Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19

ކޮވިޑް ވަނީ މިއުޓޭޓްވެފައި، ނަން ބަދަލުކުރަންޖެހޭ - ޗައިނާގެ ސިއްހީ މާހިރުން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާގެ ވެރިރަށް ބެއިޖިންގްގެ އިތުރުން ބޮޑެތި އެހެން ރަށްތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ވަނީ ދީފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2022 | ބުދަ 08:22
ކޮވިޑްގެ ލުއިތަކާއެކު ޗައިނާގެ ރައްޔިތުން މަގުތަކަށް ނުކުމެ

ކޮވިޑްގެ ލުއިތަކާއެކު ޗައިނާގެ ރައްޔިތުން މަގުތަކަށް ނުކުމެ

ކޮވިޑް ފުރަތަމަ ފެނުނު އިރު ހުރިގޮތް ބަދަލުވެފައިވާ ކަމަށާއި، އެ އަންނަ ބަދަލާއެކު އޭގެ ނަން ވެސް ބަދަލުކުރަން ޖެހޭ ކަމަށް ޗައިނާގެ ސިއްހީ މާހިރުން ބުނެފިއެވެ.

އެމީހުން ބުނެފައިވަނީ، ކޮވިޑް-19 އަށް ދީފައިވާ ރަސްމީ ނަން ޗައިނާއިން ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި އެ ވައިރަސް ބަދަލުވަމުން ނުވަތަ މިއުޓޭޓްވަމުން އަންނަ ގޮތަށް ބަލާފައި އެކަން ކުރަން ޖެހޭ ކަމަށާއި، ކޮވިޑް ޖެހޭ މީހުންގެ ތެރެއިން އާދައިގެ އަލާމާތްތައް ހުންނަ މީހުންނަށް ގޭގައި ކަރަންޓީންވާން ފުރުސަތު ދޭންޖެހޭ ކަމަށް ޗައިނާގެ ބޭސްވެރިކަމުގެ ކުރިއަރަމުން އަންނަ އިދާރާއިން ބުނފައިވެއެވެ.

އެ އިދާރާގެ ފަރާތުން ވާހަކަ ދައްކަމުން ގު ޖިއަހޮންގ ވިދާޅުވީ ކޮރޯނާ ވައިރަސްގެ ޗައިނާ ނަމުން އެނގެނީ އެއީ ބަލި ޖައްސާ ނިއުމޯނިއާއެއް ކަމަށާއި، އެ ބަދަލުކޮށް އެއަށްވުރެ ފަސޭހަ ނަމެއް ކިޔަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑާއި ދެކޮޅަށް ޗައިނާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާރު ގިނަ އަދަދަކަށް ޓެސްޓު ކުރުމާއި، ޕޮޒިޓިވް ވާ މީހުން ހާއްސަ ފެސިލިޓީތަކުގައި ކަަރަންޓީނު ކުރުން ފަދަ ކަންކަން ހުއްޓާލާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދާންޖެހޭ ކަމަށެވެ. އޭގެ ތެރޭގައި އާދައިގެ އަލާމާތްތައް ފެންނަ މީހުން ގޭގައި ކަރަންޓީންވާން ފުރުސަތުދޭން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ޗައިނާ އެސޯސިއޭޝަން އޮފް ޗައިނީސް މެޑިސިންސް އިންފެކްޝަސް ޑިސީސް އާމް އިން ކޮވިޑް-19 ގެ ނަން ބަދަލުކުރުމަށް ނުވަތަ އެ މާނަކުރުމަށް ބަދަލުގެނައުމަށް ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާގެ ވެރިރަށް ބެއިޖިންގްގެ އިތުރުން ބޮޑެތި އެހެން ރަށްތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ވަނީ ދީފައެވެ. ޗައިނާ އިން މިހާރު ދަނީ ބައްޔަށް ޓެސްޓު ކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކަށް ވެސް ލުއިދޭން މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ބަލި ޖެހިފައިވާ މީހަކާ އެއްތަން ވެފައިވާ މީހުންނަށް އަމިއްލަ ގޭގައި ކަރަންޓީނު ކުރުމުގެ ފުރުޞަތު ދިނުން ވެސް ހިމެނެއެވެ. މީގެ ކުރިން އެ ފަދަ މީހުން ކަރަންޓީނު ކުރަނީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި ތަންތަނެއްގައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ޗައިނާއިން ގެންގުޅޭ "ޒީރޯ ކޮވިޑް" ސިޔާސަތުގެ ދަށުން ޗައިނާގެ ސަރުކާރުން ދަނީ ކޮވިޑް ބަލީގެ ކޭސްއެއް ފެންނަ ކޮންމެ ސަރަޙައްދެއް އަދި ރަށެއް ފުރަބަންދު ކުރަމުންނެވެ. އަދި، އެ ތަނެއްގެ ހުރިހާ ރައްޔިތުން ޓެސްޓު ކުރުމުގެ އިތުރުން ހަރުކަށި ފިޔަވަޅުތަކެއް އަޅައެވެ.

ފިޔަވަޅުތަކަށް ލުއިދޭން ނިންމުމުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވަނީ ޗައިނާއަށް މަރުޙަބާ ކިޔާފައެވެ. ނަމަވެސް، އެ ޖަމުޢިއްޔާއިން ވަނީ ފިޔަވަޅުތަކަށް ލުއި ދިނުމުގައި މެދުމިނުގެ ސިޔާސަތުތަކެއް އިސް ކުރުމަށް އެދިފައެވެ.

ކޮވިޑް-19ކޮރޯނާވައިރަސްޗައިނާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު