Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

މޮރޮކޯ ކުޅުންތެރިންނަށް އެންމެންގެ ލޯބި، މުހިންމު ވަގުތުގައި ހިތްވަރު ހޯދީ ފާތިޙާ ސޫރަތުން!

މިކަމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ މޮރޮކޯ ޓީމަށް އެމީހުންގެ ލޯތްބާއި، އިހުތިރާމް އޮއްސާލަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2022 | ބުރާސްފަތި 03:59
މޮރޮކޯ އަދި ސްޕެއިން ކުޅުނު މެޗުގެ ތެރެއިން

މޮރޮކޯ އަދި ސްޕެއިން ކުޅުނު މެޗުގެ ތެރެއިން

މިހާރު ޤަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕަކީ ތަފާތު މުބާރާތެކެވެ. މިފަހުން އެންމެ ހައިރާން ކުރުވަނިވި ނަތީޖާތައް ފެނުނު އެއް މުބާރާތެވެ.

މުބާރާތުގައި "ދަށް" ޓީމުގެ ގޮތުގައި ބައެއް މީހުން ދެކެމުން އަންނަ ޓީމުތަކުން ވަނީ ހައިރާންވާ ނަތީޖާތައް ނެރެފައެވެ. ގަދަ ބާރުތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހައި، އެ ޤައުމުތަކުން ވަނީ އިސް އުފުލާލެވޭ ނަތީޖާތައް ހޯދާފައެވެ. އެގޮތުން ވެސް މިއަހަރުގެ މުބާރާތުގައި އެންމެ ފާހަގަކޮށްލެވުނު އެއް ޤައުމަކީ މޮރޮކޯއެވެ.

މުބާރާތަށް އެ މީހުން ކުރިމަތިލީ އުނދަގޫ ހާލަތެއްގައި އޮވެއެވެ. އެހެން ނަމަވެސް މުބާރާތުގެ ފުރަތަމަ މެޗުން ފެށިގެން ގްރޫޕް ސްޓޭޖު އެމީހުން ނިންމާލީ ހިނިތުންވުމާއެކުއެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައި ވެސް އިދިކޮޅު ޓީމުގެ ކުޅުންތެރިޔަކަށް އެމީހުންގެ ގޯލަށް ބޯޅައެއް ވައްދާނުލެވުނެވެ. އެ އުފަލާއެކު ގްރޫޕްގެ އެއް ވަނަ ހޯދައި އެމީހުން ގަދަ 16 އަށް ދަތުރުކުރިއެވެ. ގަދަ 16 ގައި އެމީހުންގެ ޖެހުނީ މުބާރާތުގެ ފޭވަރިޓުންގެ ލިސްޓުގައި އޮތް ސްޕެއިންނާއެވެ.

އެ މެޗަށް މޮރޮކޯ ޓީމު ކުރިމަތިލީ ހިތްވަރާއެކުއެވެ. ރަން ޖީލުގެ ބެލްޖިއަމް ބަލިކުރެވިފައި އޮތުމުން އެމީހުން ޤަބޫލު ކުރީ ސްޕެއިން ވެސް ބަލިކުރެވޭނެ ކަމަށެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގައި ވެސް އެއްވެސް ބަޔަކަށް ލަނޑެއް ނުޖެހުނެވެ. ނަތީޖާ ނެރުމަށް ޖެހީ ޕެނަލްޓީއެވެ. މޮރޮކޯ އިން ވަނީ ސްޕެއިނުން ޖެހި ތިން ޕެނަލްޓީ ވެސް މަތަކޮށް، އެ މީހުން މުބާރާތުން ކަޓުވާލާފައެވެ. މުބާރާތުގެ ކުއާޓާ ފައިނަލުން ވެސް މޮރޮކޯ ޖާގަ ހޯދީ އިދިކޮޅު ޓީމުން ބައިކޮޅަށް ލަނޑެއް ވައްދާލިޔަ ނުދީއެވެ.

އެ މެޗުގެ ނަތީޖާ އަށްވުރެ ބޮޑަށް ޢާންމުންގެ ލޮލުގައި އަޅައިގަތީ ސޯޝަލް މީޑިއާގައި ދަައުރުވާން ފެށި ވީޑިއޯއެވެ. މުހިންމު ވަގުތުގައި މޮރޮކޯ އިން ދެއްކީ ނަމޫނާއެކެވެ. ޕެނަލްޓީ ޖެހުމުގެ ކުރިން އެ ޓީމުގެ ކޯޗާއި، އޮފިޝަލުން އަދި ކުޅުންތެރިން ވަށްބުރެއްގައި ވަށާލިއެވެ. އެއަށްފަހު ބިސްމިގެ ބަރަކާތުން އެމީހުންގެ ފެށީ ސޫރަތުލް ފާތިޙާ ކިޔާށެވެ. އެ ސޫރަތުގެ މޫރިތި އާޔަތްތަކުން މޮރޮކޯ ޓީމު ހޯދީ ހިތްވަރެވެ. އެ ޓީމު މަދަދަށް އެދުނީ ﷲގެ ޙަޟްރަތުންނެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ މޮރޮކޯ ޓީމަށް އެމީހުންގެ ލޯތްބާއި، އިހުތިރާމް އޮއްސާލަމުންނެވެ.

މީގެ އިތުރުން ވެސް މެޗު ކާމިޔާބުވުމުން އުފާ ފާޅުކުރުމުގެ ކުރިން މޮރޮކޯގެ ކުޅުންތެރިން ވަނީ ޝުކުރުގެ ސަޖިދަ ޖަހާފައެވެ. މިއީ ވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މަންޒެރެވެ. ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި އެ ފޮޓޯތައް ހިއްސާކޮށް، މޮރޮކޯ އަށް ލޯބި އޮއްސަމުންނެވެ.

މޮރޮކޯ ޓީމުގެ މި އަމަލުތަކުން މިއަދު ގިނަ ބައެއްގެ ހިތުން އެ ޓީމު ވަނީ ޖާގަ ވެސް ހޯދާފައެވެ. އެތައް ބައެއްގެ ހެޔޮ ދުޢާ އާއި ލޯބި ވަނީ މޮރޮކޯ ޓީމާއެކުއެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022މޮރޮކޯކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު