަތު އެބައޮތެވެ.

ހުން އައިސްގެން ހޮސްޕިޓަލްތަކަށް ދާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވަމުން ދިއުމާއެކު ހޮސްޕިޓަލްތަކުގެ ފީވަރ ވޯޑްތަކުގެ ޖާގަ ވަނީ އިތުރުކުރަން ފަށާފައެވެ. ނަމަވެސް މިބައިތައްވެސް ވަރަށް އަވަހަށް ފުރެމުން ދާކަމަށް ޚަބަރުތައް ބުނެއެވެ.

ސިއްހީ އޮފިޝަލުން ވިދާޅުވާގޮތުގައި ގިނަ މީހުންތިބީ ވެކްސިން ފުރިހަމަކޮށްފައިކަމުން، ފައްސި ވީނަމަވެސް ރައްކާތެރިކަމާއެކު ގޭގައި މަޑުކުރިޔަސް އެންމެ ރަގަޅުވާނެ ކަމުގެ މެސެޖް އަދިވެސް ގިނަ ބަޔަކަށް ފޯރުކޮށްދޭން އެބަޖެހެއެވެ. ނޫންނަމަ ހޮސްޕިޓަލްތަކަށް ހިފަހައްޓާނުލެވޭ ވަރަށް ބާރު ބޮޑުވާނެއެވެ.

ހުމާއި ރޯގާއަށް ދޭ ބޭސްތައް ހޯދާ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން ފާމަސީތަކަށްވެސް މިވަގުތު ވަރަށް ބާރު ބޮޑުވެފައިވާ ކަމަށް ޚަބަރުލިބެއެވެ. މީގެ އިތުރުން އަމިއްލަޔަށް ކޮވިޑް ޓެސްޓް ހަދާ ކިޓް ހޯދުމަށްވެސް ވަނީ ވަރަށް ޑިމާންޑް ބޮޑުވެފައެވެ.

ވެރިރަށް ބޭޖިންގގެ ރެސްޓޯރަންޓްތައް ހުޅުވުމުގެ ހުއްދަ މިހާރު ދީފައި ވީނަމަވެސް، މަގުތަކާއި މިތަންތަންތަންވެސް ފެންނަނީ ހުސްކޮށެވެ. ލެބްތަކަށް ބާރު ބޮޑުވެފައި ވުމާއެކު ޕީސީއާރު ޓެސްޓް ހެދުމަށްފަހު ނަތީޖާ ރައްދުކޮށްދިނުމުގައިވެސް ވަނީ ދަތިތަކެއް ކުރިމަތި ވެފައެވެ.

ސަރުކާރުން ބޭނުންވީ ރައްކާތެރިކަމުގެ ފިޔަވަޅު އަދިވެސް ކުރިއަށްގެންދާށެވެ. ނަމަވެސް ޒީރޯ ކޮވިޑް ޕޮލިސީ އުވާލުމަށް ގޮވާލައި، ސިޓީއަކަށްފަހު ސިޓީއެއްގައި މުޒާހަރާތައް ވަނީ ފުޅާވެގެން ގޮސްފައެވެ. އެއާއެކު ރައީސް ޝީ ޖިންޕިންގގެ އިސްތިއުފާއަށް ގޮވާ މީހުންގެ އަދަދުވެސް އައީ އިތުރު ވަމުންނެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލާފައި ވުމާއެކު ސަރުކާރުން މިހާރު ބުނަނީ ކޮވިޑް ޖެހުމަކީ ކަންބޮޑުވާންވީ ކަމެއް ނޫން ކަމުގައެވެ. ޑޮކްޓަރުން މިހާރު ގެންދަނީ ކޮވިޑް ޖެހުނަސް ގޭގައި މަޑުކުރުން އެންމެ ރަނގަޅުވާނެ ކަމުގެ މެސެޖް ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް މެދުވެރިކޮށްވެސް ފަތުރަމުންނެވެ.

ބޭޖިންގގައި މިހަފުތާގައި އެއްދުވަސް މަތިން 22 ހާސް މީހުން ފީވަރ ކްލިނިކްތަކަށް ދައްކަން ދިއުމުން، އަތުވެދާނެ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމަށްޓަކައި އައިސޮލޭޝަން ސެންޓަރުތައް ވަގުތީ ހޮސްޕިޓަލްތަކަކަށް ހެދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންކަމަށް ޚަބަރު ލިބެއެވެ.

ޗައިނާކޮވިޑް ފެސިލިޓީދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު