Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަރުހުން ބިނާކުރުން

ސްޕެޝަލިސްޓް ނަރުހުން ބިނާކުރުމަށް ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި

13 ޑިސެމްބަރު 2022 | އަންގާރަ 12:23

15 ސްކޮލަރޝިޕް ފުރުސަތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 13 ޑިސެމްބަރު 2022 | އަންގާރަ 12:23
އައިޖީއެމްއެޗް ނަރުހުން

އައިޖީއެމްއެޗް ނަރުހުން

ސްޕެޝަލިސްޓް ނަރުހުން ރާއްޖެއިން ބޭރުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ސްކޮލަރޝިޕް ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

ނަރުހުންނަށް ރާއްޖޭގައި ޑިގްރީލެވެލް އަށް ކިޔެވެއެވެ. މިނިސްޓްރީން ވަނީ މި ޕްރޮގްރާމުގެ ދަށުން 15 ސްކޮލަރޝިޕް ފުރުސަތަކަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. މިއާއެކު ނަރުހުންނަށް މާސްޓަރސް ޑިގްރީ ލެވެލްއަށް ރާއްޖެއިން ބޭރުގައި ތަމްރީނުވެ ސްޕެޝަލައިޒްވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.  

Advertisement - newsAdvertisement

ކޯހުގައި ކިޔެވުމަށް ޖާގަހޯދުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ލިބޭފަރާތްތަކުން އަމިއްލައަށް ކަމަށާއި، ޖާގަހޯދުމުގައި މޯލްޑިވްސް ނާރސިންގ ކައުންސިލުން އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ގަބޫލުކުރާ ކިޔަވައިދޭ މަރުކަޒެއްކަމާއި އަދި ކޯހެއްކަން ކަށަވަރުކުރަންވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އިޚްތިޔާރުކުރާ ކޯހަކީ، އިންގްލިޝް މީޑިއަމްއިން ކިޔަވައިދޭ، ފުލްޓައިމް ކޯހެއް ކަމުގައި ވާންޖެހެއެވެ. އަދި ކޯހުގެ މުއްދަތުގައި މަރުކަޒަށް ހާޒިރުވެގެން ފުރިހަމަކުރަންޖެހޭ ކޯހަކަށް ވާންޖެހެއެވެ. އަދި ކޯހުގައި ސުޕަރވައިޒްޑް ޕްރެކްޓިކަލް ބައެއް ހިމެނިފައި ވާންޖެހޭނެ ކަމަށާއި، އެއީ ކިޔަވައިދޭ މަރުކަޒަކުން އިންތިޒާމްކޮށް ހަމަޖައްސައި ދޭނޭ ކޯހަކަށްވެސް ވާންވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

ސްކޮލަރޝިޕްގައި ކިޔެވުމަށް ޖާގަ ހޯދުމަށް 6 މަސްދުވަސް ދޭން ވަނީ ނިންމާފައެވެ. ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ ސަރުކާރުންނެވެ. މީގެ ތެރޭގައި ކޯސްފީގެ އިތުރުން މަރުކަޒު ހުންނަގައުމަކަށް ދެކޮޅު ޓިކެޓާއި، މަހުންމަހަށް ގައުމުތަކަށް ކަނޑައެޅިފައިވާ ރޭޓުން ސްޓައިޕެންޑާއި، ބުކް އެލަވަންސް، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާރޗަރ އެލަވަންސް، އިންޝުއަރެންސް ޚަރަދާއި އަދި ވިސާ ޚަރަދު ހަމަޖައްސައިދޭނެއެވެ.

ސްކޮލަރޝިޕް ކަނޑައެޅިފައިވަނީ ރާއްޖޭގެ 8 ހޮސްޕިޓަލް އަކަށެވެ. މި ސްކޮލަރޝިޕްތައް ފުރިހަމަ ކުރާފަރާތްތަކުން އެ ހޮސްޕިޓަލްތަކުގައި ޚިދުމަތް ކުރުމަށް ބޮންޑް ކުރެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ. އެ ހޮސްޕިޓަލްތަކަކީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި މ. މުލީ ރީޖަނަލް ހޮސްޕިޓަލެވެ.  

މި ސްކޮލަރޝިޕް ގައި 27 ދާއިރާއަކުން ސްޕްޝަލައިޒްވުމަށް ހުޅުވާލާފައިވެއެވެ. އެ ދާއިރާތަކަކީ:   

މި ސްކޮލަރޝިޕް ޕްރޮގްރާމާ ގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ފެންވަރު ރަނގަޅު ނަރުހުން ބިނާކުރުން ކަމަށެވެ. މި ސްކޮލަރޝިޕްގެ ތެރެއިން ކިޔެވުމަށް ހުލުވާލާފައިވަނީ ސާކް ގައުމުތަކުގައާއި، މެލޭޝިއާ އަދި ފިލިޕީންސްގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެމްކިއުއޭއިން ގަބޫލުކުރާ ކޮންމެ ތަނަކުންވެސް ކިޔެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  

މި ސްކޮލަރޝިޕް ތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 29 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީސިއްހީ ދާއިރާ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ބަޖެޓު 2026 ގައި ސިއްހީ ދާއިރާއަށް 8.8 ބިލިޔަން ރުފިޔާ، އެކަމަކު ހުޅުމާލޭގައި ހޮސްޕިޓަލެއް އަޅަން ފަންޑު ނެތިގެން އެހީ ހޯދަނީ

28 ނޮވެމްބަރު 2025
ބަޖެޓު 2026 ގައި ސިއްހީ ދާއިރާއަށް 8.8 ބިލިޔަން ރުފިޔާ، އެކަމަކު ހުޅުމާލޭގައި ހޮސްޕިޓަލެއް އަޅަން ފަންޑު ނެތިގެން އެހީ ހޯދަނީ
11 ނޮވެމްބަރު 2025

ސިއްހީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، އެ ދާއިރާއަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަންވަރަށް

11 ނޮވެމްބަރު 2025
ސިއްހީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، އެ ދާއިރާއަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަންވަރަށް
16 އޮކްޓޯބަރު 2025

ރަށު ފެންވަރުގައި ހުރިހާ ލެބޯޓަރީ ޓެސްޓެއް ހެދޭނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ ގިނަ ބަޔަކު ފާޑު ކިޔަނީ

16 އޮކްޓޯބަރު 2025
ރަށު ފެންވަރުގައި ހުރިހާ ލެބޯޓަރީ ޓެސްޓެއް ހެދޭނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ ގިނަ ބަޔަކު ފާޑު ކިޔަނީ
26 ސެޕްޓެމްބަރު 2025

ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރެއްވުމަށް ކުރިއަށް އޮތް ހަ މަސްދުވަހަށް ރައީސް މުއިއްޒުގެ ވައުދުތައް ތަކުރާރު ކުރައްވައިފި

26 ސެޕްޓެމްބަރު 2025
ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރެއްވުމަށް ކުރިއަށް އޮތް ހަ މަސްދުވަހަށް ރައީސް މުއިއްޒުގެ ވައުދުތައް ތަކުރާރު ކުރައްވައިފި
17 ޖުލައި 2025

ރާއްޖޭގެ ސިއްހީ ދައިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ކަރީމްބެ އަވަހާރަވެއްޖެ

17 ޖުލައި 2025
ރާއްޖޭގެ ސިއްހީ ދައިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ކަރީމްބެ އަވަހާރަވެއްޖެ
11 ޖުލައި 2025

ސިއްހީ ދާއިރާ ކުރި އެރުވުމާއި ގިނަ ދިރާސާތަކެއް ހައްދަވާފައިވާ ޑރ. އިބްރާހިމް މުޞްޠަފާ އަވަހާރަވެއްޖެ

11 ޖުލައި 2025
ސިއްހީ ދާއިރާ ކުރި އެރުވުމާއި ގިނަ ދިރާސާތަކެއް ހައްދަވާފައިވާ ޑރ. އިބްރާހިމް މުޞްޠަފާ އަވަހާރަވެއްޖެ
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް