Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

އާޖެންޓީނާ ކޮނޑު އަޅައިގެން މެސީ އަށް ދެވިދާނެތަ؟

މި ފަހަރުގެ މުބާރާތުގައި އާޖެންޓީނާ ކުއާޓަރ ފައިނަލަށް ދަތުރުކުރީ މެސީގެ ހިތްވަރުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2022 | ހުކުރު 15:30
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް އާޖެންޓީނާ މިރޭ ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނައިރު ޔަގީންވާ އެއް ކަމެއް އެބައޮތެވެ. ދަނޑު ފުރާލާނީ އާޖެންޓީނާގެ ސަޕޯޓަރުން ކަމެވެ. ޤަތަރުގައި އެއް ގައުމަކަށް އެންމެ ގިނައިން ތިބީ އާޖެންޓީނާއަށް މަރުދޭ މީހުންނެވެ. އެމީހުން ޓީމަށް ދޭ ތަރުހީބާއި ނަގާ ފޯރި އަކީ ހަމަ އެއް ވަނައެވެ. ނަމަވެސް ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި ސަޕޯޓަރުން އެނބުރި ގައުމަށްދާން ޖެހުން އޮތީ މާދުރަކު ނޫނެވެ.

މި ގޮތަށް ވާހަކަ ދައްކަނީ މުބާރާތް ފެށުމުގެ ކުރިން އާޖެންޓީނާ އަށް ލިބިފައިއޮތް ފެވަރިޓުންގެ ޓެގް މިހާރު ނެތުމުންނެވެ. ކުރިން ހީކުރިވަރުގެ ކުޅުމެއް ވެސް ނުދެއްކުމުންނެވެ. ހަގީގަތުގައި ވެސް އާޖެންޓީނާގެ މުޅި ޓީމު ބަރޯސާވެފައިވަނީ ކެޕްޓަން ލިޔޮނަލް މެސީއަށެވެ. އޭނާގެ އޮފް ދުވަހަކާ ދިމާވެއްޖެނަމަ ހުސްއަތާ މުބާރާތް ނިންމާލަން ޖެހިދާނެއެވެ. މިއީ ވޯލްޑް ކަޕް އުފުލާލަން މެސީ އަށް ލިބޭ ފަހު ފުރުސަތެވެ. ދުނިޔޭގެ ތަށި ނޫނީ ހުރިހާ ކާމިޔާބީއެއް އޭނާ ވަނީ ހާސިލްކޮށްފައެވެ. އާޖެންޓީނާ އިން ވޯލްޑް ކަޕް ތަށި ހޯދުމަކީ ހަގީގަތުގައި ތަފާތު ކަމަކަށްވާނެއެވެ. ނެދަލޭންޑްސްއާ އަޅާ ބަލާއިރު އާޖެންޓީނާ އަކީ ފުޓްބޯޅައިގައި މާ ކާމިޔާބު، މާ ވަރުގަދަ ގައުމެކެވެ. އެމީހުން ވަނީ މިހާތަނަށް ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އެންމެ ފަހުން ތަށި ހޯދީ 1986 ގައެވެ. އެކަމަކު ސުވާލަކީ ޑިއެގޯ މަރަޑޯނާ އޭނާ އުމުރުން 25 އަހަރުގައި މުޅި ގައުމު ކޮނޑު އަޅައިގެން ހޯދި ތަށި މެސީ އަށް 35 އަހަރުގައި ހޯދިދާނެތޯއެވެ؟ އެހިތްވަރާއި ފަންވަރު ދައްކަން މެސީ ތައްޔާރުވެ ހުއްޓަސް އޭނާ ވަށައިގެން ތަށި ހޯދޭވަރުގެ ސަޕޯޓެއް ނުލިބޭކަމަށް ދެކޭމީހުން ގިނައެވެ. މެސީ އަށް މި ތަށި ނުލިބިއްޖެނަމަ މިއީ އަބަދުގެ އަބަދަށް ވެސް ދެކެވި ދެކެވި ހުންނާނެ ވާހަކަ އެކެވެ.

ހަގީގަތުގައި މި ފަހަރުގެ މުބާރާތުގައި އާޖެންޓީނާ ކުއާޓަރ ފައިނަލަށް ދަތުރުކުރީ މެސީގެ ހިތްވަރުންނެވެ. އޭނާގެ ތިން ގޯލުގެ އެހީގައެވެ. ޓީމަށް ކުއާޓަރ ފައިނަލް ޔަގީން ކުރެވުނީ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓުމަށްފަހުއެވެ. މުޅި ޓީމުގައި މާބޮޑު ވާދަވެރިކަމަކާއި ވަރުގަދަކަމެއް ނެތަސް މެސީގެ ސަބަބުން އާޖެންޓީނާގެ ސަޕޯޓަރުން ތައްޓާމެދު ކުރާ އުއްމީދު އަދިވެސް ދިރިއޮތް ކަމީ ހަގީގަތެކެވެ. އެކަމަކު މެސީ އަށް އެކަނި އާޖެންޓީނާ ކޮނޑު އަޅައިގެން ދިއުމަކީ ފަސޭހަކަމެއް ނޫނެވެ. މަރަޑޯނާ އަށް 1986 ގައި އެހީވާން ވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ތިއްބެވެ. މި ފަހަރުގެ ޓީމުގައި މެސީ ނަގާފައި ހުރި މުހިންމު އެއް ކުޅުންތެރިއަކީ ޒުވާން ފޯވަޑް ހޫލިއަން އަލްވަރޭޒްއެވެ. މިހާތަނަށް ދެ ގޯލު ޖެހުމުން ލައުޓާރޯ މާޓިނޭޒްގެ ބަދަލުގައި މިރޭގެ މެޗުގައި ވެސް ފުރަތަމަ 11 ގައި ކުޅޭނީ އޭނާއެވެ. ހަގީގަތުގައި އަލްވަރޭޒްގެ ގޯލް ޖެހުމުގެ ހުނަރުގެ ސަބަބުން ނެދަލޭންޑްސް އަށް މެސީ އަށް އެކަނި ފޯކަސް ކޮށްގެން ތިބެން އުނދަގޫވާނެއެވެ. އެންހެލް ޑިމާރިއާ މުޅިން ފިޓްވެގެން ކުޅެން ތައްޔާރުވެފައިވީ ނަމަވެސް، މިޑްފީލްޑަރު ރޮޑްރިގޯ ޑި ޕައުލް އަށް ކުޅެވޭނެކަން ނިންމާނީ ފަހު ވަގުތުއެވެ. އާޖެންޓީނާގެ އެންމެ ބަލި ޑިޕާޓްމަންޓަކީ މެދުތެރެ ކަމުން މުހިންމު މިޑްފީލްޑަރަކު ނެތި ކުޅެން ޖެހިއްޖެނަމަ އެއީ ފޫބައްދަން ދަތި ކަމަކަށްވާނެއެވެ. މިއަށްވުރެ ބޮޑަށް ކޯޗު ސްކޮލޯނީ ކަންބޮޑުވީ މީޑިޔާ އަށް ހުޅުވާނުލައި ކްލޯޒްޑޯގައި ބޭއްވި ޕްރެކްޓިސް ސެޝަނެއްގެ މައުލޫމާތު ލީކުވުމުންނެވެ.

މިހާތަނަށް މި ދެ ބައި މީހުން ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ވާދަކޮށްފައިވަނީ ހަ ފަހަރުއެވެ. މީގެ ތެރެއިން އާޖެންޓީނާ މޮޅުވީ 1974 ގެ ގްރޫޕް ސްޓޭޖުންނާއި، 1978 ގެ ފައިނަލްގައި އަދި 2014 ވަނަ އަހަރު ސެމީ ފައިނަލްގައެވެ. އާޖެންޓީނާގެ އެންމެ ހިތްދަތި އެއް ބައްޔަކީ 1998 ވަނަ އަހަރުގެ ކުއާޓަރ ފައިނަލުގައި ނެދަލޭންޑްސް އަތުންވި ބަލިވުމެވެ. ފްރޭންކް ޑިބޯ ފަހަތުން ޑެނިސް ބާކެމްޕަށް މަތިން ވައްޓާލި ބޯޅަ މެޗުގެ ފަހު ސިކުންތުކޮޅުގައި އޭނާ ގޯލަށް ވައްދާލީ ޖެހިގެންހުރި އާޖެންޓީނާގެ ޑިފެންޑަރު ފަބްލޯ އަޔާލާ އަށް ވީނުވީ އެއްވެސް އަންގާނުލައެވެ. މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރީގެ ކުޅުންތެރިން ވަނީ ކުރީގެ ހަނދާންތައް އާލާކޮށް، މިހާރުގެ ކުޅުންތެރިންނަށް އެކަންކަމުން އިބުރަތް ހާސިލްވާނެ ފަދަ ފިލާވަޅުތަކެއް ނަގައިދީފައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022އާޖެންޓީނާލިއޮނެލް މެސީކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު