Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑީއާރްޕީއަށް މެންބަރުން ހަމަކުރުން

ޑީއާރްޕީއަށް 3000 މެންބަރުން ހަމަނުކުރެވުމުން ޕާޓީ އުވާލުމުގެ މަސައްކަތް ފަށައިފި

ޑީއާރްޕީ އުވާލަން މީގެ ކުރިންވެސް އެ ޕާޓީއަށް ނޯޓިސް ދިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޑިސެމްބަރު 2022 | ހޯމަ 09:25
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު

ޑީއާރްޕީއަށް 3000 މެންބަރުން ހަމަނުކުރެވުމުން، އެ ޕާޓީ އުވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވީ، ކޮންމެ އަހަރަކުވެސް ދެ ހާފަކަށް ބަހާލައިގެން އެ ކޮމިޝަނުން ޕާޓީތަކުގެ މެންބަރުންގެ އަދަދު ޗެކްކޮށް، ފޮނުވަންޖެހޭ ނޯޓިސް ފޮނުވާ ކަމަށެވެ. އެގޮތުގެ މަތިން އަހަރު ފެށޭއިރާއި، މެދު ތެރޭގައި ކޮމިޝަނުން ޗެކް ކުރެއެވެ.

Advertisement - newsAdvertisement

ގާނޫނުގައި ބުނެފައިވާގޮތުގައި، ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3000 މެންބަރުން ތިބެން ޖެހޭނެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވެގެން ޑީއާރްޕީ އުވާލަން މީގެ ކުރިންވެސް އެ ޕާޓީއަށް ނޯޓިސް ދިނެވެ. ނަމަވެސް އެ ފަހަރު ނޯޓިސް ދީފައިވާ މުއްދަތުގެ ތެރޭގައި, ޕާޓީން 3000 މެންބަރުން ހަމަކުރުމާގުޅިގެން އެކަމުގެ ރަސްމީ ލިޔުން 27 ޖޫންގައި ޕާޓީއަށް އޮތީ ދީފައެވެ. އެފަހަރު ޕާޓީއަށް މެންބަރުން ހަމަކުރަން ނޯޓިސް ފޮނުވީ މާޗު މަހުއެވެ.

ނަމަވެސް މިއަހަރުގެ ދެވަނަ ފޭސްގައި ޗެކްކުރިއިރު، ޕާޓީގެ މެންބަރުންގެ އަދަދު ހަމަނުވަތީ އަނެއްކާވެސް ޕާޓީއަށް ނޯޓިސް ދިނީކަން ފުވާދު ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް، ނޯޓިސްއަށް ދިން 3 މަހުގެ މުއްދަތު ހަމަވި ފަހުންވެސް މެންބަރުން ހަމަކުރެވިފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. ވުމާއެކު، ޤާނޫނުގައިވާ ގޮތުގެ މަތިން އެ ޕާޓީ އުވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ، ޕާޓީ އުވާލުމާއި ގުޅޭ ނޯޓިސްވެސް މިހާރު ޑީއާރްޕީއަށް ދީފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވެގެން އެކަމުގެ ނޯޓިސް ޖުލައި މަހުގެ 25 ވަނަ ދުވަހު އެ ޕާޓީއަށް ވަނީ ދީފައެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް ގިނަނަމަވެސް، ގިނަ ޕާޓީތަކުގައި 10،000 މެންބަރުންވެސް ހަމައެއްނުވެއެވެ. ގާނޫނުގައި ބުނާގޮތުން ދައުލަތުން ބަޖެޓް ދޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. މި އަދަދު ހަމަވާ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ 4 ޕާޓީއެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ. 3000 މެންބަރުން ޕާޓީގައި ހަމަނުވާނަމަ އެ ޕާޓީއެއް އުވާލާނެއެވެ.

DRPއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު