Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޗައިނާގެ ފުޓުބޯޅަ ސިނާއަތް

ވޯލްޑްކަޕާއެކު ޗައިނާގެ ފުޓުބޯޅަ ސިނާއަތަށް ބޮޑު ޢީދު

ޖިއާންގްސޫ ޕްރޮވިންސްގެ ނެންޓޯންގް ސިޓީގެ ހައިމެން ޑިސްޓްރިކްޓްގައި އެކަނިވެސް، ފުޓުބޯޅަ އުފައްދާ 20 ކުންފުނި އޮޕަރޭޓް ކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 13 ޑިސެމްބަރު 2022 | އަންގާރަ 07:59
ޖިއާންގްސޫ ޕްރޮވިންސްގެ ނެންޓޯންގް ސިޓީގެ ހައިމެން ޑިސްޓްރިކްޓްގައި އެކަނިވެސް، ފުޓުބޯޅަ އުފައްދާ ކުންފުނިތައް

ޖިއާންގްސޫ ޕްރޮވިންސްގެ ނެންޓޯންގް ސިޓީގެ ހައިމެން ޑިސްޓްރިކްޓްގައި އެކަނިވެސް، ފުޓުބޯޅަ އުފައްދާ ކުންފުނިތައް

ނިމުމަކާ ގާތްވެފައިވާ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފައިދާ ނުކުރާ ހަމަ އެއް ޤައުމުވެސް މި ދުނިޔޭގައި ނެތޭ ދެންނެވިދާނެއެވެ. ސިޔާސީ ދެބަސްވުންތަކާއި ކޯޅުންތަކުގެ އަޑުފަށްގަނޑު ހިސާބަކަށް ވަޅުޖެހި، އިޖުތިމާޢީ ފޭރާމުގައި ވީދިފައި ހުރި ތަންތަނުގައި ރޮދިޖަހުން ފަދަ އެތައް ފައިދާއެއް، ވޯލްޑްކަޕްގެ މެޗުތަކާއެކު ލިބިގެން ހިނގައްޖެ ކަމަށް އެއްބަސް ވާ މީހުންގެ ޢަދަދު މަދެއް ނުވާނެއެވެ.

އިޤްތިޞާދީ ނަފާވެސް އިންތިހާއެވެ. އެފަދަ އެއް މިސާލު ފެނިގެން ދަނީ، ދުނިޔޭގެ ނިސްބަތުން 2 ވަނަ އަށް އެންމެ ވަރުގަދަ އިޤްތިޞާދުގެ މަޤާމުގައި އޮތް ޗައިނާގެ ޖިއާންގްސޫ ޕްރޮވިންސުންނެވެ.

ޖިއާންގްސޫ ޕްރޮވިންސްގެ ނެންޓޯންގް ސިޓީގެ ހައިމެން ޑިސްޓްރިކްޓްގައި އެކަނިވެސް، ފުޓުބޯޅަ އުފައްދާ 20 ކުންފުނި އޮޕަރޭޓް ކުރެއެވެ.

ފީފާ ވޯލްޑްކަޕް 2022 ގެ މެޗުތައް ޤަޠަރުގައި ފެށުމާއެކު، ފުޓުބޯޅައަށް އޮތް ޑިމާންޑް އިތުރުވީ ފަތުއަޑުކިއާފައެވެ. ބޯޅަ އުފައްދާ ކުންފުނިތަކަށް އޯޑަރުތައް ލިބެން ފެށީ ތިޔަހެނެއްނޫނެވެ. މި ފަހުން އެކަނިވެސް،އެ ކުންފުނިތަކުން، 10 މިލިއަނަށް ވުރެ ގިނަ ފުޓުބޯޅަ ވިއްކާލައިފިއެވެ.

ނެންޓޯންގް ވިނާ ސްޕޯޓްސް ކުޑްސް ކޮމްޕެނީ ލިމިޓަޑްއަކީ، ރަސްމީ އުސޫލުން ރަޖިސްޓްރީކޮށްގެން ފުޓުބޯޅައިގެ އެކި ސަމާނުތައް އުފައްދާ ކުންފުންޏެކެވެ. އެ ކުންފުންޏަށް ލިބޭ އޯޑަރުތައްވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މި އަހަރު އެކަނިވެސް 3 މިލިއަން ފުޓުބޯޅަ ވިއްކާލެވޭނެ ކަމަށް އެ ކުންފުނިން އުއްމީދު ކުރެއެވެ.

ނެންޓޯންގް ކޮޕަރ ސްޕޯޓްސް ކޮމްޕެނީ ލިމިޓަޑްއަށް މި އަހަރު 2 މިލިއަން ފުޓުބޯޅަ އުފައްދަން އޯޑަރު ލިބިފައި ވާ އިރު، އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 50 ޕަސެންޓް އިތުރު ޢަދަދެކެވެ. އެ ކުންފުނީގެ އުފެއްދުންތައް ބާޒާރަށް ނެރެވޭ ވަރު ވާނީ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މި އަހަރަށް ފެށުނު ފަހުން، އާދައިގެ ފުޓުބޯޅައަށް އޮންނަ ޑިމާންޑް ވަނީ އިތުރު ވެފައެވެ. އާދައިގެ ފެންވަރެއްގައި ދޭސީ ބޯޅަ ނުވަތަ ވައި ޖަހާ ހަން ބޯޅަ އުފައްދާ ފަރާތްތަކަށްވެސް މިއީ ވިޔަފާރި ތިޔާގި އަހަރެކެވެ. ނެންޓޯންގް ޕެންގްޑާ ސްޕޯޓްސް ކޮމްޕެނީ ލިމިޓަޑްއިން މި އަހަރުގެ މިހާ ހިސާބަށް އެކަނިވެސް 6 މިލިއަން ހަން ބޯޅަ އުފައްދާފައި ވެއެވެ.

ފުޓުބޯޅަ އުފެއްދުމުގެ ސިނާއަތަކީ ހައިމެން ޑިސްޓްރިކްޓްގެ ޘަޤާފަތާ ގުޅިފައި ވާ ސިނާއަތެކެވެ. ސިނާއީ ފެންވަރުގެ ފުރިހަމަ ޗޭނެއް އެކުލަވާލެވިފައި ވަނީ ތަރައްޤީއަށްޓަކާ ކުރި 20 އަހަރު ދުވަހުގެ މަސައްކަތުންނެވެ. ފުޓުބޯޅަ އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ 20 އަށް ވުރެ ގިނަ ކުންފުނި އެ ސަރަޙައްދުގައި ހިންގާ އިރު، އަހަރީ އާމްދަނީ، 200 މިލިއަން ޔުއާން ނުވަތަ، ގާތްގަނޑަކަށް 28.49 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ހައިމެންއިން އެކަނިވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި އަހަރު ތެރޭގައި 10 މިލިއަން ފުޓުބޯޅަ ބޭރު ކޮށްފައި ވެއެވެ. މިއީ އެ ސަރަޙައްދުގެ ފުޓުބޯޅަ ސިނާއަތް، މިހާ ފުޅާވި ފުރަތަމަ ފަހަރެވެ.

ފީފާ ވޯލްޑް ކަޕްޗައިނާގަތަރު

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
19 އޮކްޓޯބަރު 2025

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
02 އޮކްޓޯބަރު 2025

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
01 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

01 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު