Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ދޫކުރުން

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ ފަސްކޮށްދޭން ފަށައިފި

9 ޑިސެމްބަރު 2022 | ހުކުރު 07:03

މި ގަވާއިދުގެ ދަށުން މައިގަނޑު 3 ކަމަކަށް ލުއި ދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 ޑިސެމްބަރު 2022 | ހުކުރު 07:03
ރާއްޖޭގެ ރަށްތަކެއް

ރާއްޖޭގެ ރަށްތަކެއް

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ.

Advertisement - newsAdvertisement

މި ގަވާއިދުގައި ވާގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ދިނުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމާއެކު ވެފައިވާ އެއްބަސްވުމުގައި ދީފައިވާ މުއްދަތަށް ތަރައްޤީކޮށް ނިމިފައިނުވާ ތަންތަނުގެ ކޮންސްޓްރަކްޝަން ޕީރިއަޑް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އިތުރުކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

އެހެންނަމަވެސް މިގޮތަށް މުއްދަތު އިތުރުކޮށްދިނުމަށް މައިގަނޑު ދެ ކަމަކަށް އެއްބަސްވާންޖެހެއެވެ. އެއީ އިތުރުކޮށްދޭ ކޮންސްޓްރަކްޝަން ޕީރިއަޑުގައި ތަން އެއްކޮށް ތަރައްޤީކޮށް ނިންމައި ހިންގަން ފެށުމަށް އެއްބަސްވުން، ނުވަތަ ފޭސްތަކަކަށް ބަހައިލައިގެން ތަރައްޤީކުރަން ހުށަހަޅާ ނަމަ، މަދުވެގެން 1 ފޭސް، މި ކޮންސްޓްރަކްޝަން ޕީރިއަޑުގައި ނިންމައި ހިންގަން ފެށުމަށް އެއްބަސްވުމާއި، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރ) ގެ ގޮތުގައި ތަން ތަރައްޤީކޮށް ނިމި ހިންގަން ފަށާ ތާރީޚުން ފެށިގެން 3 އަހަރުދުވަހުގެ ތެރޭގައި ކޮންމެ އަހަރަކު 4 ކުއާޓަރަށް ހަމަހަމަޔަށް ބަހައިލައިގެން މިނިސްޓްރީ އޮފް ފިނޭންސްގައިވާ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޓްރަސްޓް ފަންޑުގެ އެކައުންޓަށް ދެއްކުމަށް އެއްބަސްވުމެވެ.

މީގެ އިތުރުން ކޮންސްޓްރަކްޝަން ޕީރިއަޑް ހަމަވާ ތާރީޚާ ހަމައަށް އަރައިފައިވާ ކުއްޔާއި ޖޫރިމަނާއާއި، މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ ކޮންސްޓްރަކްޝަން ޕީރިއަޑުގައި ދައްކަންޖެހޭ ކުލި ދެއްކުން ފަސްކޮށްދިނުމުގެ ލުއި ލިބޭނެއެވެ. މިގޮތުން ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދެ ގޮތެއް އިޚުތިޔާރުކުރެވެއެވެ. އެއް ގޮތަކީ އެ ތަނެއް ހިންގުމަށް އޮޕަރޭޓިން ލައިސަންސް ދޭ ތާރީޚުން ފެށިގެން 2 އަހަރުދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހު، ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، ފައިސާ އިން ދައްކަން ފަށާ ތާރީޚުން ފެށިގެން 5 އަހަރުގެ ތެރޭގައި ކޮންމެ އަހަރެއްގެވެސް 4 ކުއާޓަރަށް ހަމަހަމައަށް ބަހާލައިގެން އިންޓަރެސްޓެއް ނެތި ދެއްކުމެވެ. ދެވަނަ ގޮތަކީ ރަށް ތަރައްޤީކޮށް ނިމިގެން ހުޅުވާ ތާރީޚުން ފެށިގެން 2 އަހަރުދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހު، އަރައިފައިވާ ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، ކުލީގެ އެއްބަސްވުމުގެ ބާކީ އޮންނަ މުއްދަތުގެ ތެރޭގައި އަހަރަކު 4 ކުއާޓަރަކަށް ހަމަހަމައަށް ބަހާލައިގެން އަހަރަކު 3 އިންސައްތަ ސިމްޕަލް އިންޓަރެސްޓަކާއެކު ކުއްޔާއި ޖޫރިމަނާ ދެއްކުމެވެ.

މީގެ އިތުރުން ފޭސްތަކަކަށް ބަހައިލައިގެން ތަރައްޤީކުރަން ހުށަހަޅާނަމަ، މަދުވެގެން 1 ފޭސް، ފުރަތަމަ ކޮންސްޓްރަކްޝަން ޕީރިއަޑުގައި ނުވަތަ މި ގަވާއިދުގެ ދަށުން އިތުރުކޮށްދީފައިވާ ކޮންސްޓްރަކްޝަން ޕީރިއަޑުގައި ނިންމައި، އެ ރަށުގައި ތަރައްޤީކޮށްފައިވާ ރިސޯޓު ނުވަތަ ފަޅުގައި ހިއްކައިފައިވާ ރަށްތަކުގެ ތެރެއިން އޮޕަރޭޓިން ލައިސަންސް ދޫކޮށްފައިވާ ރަށް ހިންގަން ފަށާ ތާރީޚުން ފެށިގެން ބާކީ ނުނިމި ހުރި ރަށްތައް ތަރައްޤީކުރުމަށް ކޮންސްޓްރަކްޝަން ޕާމިޓެއް ދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މި ޕާމިޓުގެ ދަށުން ރަށް ނުވަތަ ރަށްތައް ތަރައްގީކުރަމުންދާއިރު، އެތަންތަނަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގެ އިޚުތިޔާރުވެސް މިނިސްޓްރީއަށް ލިބެއެވެ.

6 ޑިސެމްބަރުން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދާއި، އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތައް އުވުނީއެވެ.

ރާއްޖޭގެ ފަތުރުވެރިކަންމިނިސްޓްރީ އޮފް ޓުއަރިޒަމް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
30 އޯގަސްޓު 2025

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
09 ޑިސެމްބަރު 2024

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި
08 ޑިސެމްބަރު 2024

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

08 ޑިސެމްބަރު 2024
ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް