Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިއޮނަލް މެސީ

މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް: މެސީ

އޭނާ ބުނީ ކުރިއަށް އޮތް ވޯލްޑް ކަޕާ ކުރިމަތިލާން އަދި އަހަރުތަކެއް އޮތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2022 | ބުދަ 07:24
އާޖެންޓީނާ އަދި ކްރޮއޭޝިއާ ކުޅުނު މެޗުގެ ތެރެއިން

އާޖެންޓީނާ އަދި ކްރޮއޭޝިއާ ކުޅުނު މެޗުގެ ތެރެއިން

މިހާރު ޤަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މުބާރާތަކީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

މެސީ މިހެން ބުނީ މުބާރާތުގެ ސެމީ ފައިނަލްގައި ކްރޮއޭޝިއާ ބަލިކޮށް ފައިނަލަށް ދަތުރުކުރި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. މިއީ މެސީ އާޖެންޓީނާއާއެކު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅޭ ދެ ވަނަ ފަހަރެވެ. މެސީ ވަނީ 2014 ވަނަ އަހަރުގެ ފައިނަލްގައި ވެސް ކުޅެފައެވެ. މެސީގެ ފުޓުބޯޅަ ކެރިއަރުގައި މިހާރު މަދުވަނީ ވޯލްޑް ކަޕްގެ ތައްޓެވެ.

މިއަހަރުގެ މުބާރާތުގައި މެސީ ވަނީ ރެކޯޑެެއް ވެސް ޤާއިމުކޮށްފައެވެ. އެއީ ވޯލްޑް ކަޕްގައި އާޖެންޓީނާ އަށް އެންމެ ގިނަ ލަނޑު ޖަހައިިދިން ކުޅުންތެރިޔާގެ ރެކޯޑެވެ. މެސީ ވަނީ މިހާތަނަށް ވޯލްޑް ކަޕްގައި 11 ލަނޑު ޖަހާފައެވެ. ކުރިން މި ރިކޯޑު އޮންނަނީ 10 ލަނޑު ޖެހި ގެބްރިއަލް ބަޓީސްޓޫޓާ އަތުގައެވެ.

މެޗަށްފަހު އާޖެންޓީނާގެ މީޑިއާ އަކަށް މެސީ ބުނީ އޭނާގެ ވޯލްޑް ކަޕް ދަތުރު ފައިނަލަކުން ނިންމާލުމަށް ލިބޭތީ ވަރަށް އުފާވާ ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް ވޯލްޑް ކަޕާ ކުރިމަތިލާން އަދި އަހަރުތަކެއް އޮތް ކަމަށެވެ. އެހެންކަމުން އެ މުބާރާތުގައި ކުޅެވޭނެކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އޭނާ ބުނީ މިހާރު ލިބުނު ފުރުސަތުގައި ވޯލްޑް ކަޕް ނިންމާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

މީގެ އިތުރުން މެސީ ބުނީ އަނެއްކާ ވެސް އާޖެންޓީނާ އަށް ވޯލްޑް ކަޕްގެ ފައިނަލަށް އާދެވިއްޖެ ކަމަށާއި، އެކަމުގެ އުފާ ލިބިގަތުމަށް އެދޭ ކަމަށެވެ. އޭނާ ބުނީ މުބާރާތުގައި އާޖެންޓީނާ ކުރިއަށް ދާން ޖެހުނީ އުނދަގޫ ހާލަތެއްގައި ކަމަށާއި، އެކަން ކަމާއެކު ކުރިއަށް ދެވޭތީ އުފާވާ ކަމަށެވެ.

މުބާރާތުގައި ފައިނަލްގައި އާޖެންޓީނާ ވާދަކުރާނެ ޓީމެއް އެނގޭނީ ބުދަ ދުވަހުގެ ރޭ ފްރާންސް އަދި މޮރޮކޯ ވާދަ ކުރާ މެޗަށްފަހުއެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022އާޖެންޓީނާލިއޮނެލް މެސީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު