Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާއާއި އަރަބީން

ޗައިނާއާއި ޢަރަބީންގެ ގުޅުމާ މެދު ސައުދީ ބުނަނީ ކީކޭ؟

12 ޑިސެމްބަރު 2022 | ހޯމަ 07:23

އެންމެ މަތީ ފަންތީގެ ތަރައްޤީއާ ބެހޭ ގުޅުންތަކުގެ ސިލްސިލާތަކެއް ފެށިފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 12 ޑިސެމްބަރު 2022 | ހޯމަ 07:23
ދޭދޭ މަސްލަހަތު އެކުލެވޭ އިތުރު ކަންކަމުގައި ޗައިނާއަށް އެއްބާރުލުން ދެވިދާނެ

ދޭދޭ މަސްލަހަތު އެކުލެވޭ އިތުރު ކަންކަމުގައި ޗައިނާއަށް އެއްބާރުލުން ދެވިދާނެ

ޗައިނާ-އަރަބް ސްޓޭޓްސް ސަމިޓްއާއި ޗައިނާ-ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ސަމިޓްއަކީ ޗައިނާއާއި ޢަރަބި ދަޢުލަތްތަކާ ދެމެދު އިސްތިރާޖީ ބަދަހިކަން ޤާއިމު ކުރުމުގެ އައު ބާބެއްގެ ފެށުން ކަމަށާއި، މި ބައްދަލުވުންތަކަކީ ދޭދޭ އެކުވެރިކަން އައު އުސްމިންތަކަކަށް ގެންގޮސްދޭ ބައްދަލުވުންތަކެއް ކަމަށް، ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު، ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢުދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔަ ޗައިނާ-އަރަބް ސްޓޭޓްސް ސަމިޓްއާއި ޗައިނާ-ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ސަމިޓްއަކީ، ޗައިނާއާއި ޢަރަބީންގެ ތާރީޚުގައިވެސް ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ ބައްދަލުވުންތަކެވެ.

މި ބައްދަލުވުންތައް ކުރިއަށް ގެންދަވާފައިވަނީ ޗައިނާގެ ރައީސް ޝީ ޖީންޕިންގް އިތުރުން ޢަރަބި ޤައުމުތަކުގެ 10 ލީޑަރެއްގެވެސް ޚާޒިރުގައެވެ.

ސަމިޓްތަކަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައުދީގެ ފޮރިން މިނިސްޓަރު، ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢުދު ވިދާޅުވީ، އެންމެ މަތީ ފަންތީގެ ތަރައްޤީއާ ބެހޭ ގުޅުންތަކުގެ ސިލްސިލާތަކެއް ފެށިފައިވާ ކަމަށެވެ. އަދި މި ބަދަހި ކަމަކީ ދެ ފަރާތަށްވެސް އެކަމުގައި ކާމިޔާބު ލިބެނިވި ބަދަހި ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވާފައެވެ.

ސިޔާސީ، އިޤްތިޞާދީ އަދި ޢިލްމީ މައިދާނުގައި، ޢަރަބި ޤައުމުތަކާއި ޖީސީސީ ޤައުމުތަކުން، ޗައިނާއަށް އެއްބާރުލުން ދެމުން ދާނެ ކަމަށްވެސް ސައުދީގެ ފޮރިން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ސައުދީގެ އޮފިޝަލު އިތުރަށް ވިދާޅުވީ، ދޭދޭ މަސްލަހަތު އެކުލެވޭ އިތުރު ކަންކަމުގައި ޗައިނާއަށް އެއްބާރުލުން ދެވިދާނެ އިތުރު ގޮތްތައް ދެނެގަތުމަށް ސައުދީ އަރަބިއްޔާއިން އެދޭ ކަމަށެވެ.

އަދި މިހާރު އޮތް އިސްތިރާޖީ ބަދަހިކަން، އައު އުސްމިންތަކަކަށް ގެންދިއުމަށް ޗައިނާއާއެކުގައި މަސައްކަތް ކުރުމަށްވެސް ސައުދީއިން އެދޭ ކަމަށް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢުދު ވަނީ ވިދާޅުވެފައެވެ.

ޗައިނާސައޫދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
26 އޮކްޓޯބަރު 2025

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
27 ޖެނުއަރީ 2025

އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި

27 ޖެނުއަރީ 2025
އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި
29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
27 އޮކްޓޯބަރު 2024

ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

27 އޮކްޓޯބަރު 2024
ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް