Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްޙީ ދާއިރާގެ މުސާރަ

ސިއްހީ ދާއިރާގެ މުސާރަ އެއްހަމަކުރުމަށްް ކުރަންޖެހޭ ދިރާސާތައް މިހާރު ދަނީ ކުރަމުން: މިއުވާން

8 ޑިސެމްބަރު 2022 | ބުރާސްފަތި 08:31

ސިއްހީ ދާއިރާގެ މުސާރަ ބޮޑު ކުރުމަށް މިހާރު ބަޖެޓު ކުރެވިފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 8 ޑިސެމްބަރު 2022 | ބުރާސްފަތި 08:31
ރައިސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ރައިސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ސިއްހީ ދާއިރާގެ މުސާރަ އެއްހަމަ ކުރުމަށްް ކުރަންޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ސިއްހީ ދާއިރާގެ މުސާރަ ބޮޑު ކުރުމަށް މިހާރު ބަޖެޓު ކުރެވިފައިވާ ކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މުސާރަ ބޮޑު ކުރުމުގެ މަސައްކަތްތައް ފައިނަލް ކުރެވޭނެ ސީދާ ތާރީޚެއް މިވަގުތު ދަންނަވަން ދަތިކަން މިއުވާން ފާހަގަ ކުރެއްވިއެވެ.

ސިއްހީ ދާއިރާގެ މުސާރަ އެއްހަމަ ކުރުމަށްް 500 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. އެގޮތުން ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް މުސާރަތައް އެއްހަމަ ކުރެވިގެންދާނީ ސިއްހީ ޚިދުމަތްތެރިންނަށް ކަމަށް ފިނޭންސް މިނިސްޓްރީންވެސް ވަނީ ބުނެފައެވެ.

އޭގެ އިތުރުން، އަތޮޅުތެރޭގައި 24 ގަޑިއިރު ޚިދުމަތްދޭ ސިއްހީ މަރުކަޒުތަކަށް ވެސް ބަޖެޓު ވަނީ އިތުރުކޮށްދީފައެވެ. އަދި ސިއްހީ ޚިދުމަތްތެރިންގެ އަދަދު އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވާކަންވެސް މިނިސްޓްރީން ފާހަގަ ކުރެއެވެ.

ބަޖެޓުގައިވާ ގޮތުން އަންނަ އަހަރުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްއެއްގެ ގޮތުގައި މުވައްޒަފުންނަށް ހިނގާ ޚަރަދުގެ ތެރެއިން 500 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ކަނޑައެޅިފައިވަނީ ސިއްހީ ދާއިރާގެ ޑޮކްޓަރުން، ނަރުހުން އަދި އެލައިޑް ހެލްތު ޕްރޮފެޝަނަލުންނަށް މުސާރަ އެއްހަމަ ކުރުމަށްޓަކައި ކުރެވޭ ޚަރަދަށެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ނިޔަލަށް މުސާރައިގެ އައު އޮނިގަނޑުގެ ދަށުން ހުރިހާ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތަށް ބަޖެޓުގައި ހިމަނައިފައިވެއެވެ.

ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަވެސް ބޮޑުކޮށްފައިވަނީ ސަރުކާރުން ހެދި ދިރާސާއަކަށްފަހުއެވެ. އެގޮތުން އެކި ފަންތީގެ މީހުންގެ މުސާރަ ބޮޑުވެގެންދާނެ ގޮތް އެ ދިރާސާއިން ވަނީ ދައްކުވައިދީފައެވެ.  

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދުސިއްހީ ޚިދުމަތްތައް

އިތުރަށް ކިޔާލަން

09 މެއި 2024

ސިއްހީ ޚިދުމަތްތަކާމެދު އިތުބާރު ގެއްލޭގޮތަށް ވާހަކަ ފަތުރައި، ފޮޓޯ އާންމުކުރުން ކުށްވެރިކޮށްފި

09 މެއި 2024
ސިއްހީ ޚިދުމަތްތަކާމެދު އިތުބާރު ގެއްލޭގޮތަށް ވާހަކަ ފަތުރައި، ފޮޓޯ އާންމުކުރުން ކުށްވެރިކޮށްފި
09 އޮކްޓޯބަރު 2023

ސަރުކާރުން މަސައްކަތް ކުރާނީ އިންތިޤާލީ މަރުޙަލާގެ ރޫހާއި އެއްގޮތަށް: މިއުވާން

09 އޮކްޓޯބަރު 2023
ސަރުކާރުން މަސައްކަތް ކުރާނީ އިންތިޤާލީ މަރުޙަލާގެ ރޫހާއި އެއްގޮތަށް: މިއުވާން
16 ސެޕްޓެމްބަރު 2023

މިއުވާންގެ ސުވާލު، އިދިކޮޅަށް: ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވާނެ ކަމަށް ތިޔަ ވިދާޅުވަނީ ކިހިނެއްތޯ؟

16 ސެޕްޓެމްބަރު 2023
މިއުވާންގެ ސުވާލު، އިދިކޮޅަށް: ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވާނެ ކަމަށް ތިޔަ ވިދާޅުވަނީ ކިހިނެއްތޯ؟
16 ސެޕްޓެމްބަރު 2023

އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ފަތުރާ ވާހަކަތަކަށް ސަމާލުވާންޖެހޭ: މިއުވާން

16 ސެޕްޓެމްބަރު 2023
އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ފަތުރާ ވާހަކަތަކަށް ސަމާލުވާންޖެހޭ: މިއުވާން
13 ސެޕްޓެމްބަރު 2023

ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާގެ ޝަކުވާތަކަށް ބެލުމަށްފަހު މުސާރައަށް މުހިންމު ބަދަލުތަކެއް ރައީސް ގެންނަވައިފި

13 ސެޕްޓެމްބަރު 2023
ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާގެ ޝަކުވާތަކަށް ބެލުމަށްފަހު މުސާރައަށް މުހިންމު ބަދަލުތަކެއް ރައީސް ގެންނަވައިފި
12 ސެޕްޓެމްބަރު 2023

5 އަހަރު ވެގެންދިޔަ އިރު އިންޑިއާ ސިފައިން އަރާ ރާއްޖެ ހިފައިފިތޯ؟

12 ސެޕްޓެމްބަރު 2023
5 އަހަރު ވެގެންދިޔަ އިރު އިންޑިއާ ސިފައިން އަރާ ރާއްޖެ ހިފައިފިތޯ؟
08 އޯގަސްޓު 2023

ދިރިއުޅުމުގެ ވައްޓަފާޅި އަށް ބަދަލު ގެނައުމަށް އިންވެސްޓްކުރުން މުހިންމު - ފައިސަލް

08 އޯގަސްޓު 2023
ދިރިއުޅުމުގެ ވައްޓަފާޅި އަށް ބަދަލު ގެނައުމަށް އިންވެސްޓްކުރުން މުހިންމު - ފައިސަލް
22 ޖޫން 2023

ސަރުކާރުގެ މުއައްސަސާތަކުގެ މަސައްކަތްތަކަށް އިދިކޮޅުން ހުރަސްއަޅަނީ

22 ޖޫން 2023
ސަރުކާރުގެ މުއައްސަސާތަކުގެ މަސައްކަތްތަކަށް އިދިކޮޅުން ހުރަސްއަޅަނީ
22 ޖޫން 2023

އިސްތިއުފާ ދެއްވައިގެންވެސް މަޖިލީސް ހިނގަންޖެހޭ: ސަރުކާރު

22 ޖޫން 2023
އިސްތިއުފާ ދެއްވައިގެންވެސް މަޖިލީސް ހިނގަންޖެހޭ: ސަރުކާރު
03 ޖޫން 2023

މަޖިލީހުގެ މަސައްކަތްތައް މަޑުޖެހޭތީ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި

03 ޖޫން 2023
މަޖިލީހުގެ މަސައްކަތްތައް މަޑުޖެހޭތީ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް