Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިއެލްޓީއެމް ކާންސް

ދުނިޔޭގެ ޓޮޕް ލަގްޒަރީ ޓްރެވަލް ޓްރޭޑް ފެއަރ، އައިއެލްޓީއެމް ކާންސް 2022ގައި ރާއްޖެ މާކެޓްކުރަނީ

މި ހަރަކާތް ކުރިއަށް ދާނީ ޑިސެމްބަރު 5 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޑިސެމްބަރު 2022 | ބުދަ 07:49
އައިއެލްޓީއެމް ކާންސް 2022

އައިއެލްޓީއެމް ކާންސް 2022

ފްރާންސްގެ ޓޮޕް ލަގްޒަރީ ޓްރެވަލް ޓްރޭޑް ފެއަރ، އައިއެލްޓީއެމް ކާންސް 2022 ގައި ރާއްޖޭގެ ތަޖުރިބާތައް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއެކު އިންޑަސްޓްރީގެ 13 ފަރާތުން ބައިވެރިވެ މާކެޓްކުރަން ފަށައިފިއެވެ.

މި ހަރަކާތް ކުރިއަށް ދާނީ ޑިސެމްބަރު 5 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް ޑެސް ފެސްޓިވަލްސް އެޓް ޑެސް ކޮންގްރެސް، ކާންސް، ފްރާންސް ގައެވެ.

އައިއެލްޓީއެމް ކާންސް އަކީ ފްރާންސްގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ލަގްޒަރީ ޓްރެވަލް ޓްރޭޑް ފެއާއެވެ. މި ފެއާގެ ޒަރިއްޔާއިން ފްރާންސް އަދި ބައިނަލްއަޤްވާމީ އެހެން މާކެޓްތަކުގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނަށް ދުނިޔޭގެ ފާހަގަކޮށްލެވޭ އަދި އެކްސްކްލޫޒިވް ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކާއި، މަންޒިލްތަކާއި ބައްދަލުކޮށް، ވިޔަފާރީގެ މަޝްވަރާތަކާއި ގުޅުން ބަދަހިކުރުމަށް ފުރުސަތު ލިބެއެވެ. ހަތަރު ދުވަހުގެ މި ހަރަކާތުގައި ތައުލީމީ، ނެޓްވޯކިން ސެޝަންތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ފުރުސަތު ލިބޭއިރު، މިއީ މީގައި ބައިވެރިވާ އެގްޒިބިޓަރުންނަށް އަގުނުކުރެވޭވަރުގެ އެކްސްޕޯޝާ ލިބޭ ހަރަކާތެކެވެ.

ރާއްޖެ އަކީ ތަފާތު އުފެއްދުންތަކާއި ހިދުމަތްތަކާއި ތަޖުރިބާތައް ލިބޭ އަލްޓްރާ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި މަޝްހޫރު ގައުމެކެވެ. އެމްއެމްޕީއާރުސީގެ މާކެޓިންގ ސްޓްރެޓެޖީތައް ބިނާވެފައިވަނީ ލަގްޒަރީ ސެގްމަންޓާއި، އެހެނިހެން ސެގްމަންޓްތައް ދުނިޔޭގެ އެކި ޕްލެޓްފޯމްތަކުގައި ޕްރޮމޯޓުކުރުމުގެ މައްޗަށެވެ. އައިއެލްޓީއެމްގައި ބައިވެރިވަމުން މިދަނީ ވެސް މި މަސައްކަތުގެ ދަށުން، ފްރާންސް އާއި އެހެން މާކެޓްތަކުގެ ޓޫރިޒަމް އޯޑިއަންސަށް ރާއްޖޭގެ ޕްރޮޑަކްޓްތަކާއި، ހިދުމަތްތަކުގެ، އަދި ތަފާތު ތަޖުރިބާތަކުގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

އައިއެލްޓީއެމްގައި ރާއްޖޭގެ ސްޓޭންޑު ޑިޒައިން ކުރެވިފައިވަނީ ރާއްޖޭގެ ހައި އެންޑް ޓޫރިޒަމްގެ ސިފަތަކާއެކުއެވެ. މި އިވެންޓުގައި އެމްއެމްޕީއާރުސީން ފްރާންސްގެ ލަގްޒަރީ މާކެޓުގައި ހަރަކާތްތެރިވާ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއެކު ޕްރީ ޝެޑިއުލް ބައްދަލުވުންތައް ބާއްވައި، ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަންޒިލުގެ މައުލޫމާތާއި ޕްރޮމޯޝަނަލް މެޓީރިއަލް ފޯރުކޮށްދިނުމާއި، މާކެޓާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ޓްރޭޑް ސާވޭތައް ކުރިއަށް ގެންދާނެއެވެ. މި އިވެންޓް މެދުވެރިކޮށް އެމްއެމްޕީއާރުސީން ފޯކަސް ކުރާނީ ފްރާންސްގެ މާކެޓްގައި ހަރަކާތްތެރިވާ ޓްރެވަލް ޓްރޭޑާއި ނެޓްވޯކްކޮށް، މިހާރު އޮތް ގުޅުން ބަދަހިކުރުމާއި، މަންޒިލުގެ އެންމެ ފަހުގެ އަޕްޑޭޓްތަކާއި، ރާއްޖޭގެގެ ޚާއްޞަ ޖިއޮގްރަފިކަލް ސިފަތަކާއި، ލަގްޒަރީ ސެގްމަންޓު މާކެޓް ކުރުމަށެވެ. އަދި މި މާކެޓުގައި އަޅުގަނޑުމެންގެ އެންމެ މަތީ މަގާމު ދެމެހެއްޓުމަށާއި ލަގްޒަރީ ސެގްމަންޓުން އަންނަ މީހުން އިތުރުކުރުމަށް މާކެޓުގައި ރާއްޖޭގެ ބްރޭންޑް ހަރުދަނާ ކުރުމުގެ ފުރުސަތު ވެސް މި އިވެންޓުން ލިބިގެންދެއެވެ. އައިއެލްޓީއެމް އަކީ އިންޑަސްޓްރީ ޕާޓްނަރުންނަށް ފްރާންސްގެ ޓްރެވަލް ޓްރޭޑާއި ޕާޓްނަޝިޕް އިތުރުކޮށް، ވިޔަފާރީގެ ޑީލްތައް ފުޅާކޮށް، އެ ފަރާތްތަކުގެ ވަކިވަކި ޕްރޮޕަޓީތަކާއި ތަޖުރިބާތައް މާކެޓް ކުރުމަށް ވެސް ރަނގަޅު ޕްލެޓްފޯމެކެވެ.

ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ފްރާންސްއިން ރާއްޖެއަށް 40،048 ފަތުރުވެރިން އައިސްފައިވާ ވާއިރު، ފްރާންސް އަކީ ރާއްޖޭގެ 7 ވަނަ ސޯސް މާކެޓެވެ. މުޅި ދުނިޔޭގައި ރާއްޖެ މާކެޓް ކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވަނީ މި އަހަރުގެ ހަތަރު ވަނަ ކުއާޓަރު ފެށުނުއިރު 24 މާކެޓެއްގައި 150 އަށް ވުރެ ގިނަ ހަރަކާތް ހިންގާފައެވެ. އޭގެ ތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، ދުނިޔޭގެ ޓްރެވަލް ޓްރޭޑާ އެކު މާކެޓިން ކެމްޕޭންތަކުގައި ހިންގާ، މީޑިއާ އިންޓަވިއުތަކާއި ކަވަރޭޖްތައް، އޮންލައިން އިވެންޓްތައް، އަދި ފެމިލިއަރައިޒޭޝަން ދަތުރުތައް ވަނީ ހިންގާފައެވެ. މި އިވެންޓްތަކުގެ ކާމިޔާބީ މިވަނީ ރާއްޖެއަށް އަންނަ އެރައިވަލްގެ އަދަދުތަކުން ވަރަށް ފޮނިކޮށް ސާބިތުވެފައެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ސަރުކާރުން މި އަހަރަށް ކަޑައަޅާފައިވާ 1.6 މިލިއަން ފަތުރުވެރިންގެ ޓާގެޓް ޑިސެމްބަރު މަހުގެ ތެރޭގައި ހާސިލްވާން މިވަނީ ވަރަށް ޔަގީންވެފައެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2022ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ. މިގޮތުން ރާއްޖޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް މި އަހަރު އެމްއެމްޕީއާރުސީއިން ވަނީ 'ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑު'ގެ ލަޤަބުވެސް ހާސިލްކޮށްފައެވެ.

އައިއެލްޓީއެމް ކާންސް 2022އެމްއެމްޕީއާރްސީޓުއަރިޒަމް އެމްވީ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
26 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
20 އޯގަސްޓު 2025

ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި

20 އޯގަސްޓު 2025
ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި
12 ޖުލައި 2025

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ

12 ޖުލައި 2025
އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ
03 ޖުލައި 2025

"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"

03 ޖުލައި 2025
"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"
24 ޑިސެމްބަރު 2024

މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި

24 ޑިސެމްބަރު 2024
މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި
24 ޑިސެމްބަރު 2024

"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"

24 ޑިސެމްބަރު 2024
"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު