Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

މިއީ ރަނގަޅު ޗެލެންޖެއް، މޮރޮކޯއަށް ގެއްލޭނެ އެއްޗެއް ނެތް: ވަލީދު

10 ޑިސެމްބަރު 2022 | ހޮނިހިރު 02:25

ރޮނާލްޑޯއަކީ ދުނިޔޭގެ ތާރީޚުގައިވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޑިސެމްބަރު 2022 | ހޮނިހިރު 02:25
މޮރޮކޯގެ ކޯޗު ވަލީދު

މޮރޮކޯގެ ކޯޗު ވަލީދު

ފީފާ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި ޕޯޗުގަލާ ދެކޮޅަށް ކުޅޭ މެޗަކީ މޮރޮކޯއަށް ރަނގަޅު ޗެލެންޖެއް ކަމަށާއި މޮރޮކޯއަށް މިހާރު ގެއްލޭނެ އެއްޗެއް ނެތްކަމަށް، އެ ޓީމުގެ ކޯޗު ވަލީދު ރެގްރެގުއި ބުނެފިއެވެ.

ވަލީދު މިހެން ބުނީ ޕޯޗުގަލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުންނެވެ. އޭނާ ބުނީ މޮރޮކޯއަށް ގެއްލޭނެ އެއްޗެއް ނޯންނާނެ ކަމަށާއި، މިހާރު އޮތް ޗެލެންޖަކީ މޮރޮކޯގެ ނަތީޖާ ތަކުރާރުކުރުން ކަމަށެވެ. އޭނާ ބުނީ މޮރޮކޯއިން މިހާރުވެސް ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅެ، މޮޅުވެސް ވެއްޖެ ކަމަށާއި، އެހެންކަމުން މިހާރު މީހުންނަށް ބުނެވޭނެ އެއްޗެއް އޮންނާނެކަމަށް ގަބޫލުނުކުރެވޭކަމަށެވެ. އޭނާ ބުނީ މޮރޮކޯ ކުއާޓަރ ފައިނަލާ ހަމައަށް އައީވެސް ފަސޭހަ މެޗުތަކެއް ކުޅެގެން ނޫން ކަމަށެވެ. ނަމަވެސް ކުއާޓަރ ފައިނަލާ ހަމައިންވެސް ދައްކަން ބޭނުންވަނީ މުބާރާތުގައި އެފްރިކާ އޮތްކަން ކަމަށާއި، މޮރޮކޯ އޮތްކަން ކަމަށާއި، މިއަދު ދުނިޔޭގެ ފުޓުބޯޅައިގައި މޮރޮކޯ އޮތީ މަތީ ފަންތީގައިކަން ކަމަށްވެސް އޭނާ ބުންޏެވެ. ވަލީދު ބުނީ މޮރޮކޯއިން ޖެހިލުންވާންޖެހޭ ވަރުގެ ކަމެއް ނެތްކަމަށާއި، ޓީމުގައި ތިބި ކުޅުންތެރިންނާއި އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނަކީ އެހީތެރިވާ ބައެއް ކަމަށެވެ. މީގެ އިތުރުން ވަލީދު ބުނީ މޮރޮކޯގެ ފަހަތުގައި ބޮޑު އާބާދީއެއް އޮންނާނެ ކަމަށާއި، ބައްރެއްވެސް އޮންނާނެކަމަށެވެ.

ވަލީދު ބުނީ ގަދަ 16ގައި ކުޅުނު މެޗުގައި އިތުރު ވަގުތު ކުޅެން ޖެހުމުން ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައިވާ ކަމަށާއި، ޓީމުގައި އަނިޔާގެ މައްސަލަތަކެއްވެސް އުޅޭ ކަމަށެވެ. އޭނާ ބުނީ އަނިޔާގެ މައްސަލައަކީ ގަދަ 16އާ ހަމައިން ދިމާވި މައްސަލައެއް ނޫންކަމަށާއި، މުބާރާތް ފެށިއިރުވެސް އަނިޔާގެ މައްސަލަތައް ބޯމަތި ވެފައި އޮތްކަމަށެވެ. އޭނާ ބުނީ އެކަންކަން ސިއްރުކުރަން ބޭނުންނުވާކަމަށާއި، އަދި އެއީ ބަހަނާއެއް ގޮތުގައިވެސް ދައްކަން ބޭނުންނުވާ ކަމަށެވެ. ވަލީދު ބުނީ މުބާރާތުގައި މޮޅުވެ، ކުރިއަށް ދާން ބޭނުންވާނަމަ ކޮންމެ ކުޅުންތެރިއަކުވެސް ކައުންޓްކޮށް އިތުބާރުކުރަން ޖެހޭނެ ކަމަށެވެ. ހަަމައެއާއެކު އޭނާ ބުނީ ކޮންމެ ކުޅުންތެރިޔަކުވެސް ހުންނަން ޖެހޭނީ ތައްޔާރަށް ކަމަށެވެ.

މީގެ އިތުރުން ވަލީދު ބުނީ އޭނާގެ ނަޒަރުގައި މޮރޮކޯއިން ކުޅެންޖެހެނީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ޓީމާ ދެކޮޅަށް ކަމަށެވެ. އޭނާ ބުނީ އެއީވެސް ޗެލެންޖަކަށްވާނެ ކަމަށާއި، މެޗު އުނދަގޫވެސް ވާނެ ކަމަށެވެ. ވަލީދު ބުނީ ޕޯޗުގަލް ޓީމުގައި ކޮންމެ ޑިޕާޓްމަންޓަކަށް ކުޅޭ ކުޅުންތެރިއަކީވެސް ކޮލިޓީ ހުރި ކުޅުންތެރިޔެއް ކަމަށާއި އެއް ޓީމަށްވުރެ ގިނަ ޓީމު ނެގޭނެ ފެންވަރުގެ ކުޅުންތެރިންވެސް ތިބި ކަމަށެވެ. ވަލީދު ބުނީ ކޯޗެއްގެ ހައިސިއްޔަތުން މެޗުގައި ރޮނާލްޑޯ ކުޅެން އޭނާ ބޭނުންނުވާ ކަމަށާއި، ރޮނާލްޑޯއަކީ ދުނިޔޭގެ ތާރީޚުގައިވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ.

ކުއާޓަރ ފައިނަލްގައި މޮރޮކޯއިން ޕޯޗުގަލާ ދެކޮޅަށް ނުކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 20:00ގައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022މޮރޮކޯވަލީދު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
20 ނޮވެމްބަރު 2025

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
09 މެއި 2024

މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

09 މެއި 2024
މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
02 ޖެނުއަރީ 2024

މޮރޮކޯއަށް އެތެރެކުރަން އުޅުނު 362 ކިލޯގެ ކޮކެއިން އަތުލައިގެންފި

02 ޖެނުއަރީ 2024
މޮރޮކޯއަށް އެތެރެކުރަން އުޅުނު 362 ކިލޯގެ ކޮކެއިން އަތުލައިގެންފި
22 ޑިސެމްބަރު 2023

އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި

22 ޑިސެމްބަރު 2023
އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް