Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

3 ޕެނަލްޓީ މަތަކޮށް، ލިވަކޯވިޗް ކްރޮއޭޝިޔާ ސަލާމަތްކޮށްދީފި

ކްރޮއޭޝިޔާ މޮޅުވީ ޕެނަލްޓީ ޖަހައިގެން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2022 | ހޯމަ 18:07
ކްރޮއޭޝިޔާގެ ކީޕަރު ލިވަކޯވިޗް

ކްރޮއޭޝިޔާގެ ކީޕަރު ލިވަކޯވިޗް

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޖަޕާނާ ވާދަކުރި މެޗުގައި ތިން ޕެނަލްޓީ މަތަކޮށްގެން ކްރޮއޭޝިޔާގެ ކީޕަރު ޑޮމިނިކް ލިވަކޯވިޗް އެޓީމު ސަލާމަތްކޮށްދީފިއެވެ.

އަލްޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1ން އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ޖަޕާނަށް ލީޑު ނަގައިދިނީ ޑައިޒަން މައިޑާއެވެ. މިއީ މާޔާ ޔޯޝީޑާގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް ދެވަނަ ހާފުގައި ކްރޮއޭޝިޔާގެ އިވާން ޕެރިސިޗް ވަނީ ލަނޑެއް ޖަހައި އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެޓީމުގެ ނަތީޖާ އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުވެސް ނިމުނީ އިތުރު ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ޖަޕާނުގެ މައްޗަށް ކްރޮއޭޝިޔާ ކުރިހޯދީ 3-1ންނެވެ.

ފުރަތަމަ ޕެނަލްޓީ ޖެހީ ޖަޕާނުގެ ޓަކުމީ މިނަމީނޯއެވެ. ނަމަވެސް މި ޕެނަލްޓީ ވަނީ ކްރޮއޭޝިޔާގެ ކީޕަރު ލިވަކޯވިޗް މަތަކޮށްފައެވެ. އޭގެ ފަހުން ކްރޮއޭޝިޔާގެ ނިކޯލާ ވްލަސިޗްގެ ޕެނަލްޓީ ކާމިޔާބުކުރިއިރު، ޖަޕާނުގެ ކައޯރޫ މިޓޯމާގެ ޕެނަލްޓީވެސް ލިވަކޯވިޗް ވަނީ މަތަކޮށްފައެވެ. ޖެހިގެން އައި ކްރޮއޭޝިޔާގެ ޕެނަލްޓީ ކާމިޔާބުކުރީ މާސެލޯ ބްރޮޒޯވިޗްއެވެ. ޖަޕާނަށް ކާމިޔާބުވި ހަމައެކަނި ޕެނަލްޓީ ޖެހީ ޓަކޫމާ އަސާނޯއެވެ. ކްރޮއޭޝިޔާގެ ޕެނަލްޓީ ނާކާމިޔާބުވީ މާކޯ ލިވާޖާ އަތުންނެވެ. އެ ޕެނަލްޓީ މަތަކުރީ ޖަޕާނުގެ ކީޕަރު ގޮންޑާއެވެ. އޭގެ ފަހުން މާޔާ ޔޮޝީޑާ ފޮނުވާލި ޕެނަލްޓީވެސް ކްރޮއޭޝިޔާގެ ކީޕަރު ލިވަކޯވިޗް މަތަކޮށްފައިވާއިރު، ކްރޮއޭޝިޔާގެ ފަހު ޕެނަލްޓީ ކާމިޔާބުކޮށްދިނީ މާރިއޯ ޕަސަލިޗްއެވެ.

މި ނަތީޖާއާއެކު ކްރޮއޭޝިޔާ ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. ޖަޕާނަށް މިފަހަރުގެ މުބާރާތްވެސް ނިންމާލަން ޖެހުނީ ގަދަ 16އިންނެވެ. މިހާތަނަށް ގަދަ 16އަށްވުރެ ދުރަށް ޖަޕާނަށް ދަތުރުކުރެވިފައެއް ނުވެއެވެ. ކުއާޓަރ ފައިނަލުގައި ކްރޮއޭޝިޔާ ބައްދަލުކުރަން ޖެހޭނީ މިރޭ ދަންވަރު 12 ޖަހާއިރު ބްރެޒިލްއާއި ސައުތު ކޮރެއާ ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.

ޖަޕާންކްރޮއޭޝިއާފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު