Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެލޭގެ ބަލިހާލަތު

ޕެލޭގެ ހާލު ރަނގަޅު ނަމަވެސް އަދިވެސް ހޮސްޕިޓަލުގައި!

ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 92 މެޗުގައި 77 ލަނޑު ޖަހާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 13 ޑިސެމްބަރު 2022 | އަންގާރަ 14:39
ބްރެޒިލްގެ ފުޓްބޯލަ ލެޖެންޑް ޕެލޭ

ބްރެޒިލްގެ ފުޓްބޯލަ ލެޖެންޑް ޕެލޭ

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ސިއްހީ ހާލަތު ރަނގަޅުވަމުން އަންނަކަމަށް އޭނާ އެޑްމިޓްކޮށްފައިވާ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލުން ބުނެފިއެވެ.

އެހޮސްޕިޓަލުން ލިބޭ ޚަބަރު ތައް ބުނާ ގޮތުން ޕެލޭގެ ބަލިހާލަތު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. ނަމަވެސް އަދިވެސް އޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއް މިވަގުތު ބުނަން ނޭނގޭކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އުމުރުން 82 އަހަރުގެ ޕެލޭ ހޮސްޕިޓަލުގައި އެޑްމިޓްކުރީ އޭނާގެ މުޅިހަށިގަނޑު ދުޅަވުމުގެ އިތުރުން ހާޓް ފެއިލިއާ އެއްގެ ސަބަބުންނެވެ. ބްރެޒިލްގެ ސައޯ ޕައުލޯގައި ހުންނަ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލުގައި އޭނާ އެޑްމިޓްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޭނާ އަންނަނީ ގޮހޮރުގެ ކެންސަރު ބައްޔަށް ފަރުވާ ކުރަމުންނެވެ.

މިފަހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު ޑޮކްޓަރުން ވަނީ އޭނާ އަލުން ރަނގަޅުވާނެ ކަމުގެ އުންމީދު ކަނޑާލާފައެވެ. އެއީ ކެންސަރަށް ފަރުވާ ކުރުމަށް ދޭ ކީމޯ ތެރަޕީގެ އަސަރު ނުކުރާތީއެވެ.

ޕެލޭ ވަނީ ބްރެޒިލްގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕްގެ ތަށި ތިން ފަހަރު އުފުލާލާފައެވެ. މިއީ އެއް ކުޅުންތެރިއަކު އެންމެ ގިނަ އަދަދަކަށް ވޯލްޑް ކަޕް ކާމިޔާބުކުރި އަދަދެވެ. ބްރެޒިލާއެކު ޕެލޭ ވޯލްޑް ކަޕް ކާމިޔާބުކުރީ 1958، 1962 އަދި 1970ގައެވެ. އޭނާ ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 92 މެޗުގައި 77 ލަނޑު ޖަހާފައެވެ.

ޕެލޭބްރެޒިލް

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
24 ނޮވެމްބަރު 2025

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި
23 އޮކްޓޯބަރު 2025

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި
12 ސެޕްޓެމްބަރު 2025

އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

12 ސެޕްޓެމްބަރު 2025
އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި
05 އޯގަސްޓު 2025

ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

05 އޯގަސްޓު 2025
ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު