Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންގެ ކަންބޮޑުވުންތައް

މަތީ އަގު ލިބޭ މާކެޓުތަކުން ޑިއުޓީ މާފު ނުލިބުމަކީ ގޮންޖެހުމެއް: ފިޝަރީޒް މިނިސްޓަރު

12 ޑިސެމްބަރު 2022 | ހޯމަ 02:10

ދޮށީގެ މަސްވެރިކަމަށް ލިބެމުންދިޔަ ޕްރިމިއަމް އަގު މިހާރު ނުލިބޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 ޑިސެމްބަރު 2022 | ހޯމަ 02:10
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ

މަސްވެރި ޕްރޮޑަކްޓުތަކަށް މަތީ އަގު ދޭ މާކެޓުތަކުން ރާއްޖެއަށް ޑިއުޓީ މާފުކޮށް ނުދިނުމަކީ މަސްވެރިކަން ތަރައްގީކުރުމަށް އެޅޭ ހުރަހެއް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ މަސްވެރިންގެ ފޯރަމުގައި މަސްވެރިން ފާޅުކޮށްފައިވާ ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. މިގޮތުން ދޮށިން ބާނަމުން އައި މަހަށް ލިބެމުންދިޔަ ޕްރިމިއަމް އަގު ގެއްލެމުންދާކަން މަސްވެރިން ފާހަގަކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ބޮޑުދާޖަހައިގެން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަން ފެށުމުންކަމަށާއި މިކަން މިހެން ހުރުމުން ދުނިޔޭގެ ބައެއް ގައުމުތަކުންް ރާއްޖެއަށްވުރެ ކުޑަ އަގުގައި އިމްޕޯޓު މާކެޓުތަކަށް މަސް ވިއްކާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ޑިއުޓީ މާފު ލިބިފައިނުވާތީ ކުރިމަތިވާ ގޮންޖެހުން ކަމަށާއި، މިއީ މަސްވެރިކަން ތަރައްގީކުރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަސްކަމުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ބާނާ މަހަށް މަތީ އަގު ހޯދުމަށްޓަކައި ބާނާ މަސް ރޯ މެޓިރިއަލް ގޮތުގައި އެކްސްޕޯޓުކުރުން ހުއްޓާލަަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މަތީ އަގު ލިބޭގޮތަށް އެ މަސް ޕްރޮސެސްކުރުމަށްފަހު އެކްސްޕޯޓުކުރުމަކީ މުހިންމު ކަމެއް ކަމުގައި މި ފޯރަމުން ވެސް ފާހަގަވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މަސް ގަންނަ ކެޕޭސިޓީ ނެތް މިންވަރަށް މަސްވެރިކަމުގެ ފަހި މޫސުމުގައި މަސް ބާނާއިރު، އެ މަސް ފަސޭހައިން ގެނެވޭނެ ގޮތް ފަހިކޮށްދެވިފައި ނެތުމަކީ ވެސް މަސްވެރިންގެ ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން މަސްވެރިކަމަށް ލިބެން އޮތް ޕޮޓެންޝަލް ފައިދާ ނުލިބޭކަން މަސްވެރިން ފާހަގަކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ޑިއުޓީ އިނާޔަތްތައް ގެއްލިފައިވުމާއެކު އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖެއަށް އެކްސްޕޯޓު އަގުބޮޑުވެފައިވާ ކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިކަމަށް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި ގޮންޖެހުންތަކާއެކު ވެސް މިކަންކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަސްމިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގަރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2023

މަސްވެރިންނަށް ނުދެވި ބާކީ ހުރީ 140 މިލިއަން ރުފިޔާ: ރައީސް

10 ޑިސެމްބަރު 2023
މަސްވެރިންނަށް ނުދެވި ބާކީ ހުރީ 140 މިލިއަން ރުފިޔާ: ރައީސް
09 ޑިސެމްބަރު 2023

މަސްވެރިންގެ ގުންޒަރުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން 40 މަސްވެރިން ބައިވެރިވެއްޖެ

09 ޑިސެމްބަރު 2023
މަސްވެރިންގެ ގުންޒަރުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން 40 މަސްވެރިން ބައިވެރިވެއްޖެ
23 ނޮވެމްބަރު 2023

މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް މާލޭ ސިޓީގައި ބޭއްވުމަށް ނިންމައިފި

23 ނޮވެމްބަރު 2023
މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް މާލޭ ސިޓީގައި ބޭއްވުމަށް ނިންމައިފި
21 ނޮވެމްބަރު 2023

ޒުވާން ކެޔޮޅާއި އެންމެ ތަޖުރިބާކާރު ކެޔޮޅު އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

21 ނޮވެމްބަރު 2023
ޒުވާން ކެޔޮޅާއި އެންމެ ތަޖުރިބާކާރު ކެޔޮޅު އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
17 ސެޕްޓެމްބަރު 2023

ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން: ފިޝަރީޒް މިނިސްޓަރު

17 ސެޕްޓެމްބަރު 2023
ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން: ފިޝަރީޒް މިނިސްޓަރު
05 އެޕްރީލު 2023

ގަސްތަކަށް ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރަންޖެހޭ: ޑރ. ހުސެއިން ރަޝީދު ހަސަން

05 އެޕްރީލު 2023
ގަސްތަކަށް ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރަންޖެހޭ: ޑރ. ހުސެއިން ރަޝީދު ހަސަން
12 ޑިސެމްބަރު 2022

ހުވަދު އަތޮޅު ދެކުނު ބުރިން ޒުވާން ކެޔޮޅުގެ އެވޯޑު މަޑަވެއްޔަށް ނިސްބަތްވާ ފަރުހާން ޒާހިރަށް

12 ޑިސެމްބަރު 2022
ހުވަދު އަތޮޅު ދެކުނު ބުރިން ޒުވާން ކެޔޮޅުގެ އެވޯޑު މަޑަވެއްޔަށް ނިސްބަތްވާ ފަރުހާން ޒާހިރަށް
12 ޑިސެމްބަރު 2022

ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

12 ޑިސެމްބަރު 2022
ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި
10 ޑިސެމްބަރު 2022

މަސްވެރިންގެ ކަންބޮޑުވުން، ޒުވާނުން މަސްވެރިކަމާ ދުރަށްދިއުން!

10 ޑިސެމްބަރު 2022
މަސްވެރިންގެ ކަންބޮޑުވުން، ޒުވާނުން މަސްވެރިކަމާ ދުރަށްދިއުން!
10 ޑިސެމްބަރު 2022

"އަބަދުވެސް މަސައްކަތްކުރާނީ މަސްވެރިންނަށް ލިބޭ ފައިދާ އިތުރުކުރަން"

10 ޑިސެމްބަރު 2022
"އަބަދުވެސް މަސައްކަތްކުރާނީ މަސްވެރިންނަށް ލިބޭ ފައިދާ އިތުރުކުރަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް