Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ ކޮވިޑް-19ގެ ހާލަތު

މުޒާހަރާތަކާއެކު ޗައިނާއިން ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް

އަންގާރަ ދުވަހުން ފެށިގެން ޕާކުތަކާއި، އޮފީސްތަކާއި ސުޕަމާކެޓްތަކާއި އެއާޕޯޓްތަކަށް ވަނުމުގައި ކޮވިޑް ނެގެޓިވް ޓެސްޓެއް ބޭނުމެއްނުވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޑިސެމްބަރު 2022 | އަންގާރަ 09:44
ޗައިނާ ސަރުކާރާ ދެކޮޅަށް ކުރިޔަށްގެންދިޔަ މުޒާހަރާގެ ތެރެއިން

ޗައިނާ ސަރުކާރާ ދެކޮޅަށް ކުރިޔަށްގެންދިޔަ މުޒާހަރާގެ ތެރެއިން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ބޮޑެތި ފިޔަވަޅުތަކަކަށް ޗައިނާގެ ވެރިރަށް ބެއިޖިންގގައި ލުއިތަކެއް ދީފިއެވެ.

އެގޮތުން އަންގާރަ ދުވަހުން ފެށިގެން ބެއިޖިންގގެ ޕާކުތަކާއި، އޮފީސްތަކާއި ސުޕަމާކެޓްތަކާއި އެއާޕޯޓްތަކަށް ވަނުމުގައި ކޮވިޑް ނެގެޓިވް ޓެސްޓެއް ބޭނުމެއްނުވާނެއެވެ. މިއީ މިދިޔަ މަހު ޗައިނާގައި ހިނގާދިޔަ ބޮޑެތި މުޒާހަރާތަކާއި ގުޅިގެން ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެމުން އަންނަ ދިނުމަށް އެންމެފަހުން އިތުރުވި ކަންކަމެވެ.

މިއާއެކު ބެއިޖިންގގައި ދިރިއުޅޭ ރައްޔިތުން އަންނަނީ އެމީހުންނަށް ލިބިގެންދިޔަ މިނިވަންކަމުގެ ބޭނުން ހިފަމުންނެވެ.

އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ޗައިނާއަކީ ފާއިތުވި 3 އަހަރު އެވައިރަސް ކޮންޓްރޯލްކުރުމަށް އެންމެ ވަރުގަދަ ފިޔަވަޅުތަކެއް އެންމެ ގިނަ ދުވަސްތަކެއް ވަންދެން އަޅަމުން އަންނަ ގައުމެވެ. އެއާއެކު އެގައުމުގައި ވަނީ އެކަމާއި ދެކޮޅަށް އަޑުއުފުލުންތަކެއް ކުރިޔަށް ގެންގޮސްފައެވެ. މިއާއެކު ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދެމުން އަންނަ މަންޒަރު އަންނަނީ ފެންނަމުންނެވެ. ޗައިނާގެ ބައެއް ރައްޔިތުން ދެކޭގޮތުގައި މިއީ ކޮވިޑް-19 ޕެންޑަމިކް ނިމުމަކަށް ގެނެސް އަލުން ހުޅުވާލުމުގެ ފުރަތަމަ ފިޔަވައްސެވެ.

ބެއިޖިންގގެ އެއާޕޯޓްތަކަށް ވަނުމުގައި މިހާރު ނެގެޓިވް ކޮވިޑް ޓެސްޓެއް އޮތްތޯ ނުބަލައެވެ. ނަމަވެސް އަދި ގަވާއިދުން އެބަދަލު ގެނައިތަނެއް ނުފެނެއެވެ.

ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާއިން އިތުރު 10 ކަމަކަށް ލުއި ދިނުމަށް ބުދަ ދުވަހު އިއުލާންކުރާނެއެވެ. ފިޔަވަޅުތަކަށް ލުއިތައް ދޭންފެށުމުން އިންވެސްޓްކުރާ ފަރާތްތަކުންވެސް ވަނީ އެކަމުގެ ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އެއާއެކު ޗައިނާގެ އިގްތިޞާދު ކުރިއަރައިދާނެކަމަށް ވަނީ ބެލެވިފައެވެ.

ކޮވިޑް-19ޗައިނާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު