Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

މިއީ ނަތީޖާ ނުނެރެވިއްޖެނަމަ ކަތިވަޅި ގެއްލި، މަރިޔަނބު ގެއްލި، ކޮށި ދަނޑު ވެސް ގެއްލިދާނެ މެޗެއް

6 ޑިސެމްބަރު 2022 | އަންގާރަ 06:29

ކޯޗު ބުނީ އޭނާގެ ޓީމު އޮތީ މެޗު ކާމިޔާބު ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ފުރިހަމައަށް ތައްޔާރަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޑިސެމްބަރު 2022 | އަންގާރަ 06:29
ސްޕެއިން ޓީމު ޓްރެއިނިންގައި

ސްޕެއިން ޓީމު ޓްރެއިނިންގައި

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ މޮރޮކޯއާ ދެކޮޅަށް ނުކުންނައިރު ސްޕެއިން ޓީމުން އެންމެ ޕްރެޝަރު ބޮޑުވެފައިވާ މީހަކީ ކޯޗު ލުއިސް އެންރީކޭއެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ޖަޕާން އަތުން ބަލިވުމުން އޭނާ އަށް ވަނީ ފާޑުކިއުންތައް އޮހެން ފަށާފައެވެ. ހާއްސަކޮށް އޭނާ ކޮންމެ ދުވަހަކު އާއްމުންގެ ސުވާލުތަކަށް ވަކިއިމެއްނެތި ޖަވާބުދޭތީވެ އެކަމާ މެދު ވަރަށް ގިނަ ސްޕެއިނުގެ ނޫސްވެރިން ދަނީ ފާޑުކިޔަމުންނެވެ. އެއް ބަޔަކު ބުނަނީ ސޯޝަލް މީޑިއާގައި ޓީމުގެ ވާހަކަތަކާއި އަމިއްލަ ޒާތީ ވާހަކަ ދައްކައިގެންނާއި ފާޑުފާޑުގެ އިންޓަވިއުދީގެން ވޯލްޑް ކަޕް ކާމިޔާބުކުރެވޭނެ ނަމަ މިހާރު ސްޕެއިނަށް ދުނިޔޭގެ ޗެމްޕިއަންކަން ލިބިއްޖެކަމަށެވެ.

މި ހުރިހާ ފާޑުކިއުންތަކުގެ ތެރެއިން މިރޭގެ މެޗަށް ސްޕޭން ނުކުންނައިރު އެމީހުންގެ އެންމެ ބޮޑު މައްސަލައަކީ ގޯލު ނުޖެހުމުގެ މައްސަލައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކޮސްޓަރިކާ ކޮޅަށް ހަތް ގޯލު ޖެހި ނަމަވެސް ޖެހިގެން އައި މެޗުތަކުގައި ސްޕޭނަށް އެކަށީގެންވާ ގޮތެއްގައި ގޯލު ޖެހިފައި ނެތުމަކީ ޓީމާމެދު ކުރެވޭ އެންމެ ބޮޑު ބަހުސްއެވެ. މުޅި މުބާރާތުގައި ސްޕެއިނުގެ އެންމެ ބޮޑު ބަލިފަޔަކީ ވެސް މިއީ ކަމަށް ގަބޫލުކުރާ މީހުން ގިނައެވެ.

ނަމަވެސް މިރޭގެ މެޗަށް ނުކުންނައިރު ކޯޗު ބުނީ އޭނާގެ ޓީމު އޮތީ މެޗު ކާމިޔާބު ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ކެޓީ ޗެމްޕިއަންކަން ހޯދި އިޓަލީއާ ދެކޮޅަށް ޕެނަލްޓީ ޖަހައިގެން ކަމަށްވާތީ، މިހާތަނަށް ހާހެއްހާ ޕެނަލްޓީ ޕްރެކްޓިސް ކުރެވިއްޖެކަމަށެވެ. އިޓަލީ އަތުން ބަލިވި ހިސާބުން ފެށިގެން އެންރީކޭ ސްޕެއިނުގެ ކުޅުންތެރިންނަށް އަންގާފައިވަނީ ކޮންމެ ކުޅުންތެރިއަކު ވެސް އިތުބާރާއެކު ޕެނަލްޓީ ޖަހަން ދަސްވާ ވަރަށް އެކަން ޕްރެކްޓިސް ކުރުމަށެވެ. މިހެންވެ ޕެނަލްޓީ ޖަހަން ޖެހިއްޖެނަމަ މި ފަހަރު ނަސީބު އަތުގައި ހިފާވަރަށް ކުޅުންތެރިން ތައްޔާރުވެއްޖެ ކަމަށާއި ޓީމުގައި ތިބި ތިން ކީޕަރުންނަކީ ވެސް ޕެނަލްޓީ ޖަހަން ޖެހިއްޖެނަމަ އެކަމާ ކުރިމަތިލެވޭ ވަރުގެ ތިން ކީޕަރުން ކަމަށެވެ.

ޑިފެންޑަރު ސެޒާ އަޒްޕްލިކުއެޓާގެ ކަކޫ ރަނގަޅު ވެފައިވާތީވެ ސްޕެއިން ޓީމުގައި މިހާރު އަނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ. ފުރިހަމަ 26 ކުޅުންތެރިންގެ ސްކޮޑެއް ލިބިފައިވާތީވެ މިރޭގެ މެޗަށް ބޭނުން ކޮންމެ ފުރަތަމަ 11 އެއް ހޮވަން ކޯޗަށް އެއްވެސް ދަތިކަމެއް ނެތެވެ.

ކޯޗު އެންރީކޭ އާއި ކުޅުންތެރިން މި މެޗަށް ނުކުންނައިރު ލިބިފައިވާ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ މޮރޮކޯ އަތުން ސްޕެއިން ދުވަހަކު ވެސް ބަލިވެފައި ނުވާތީއެވެ. ނަމަވެސް ތާރީހަކީ އަބަދު އެއްގޮތަކަށް ކަންކަން ނިމިދިއުމަށް އޮތް މަގަކަށް ނުވާތީވެ ކޯޗު ވަނީ މިވިސްނުން އެއް ފަރާތްކޮށް މެޗާމެދު ވަރަށް ބޮޑަށް ސީރިއަސްވުމަށް ނަސޭހަތްތެރިވެފައެވެ.

ސްޕެއިން ޓީމަކީ ކުރު ޕާސް ޖަހައިގެން އިދިކޮޅު ޓީމަށް ބޯޅަ ނުދީ ކުޅެން މަސައްކަތް ކުރާ ބައެކެވެ. ބޭނުން އިރަކު ގޭމުގެ ސްޕީޑަށް ބަދަލު ގެނެސް އަމިއްލަ ކޮންޓްރޯލްގައި ބޯޅަ ބޭއްވުމަކީ އިދިކޮޅު ޓީމުތަކުން ސްޕެއިނާ ދެކޮޅަށް ކުޅެން އެންމެ ފޫހިވާ ސަބަބެވެ. މިހެންވެ މިރޭ ވެސް ސްޕެއިނުން ބަލާނީ އިދިކޮޅު ޓީމަށް ބޯޅަ ނުދިނުމަށެވެ. މޮރޮކޯ ފަދަ ޖިސްމާނީ ގޮތުން ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނައިރު ސްޕެއިނަށް ލިބިފައިވާ އެންމެ ބޮޑު އެޑްވާންޓޭޖަކީ ވެސް އެމީހުންގެ ހުނަރާއި ބޯޅަ ހިފަހައްޓައިގެން ކުޅެން ފަރިތަކަމެވެ. ނަމަވެސް މިއީ ނަތީޖާ ނުނެރެވިއްޖެނަމަ ކަތިވަޅި ގެއްލި، މަރިޔަނބު ވެސް ގެއްލި، ކޮށި ދަނޑު ވެސް ގެއްލިދާފަދަ މެޗެއްކަން ސްޕެއިނުގެ ކޯޗާއި ކުޅުންތެރިން ތިބީ ވަރަށް ފުންކޮށް ވިސްނައިގެންނެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ސްޕެއިންލުއިސް އެންރީކޭކުޅިވަރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
09 އޮކްޓޯބަރު 2025

އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

09 އޮކްޓޯބަރު 2025
އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި
23 ސެޕްޓެމްބަރު 2025

ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2025
ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި
18 ސެޕްޓެމްބަރު 2025

ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލަ ސްޕެއިން އިން ތަހުގީގު ކުރަނީ

18 ސެޕްޓެމްބަރު 2025
ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލަ ސްޕެއިން އިން ތަހުގީގު ކުރަނީ
17 ސެޕްޓެމްބަރު 2025

ޣައްޒާގެ އިންސާނީ ޙާލަތާ މެދު ސްޕެއިންގެ ރަސްގެފާނު ކަންބޮޑުވުން ފާޅު ކުރައްވައިފި

17 ސެޕްޓެމްބަރު 2025
ޣައްޒާގެ އިންސާނީ ޙާލަތާ މެދު ސްޕެއިންގެ ރަސްގެފާނު ކަންބޮޑުވުން ފާޅު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް