Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޤަތަރު ވޯލްޑްކަޕް 2022

"މޭޑް އިން ސިއަލްކޮޓް": ޤައުމީ ޓީމު ކޮލިފައި ނުވިއަސް ޕާކިސްތާނުގެ ފަންނުވެރިކަން ވޯލްޑްކަޕަށް

މެޗުތަކުގައި ބޭނުން ކުރާ ފެންވަރުގެ ހައި ކޮލިޓީ ބޯޅައިގެ 60000 އެއްހާ ނަކަލު ބޯޅަވެސް އޭގެ ތެރޭގައި ހިމެނޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2022 | އާދީއްތަ 07:46
ސިއަލްކޮޓްގައި ހިންގާ ފޯވާޑް ސްޕޯޓްސްއަކީ، ކުޅިވަރާ ބެހޭ އެކި ކަހަލަ ސަމާނުތައް އުފެއްދުމުގެ މަސައްކަތުގައި، އެއް ޤައުމަށް ވުރެ ގިނަ ޤައުމުގައި އޮޕަރޭޓް ކުރަމުންދާ ކުންފުންޏެއް

ސިއަލްކޮޓްގައި ހިންގާ ފޯވާޑް ސްޕޯޓްސްއަކީ، ކުޅިވަރާ ބެހޭ އެކި ކަހަލަ ސަމާނުތައް އުފެއްދުމުގެ މަސައްކަތުގައި، އެއް ޤައުމަށް ވުރެ ގިނަ ޤައުމުގައި އޮޕަރޭޓް ކުރަމުންދާ ކުންފުންޏެއް

ފުޓުބޯޅައަށް އިންތިހާ ހިތު ލޯބި ޖެހިފައި އޮތް ނަމަވެސް، މި ފަހަރުގެ ވޯލްޑްކަޕް މެޗެއް ކުޅެލުމުގެ ފުރުޞަތު ލިބޭ މިންވަރަކަށް ޕާކިސްތާނުގެ ޤައުމީ ޓީމު ކޮލިފައިއެއް ނުވެއެވެ. ކަން އެހެން އޮތެއް ކަމަކު، މި ފަހަރުގެ ވޯލްޑްކަޕްއާ ޕާކިސްތާނު މާ ބީރައްޓެހި ކަމަކަށްވެސް ބުނެވޭކަށް ނެތެވެ. ޤަޠަރުގައި މިހާރު ކުރިއަށް ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަށް ހާއްސަކޮށްފައިވާ ތަމްރީނު ދަނޑުތަކުގައި އެންމެ ފޯރީގައި ބޭނުން ކުރަމުންދާ ފުޓުބޯޅަތަކަކީ، ޕާކިސްތާނުގެ އިރުއުތުރުގެ ސިޓީއެއް ކަމަށް ވާ ސިއާލްކޮޓްގެ އުފެއްދުންތަކެކެވެ.

ސިއަލްކޮޓްގައި ހިންގާ ފޯވާޑް ސްޕޯޓްސްއަކީ، ކުޅިވަރާ ބެހޭ އެކި ކަހަލަ ސަމާނުތައް އުފެއްދުމުގެ މަސައްކަތުގައި، އެއް ޤައުމަށް ވުރެ ގިނަ ޤައުމުގައި އޮޕަރޭޓް ކުރަމުންދާ ކުންފުންޏެކެވެ. ފޯވާޑް ސްޕޯޓްސްއިން އެޑިޑާސް ކުންފުންޏާއެކު މަސައްކަތް ކުރަމުންދާތާ މިހާރު 20 އަކަށް އަހަރުވެއްޖެއެވެ. މި ކުންފުންޏަކީ، ވޯލްޑްކަޕްގެ ރަސްމީ ބޯޅަ ކަމުގައި ވާ އެޑިޑާސް އަލް ރިހްލާ އުފައްދަމުންދާ 2 ކުންފުނީގެ ތެރެއިން އެއް ކުންފުންޏެވެ.

ފޯވާޑް ސްޕޯޓްސްގެ ޑައިރެކްޓަރ، ޙަސަން މައްސޫދު ޚަވާޖާ ބުނި ގޮތުގައި، އޭނާގެ ކުންފުނިން ވަނީ އަލް ރިހްލާ މޮޑެލްގެ 5.5 މިލިއަނަށް ވުރެ ގިނަ ބޯޅަ އުފައްދާފައެވެ. އަދި މެޗުތަކުގައި ބޭނުން ކުރާ ފެންވަރުގެ ހައި ކޮލިޓީ ބޯޅައިގެ 60000 އެއްހާ ނަކަލު ބޯޅަވެސް އޭގެ ތެރޭގައި ހިމެނެއެވެ.

1280 ލިމިޓަޑް އެޑިޝަން ބޯޅައަކީ، "ކަނެކްޓަޑް ބޯލް ޓެކްނޮލޮޖީ"އާއެކު އުފައްދާފައިވާ ބޯޅަތަކެކެވެ. މި ޓެކްނޮލޮޖީއަކީ، އޯފްސައިޑްވުން ފަދަ ކަންކަން ހަލުވި ދުވެލީގައި ދެނެގަތުމަށް އެހީވެދޭ ޓެކްނޮލޮޖީއަކަށް ވާ އިރު، މި އެޑިޝަންގެ ބޯޅަތައް އުފައްދާފައި ވަނީ ޗައިނާގައެވެ. އެ ބޯޅަތައް އުފެއްދި ކުންފުންޏާ ބެހޭ ތަފްސީލުތައް ދިނުމަށް އެޑިޑާސްއިން އިންކާރު ކުރެއެވެ.

ސިއަލްކޮޓްއަކީ ފުޓުބޯޅައާއި ކުޅިވަރުގެ އެކި ކަހަލަ ސަމާނުތައް އުފެއްދުމުގެ މުއްސަނދި ތާރީޚެއް އޮތް ސިޓީއެކެވެ. އިސްތިޢުމާރީ އަޅުވެތިކަމުގެ ދުވަސްވަރާ ހިސާބަށްވެސް އެކަން ދެމިގެންދެއެވެ. އިނގިރޭސިންގެ އަތުން ޕާކިސްތާނު މިނިވަންވީ، މީލާދީން 1947 ވަނަ އަހަރުއެވެ.

މިލިއަނެއްހާ މީހުން ދިރިއުޅޭ ސިއަލްކޮޓްގެ އާބާދީގެ 8 ޕަސެންޓް މީހުން ހަރަކާތްތެރިވަނީ ބޯޅަ އުފެއްދުމުގެ ސިނާއަތުގައެވެ. ނަމަވެސް، އެމީހުންގެ އުފެއްދުންތަކުގެ ޙަޤީޤީ ބޭނުން ކުރަމުންދާ މަންޒަރު ބަލާލާނެ ފުރުޞަތު ލިބެނީ މަދު މީހަކަށެވެ.

ޗައިނާއާއި އިންޑިއާއާއެކު، މިއަދު ޕާކިސްތާނަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ފުޅާ ދާއިރާއެއްގައި ފުޓުބޯޅަ އުފައްދާ އެއް ޤައުމެވެ. ސިއަލްކޮޓަކީ، އެ މަސައްކަތުގެ ސިނާއީ ހަބްއެވެ. ލޯކަލް ޗޭމްބަރ އޮފް ކޮމަރސްއިން ބުނާ ގޮތުގައި، ޖޫން 2022 ގައި މާލީ އަހަރު ނިންމާލިއިރު، އެ ސިޓީގައި އެކަނިވެސް 43 މިލިއަން ބޯޅަ ވަނީ އުފައްދާފައެވެ. އެ ބޯޅަތަކުގެ އަގު، 191 މިލިއަން ޑޮލަރަށް އަރައެވެ.

ގަތަރުޕާކިސްތާންޤަތަރު ފީފާ ވޯލްޑް ކަޕް 2022

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

28 ފެބުރުއަރީ
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!
20233 އަހަރު ކުރިން
ރިޕޯޓު

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް
20215 އަހަރު ކުރިން
ރާއްޖެ

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!
20188 އަހަރު ކުރިން
ރިޕޯޓު

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު