Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިންގެ ދުވަސް

މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ފަރެސްމާތޮޑާގައި ފަށައިފި

މަސްވެރިންގެ ދުވަހުގެ ޚާއްސަ ފޯރަމެއް ކުރިއަށްދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2022 | ހޮނިހިރު 08:01
މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ފެށުން

މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ފެށުން

މިއަދު ފާހަގަކުރަމުން މިދާ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ގދ. ފަރެސްމާތޮޑާގައި ފަށައިފިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވާނެ ރަށަކީ ގދ. ފަރެސްމާތޮޑާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ހަމަޖައްސަވާފައެވެ. މިއާއެކު މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ފަރެސްމާތޮޑާގައި މިހާރު ވަނީ ފަށާފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ފިޝަރީޒް މިނިސްޓްރީން ބުނީ، މަސްވެރިންގެ ދުވަހާ ގުޅިގެން ފޯރަމާއި އެކްސްޕޯއެއް އެރަށުގައި ކުރިއަށްދާ ކަމަށެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ފޯރަމް ފަށާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ދެ ދުވަހަށް ކުރިއަށްދާ މި ފޯރަމްގައި މަސްވެރިން އެއްތަނަކަށް ޖަމާވެ، އެމީހުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. އެކި ރަށްރަށުން ގިނަ އަދަދެއްގެ މަސްވެރިން މި ފޯރަމްގައި ބައިވެރިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މި ފޯރަމްގައި، މަސްވެރިކަމުގެ ސިނާއަތުގައި ހިއްސާ އޮންނަ ކުންފުނިތަކުން ބައިވެރިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މި ފޯރަމްގެ ޕެނަލްގައި ފިޝަރީޒް މިނިސްޓަރާއި މި ދާއިރާގައި ހަރަކާތްތެރިވާ ބޭބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ފޯރަމްގައި ބައިވެރިވި މަސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މަސް ކިރުމުގައި ދިމާވާ ދަތިތައް ކަމަށެވެ. އަދި މަހަށް ލިބެންވާ ފައިސާ ވަގުތުން ލިބުމުގައި ހުންނަ މައްސަލަތަކާއި، އަގުގެ މައްސަލަކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މި ފޯރަމް ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހަވީރު 3:30ގެ ނިޔަލަށެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ދުވަހާ ގުޅިގެން ކުރިއަށްދާ އެކްސްޕޯގައި މަސްވެރިކަމުގެ ސިނާއަތާ ގުޅުންހުރި 8 ކުންފުންޏެއްގެ ސްޓޯލްތައް ބަހައްޓާފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެ ތެރޭގައި އެންސިސް، މިފްކޯ، އެމްޓީސީސީފަދަ ކުންފުނިތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ފަރެސްމާތޮޑާގެ ރައްޔިތުންގެ ސްޓޯލެއްވެސް މި އެކްސްޕޯގައި ބަހައްޓާފައިވާކަމަށާއި، މި ސްޓޯލްގައި އެ ރަށުގެ ޚާއްސަ ބައެއް ކަންކަން ހިމަނާފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން މިއަދު ހަވީރު ކުޑަކުދިންގެ ހަވީރެއް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މި ހުރިހާ ހަރަކާތަކަށްވެސް ރަނގަޅު ތަރުހީބެއް ލިބެމުންދާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ކުރިއަށްދާނީ އާދިއްތަ ދުވަހުއެވެ. މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އާދިއްތަ ދުވަހު ފަރެސްމާތޮޑާއަށް ވަޑައިގަންނަވާނެއެވެ.

މަސްވެރިންގެ ދުވަސްމިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރަށް 10 މަސް: މަސްވެރިކަމުގެ ސިނާއަތް ފުނޑިއްޖެ

ސަރުކާރަށް 10 މަސް: މަސްވެރިކަމުގެ ސިނާއަތް ފުނޑިއްޖެ

17 ސެޕްޓެމްބަރު 2024
މަސްވެރިންނަށް ނުދެވި ބާކީ ހުރީ 140 މިލިއަން ރުފިޔާ: ރައީސް

މަސްވެރިންނަށް ނުދެވި ބާކީ ހުރީ 140 މިލިއަން ރުފިޔާ: ރައީސް

10 ޑިސެމްބަރު 2023
މަސްވެރިންގެ ގުންޒަރުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން 40 މަސްވެރިން ބައިވެރިވެއްޖެ

މަސްވެރިންގެ ގުންޒަރުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން 40 މަސްވެރިން ބައިވެރިވެއްޖެ

09 ޑިސެމްބަރު 2023
މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް މާލޭ ސިޓީގައި ބޭއްވުމަށް ނިންމައިފި

މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް މާލޭ ސިޓީގައި ބޭއްވުމަށް ނިންމައިފި

23 ނޮވެމްބަރު 2023
ޒުވާން ކެޔޮޅާއި އެންމެ ތަޖުރިބާކާރު ކެޔޮޅު އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޒުވާން ކެޔޮޅާއި އެންމެ ތަޖުރިބާކާރު ކެޔޮޅު އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

21 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު