Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތޫފާން "މަންދޫސް"

ތޫފާން "މަންދޫސް"ގެ އަސަރު ރާއްޖެއަށް، މޫސުން ގޯސްވާނެ!

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 8 ޑިސެމްބަރު 2022 | ބުރާސްފަތި 07:28
ތޫފާންގެ އަސަރު

ތޫފާންގެ އަސަރު

ބުރާސްފަތި ދުވަހުގެ ހެނދުނު ސްރީލަންކާގެ އިރު އުތުރުން އުފެދުނު ތޫފާން "މަންދޫސް" ގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި މޯލްޑިވްސް މީޓިއަރޮލޮޖިކަލް ސެންޓަރުގެ އެސިސްޓެންޓް މީޓިއަރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ މި ތޫފާން މިހާރު މަޑުމަޑުން ދަތުރުކުރަމުންދަނީ އިންޑިއާގެ އައްސޭރިފަށަށް ކަމަށެވެ. މިއާއެކު ވަރަށް ބޮޑު ސަރަހައްދެއްގައި ވިއްސާރަ ވިލާ އުފެދެމުންދާ ކަމަށާއި، ރާއްޖޭގައިވެސް ކޮންމެވެސް ވަރަކަށް ވިއްސާރަ ވިލާ އުފެދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވަހީދު ވިދާޅުވީ ތޫފާންގެ ބާރުގަދަވެގެންދިއުމާއެކު ރާއްޖެ ސަރަހައްދުގައި ވައި ގަދަވެގެންދާނެ ކަމަށެވެ. އަދި ކުރިއަށްއޮތް ދެތިން ދުވަހު މޫސުން ގޯސްވާނެ ކަމަށާއި، ވަކިން ޚާއްސަކޮށް ދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ވަހީދު އިލްތިމާސްކުރެއްވިއެވެ.

ވަހީދު ވިދާޅުވީ މި ތޫފާން އަރާނީ އިންޑިއާއަށް ކަމަށެވެ. މިމަހުގެ 10 ވަނަ ދުވަހު އިންޑިއާއަށް އަރާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު އިތުރަށް ވިދާޅުވީ މި ދުވަސްވަރަކީ ބޭ އޮފް ބެންގޯލުގައި ތޫފާންތައް އުފެދޭ ދުވަސްވަރެއް ކަމަށެވެ. މި ދުވަސްވަރު ބޭ އޮފް ބެންގޯލުގައި ދެ ތޫފާން އުފެދޭނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން މީގެ ކުރިން ލަފާކޮށްފައިވާކަމަށް ވަހީދު ވިދާޅުވިއެވެ.

އެހެންކަމުން މިއީ މިއަހަރު އަރާނެ އެންމެ ފަހު ތޫފާން ކަމަށް ބެލެވޭ ކަމަށާއި، މި ތޫފާން އަރައި ނިމުމުން މޫސުން ދާނީ ރަނގަޅުވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ތޫފާން މަންދޫސްމޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ

28 ނޮވެމްބަރު 2025
ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ
27 ނޮވެމްބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް
23 އޮކްޓޯބަރު 2025

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

23 އޮކްޓޯބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ
17 އޮކްޓޯބަރު 2025

ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

17 އޮކްޓޯބަރު 2025
ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ
15 އޮކްޓޯބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

15 އޮކްޓޯބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު