Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދަރުމަވެރިންގެ ދުވަސް

ދަރުމައަށް މަސައްކަތް ކުރާ މީހުންގެ ދުވަސް

ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކޮށްދިނުމުގެ ރިވެތި، މަތިވެރި ސިފައަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މަތިވެރި ދިވެހި ސިފައެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2022 | ހޯމަ 12:12
ދަރުމަވެރިންތަކެއް ހަރަކާތްތެރިވަނީ

ދަރުމަވެރިންތަކެއް ހަރަކާތްތެރިވަނީ

މިއަދަކީ، ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ ދަރުމައަށް މަސައްކަތް ކުރާ މީހުންގެ ދުވަހެވެ. ނުވަތަ ވޮލަންޓިއަރުންގެ ދުވަހެވެ. މި ފަދަ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ، ކޮބައިތޯއެވެ. ދަރުމައަށް ކަންކަން ކުރުމަށް ހިތްވަރު ދިނުމާއި ދަރުމައަށް މަސައްކަތް ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމެވެ. އެކަމުގެ ރޫޙާއި ޝައުގުވެރިކަން އުފައްދައި މުޖުތަމައު ހޭލުންތެރި ކުރުމެވެ. މި ދެންނެވި ކަންކަން ކުރުމަކީ، ވަކި މީހަކަށް އޮތްކަމެއް ނޫނެވެ. އެކަމުގެ ޝައުގުވެރިކަން ހުރި ކޮންމެ މީހަކު ވެސް ކުރުން މުހިންމު ކަމެކެވެ. ސަބަބަކީ، މީހަކަށް ހެޔޮކަމަކަށް މަގު ދެއްކުމަކީ، ތިމާއަށް ވެސް އެ ހެޔޮކަމުން މިންވަރެއް ލިބޭނެ ކަމަކަށް ވާތީ އެވެ.

ތިމާގެ ހެޔޮކަމުގެ މީޒާން ބަރުކޮށްލުމުގެ ފުރުސަތަކަށް ވާތީ އެވެ. ދަރުމައަކީ، ހެޔޮކަމެވެ. ދަރުމަކީ، ސަވާބެވެ. ތިމާގެ ގާތް މީހަކަށް ނުވަތަ ތިމާގެ ރައްޓެއްސަކަށް ނުވަތަ ތިމާގެ ގައުމުގެ މީހަކަށް ނުވަތަ ތިމާފަދަ އެހެން އިންސާނަކަށް އޭނާގެ މުހުތާދެއް ފުއްދައިދީގެން ލިބޭނެ ހެޔޮ ކަމެކެވެ. ސަވާބެކެވެ. އަދި ކޮބައިތޯއެވެ؟ އިންސާނުން ނޫން މަޚުލޫގަކަށް ހެޔޮކަމެއް ކޮށްދިނަސް އެކަން ހާސިލު ކުރެވޭނެއެވެ. އެހެންކަމުން ދަރުމަ ހޯދުމުގެ ފުރުސަތު މިއޮތީ ވަރަށް ތަނަވަސްކަމާއެކު ފުޅާކޮށެވެ. ދަރުމައަށް މަސައްކަތް ކުރުމުގެ ފުރުސަތު ވެސް އޮތީ ހަމަ އެހެންނެވެ. ދިވެހީންނަކީ، އަބަދު ވެސް ދަރުމައަށް މަސައްކަތް ކުރުމުގައި ދީލަތި ބައެކެވެ.

ދިވެހީންގެ އިޖުތިމާއީ ތާރީޚު މިކަމަށް ހެކިވެއެވެ. ކަމަކު ޖެހިގެން އުޅޭ ކޮންމެ މީހަކަށް އޭނާގެ އަވަށްޓެރިން އެހީތެރިކަން ފޯރުވައިދެއެވެ. އެއް ގެއެއްގެ މީހުން އަނެއް ގެއެއްގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ އެހީތެރިވެދީފައި ވަނީ، އިންތިހާއަށެވެ. ބައެއް ފަހަރު އަމިއްލަ ކަމަކަށްވުރެ ވެސް ބޮޑަށެވެ. މިހާރު ވެސް އެ ރޫހު ނެތެއް ނޫނެވެ. ނަމަވެސް ޒަމާނުގެ ފުރޮޅުންތަކާއެކު ކަންކަން ކުރާގޮތް ތަފާތީއެވެ. މިހާރު ގެއެއްގެ ވަޅުދިޔަ ހިއްކަން ނުޖެހޭތީއެވެ. ފުރާޅުގައި ފަންގެލާން ނުޖެހޭތީއެވެ. މި ނޫން ވެސް މިފަދަ ގިނަ ކަންކަން އެދުވަހު ކުރަމުން އައި ގޮތާ ތަފާތީއެވެ.

ރަސްމީ ފެންވަރުގައި ވެސް މި ކަންކަން ހިނގާ ނޫން ތޯއެވެ؟ އެކަމަކު މިއަދު ދަރުމަހަނޑުލެއް، ދަރުމަކާޑެއް، ދެއްވާކަށް ނުޖެހެއެވެ. އެހެން ނަންނަމުގައި އެކަންކަން ވަރަށް ބާރަށް ހިނގަމުން އެހެރަ ދަނީއެވެ. އިސްރަށްވެހީންގެ އިނާތުގެ ގޮތުގައެވެ. އާސަންދައިގެ ނަމުގައެވެ. މި ނޫން ވެސް އެތައް ނަމެއްގައެވެ. ޒަމާނުގެ ތަފާތުތަކާއި މުހުތާދުތަކުގެ ފަހަތުންނެވެ. އެހެންކަމުން މިއަދުވެސް އެ ސަގާފަތް ދިވެހީން ދަނީ ދިރުވަމުންނެވެ. ކުރެވޭ ކަންކަމުގައި ތަފާތުތަކެއް ހުރި ނަމަވެސް، ކޮށްދެވެނީ އެއް ކަމެކެވެ. ދަރުމައަށް ކޮށްދެވޭ ކަމެކެވެ. ހިތުގެ ސިންދިތާއާއެކު ކޮށްދެވޭ ކަންކަމެވެ. އަދުގެ ތާރީފަށްވުރެ މާދަމާގެ ދަރުމައަށް އެދިއެދިއެވެ. ދަރުމައަށް ކަންކަން ކޮށްދީގެން ފާހަގަ ކުރެވޭ ފަރުދުންގެ ނަންތައް ފަށްފަށްވަމުން އިވެމުން ދެއެވެ.

ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކޮށްދިނުމުގެ ރިވެތި، މަތިވެރި ސިފައަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މަތިވެރި ދިވެހި ސިފައެކެވެ. މިމާތް މަތިވެރި ސިފައިން ޒީނަތްތެރިވުމަށް ޖީލުގެ ހުރިހާ ލޮބުވެތި ޒުވާނުން މަސައްކަތް ކުރަން ޖެހެއެވެ. ދަރުމަވެރިކަމުގެ ރޫހު ދިރުވައި އާލާކުރުމަށް ހުރިހާ އެންމެވެސް އެއްބައިވަންތަކަމާއި އެކު މަސައްކަތް ކުރުމަކީ ގައުމު އަމާން އައްސޭރިއަކަށް ވާސިލްވުމަށް މުހިންމުކަމެކެވެ. މުޖްތަމައުގެ އުފަލަށްޓަކައި ދަރުމަވެރިއްގެ ގޮތުގައި ކޮންމެ ދުވަހަކު އަމިއްލަ އެދުމުން އެއްކިބާވެ، އެހީތެރިކަން ބޭނުންވެފައިވާ ކޮންމެވެސް މީހަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުން އަމިއްލަ އުފަލެއްގެ ގޮތުގައި ހެދުމަކީ ވެސް މުހިންމުކަމެކެވެ.

ދުނިޔޭގެ ރެޑްކްރެސެންޓް ޖަމިއްޔާއާއެކު ގުޅިގެން މަސައްކަތް ކުރާއިރު އެންމެ ބޮޑު އިސްކަމެއްދެނީ ކަނޑައަޅާފައިވާ އަސާސްތަކާއި އެއްގޮތަށް މަސައްކަތް ކުރަން ކަމަށާއި، އެންމެ ބޮޑު ކާމިޔާބީ އެއް ގޮތުގައި ފާހަގަކުރެވިފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިމަޖެންސީ ރެސްޕޮންޑާސް ގާއިމްކުރެވުން ކަމަށް ދިވެހި ރެޑްކްރެސެންޓް އިން ފާހަގަ ކުރެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއާރްސީގެ 500 އަށްވުރެ ގިނަ ދަރުމަވެރިން ހަރަކާތްތެރިވެއެވެ.

ވޮލަންޓިއަރުން ނުވަތަ ދަރުމަވެރިންގެ މައި އިދާރާ ދިވެހި ރެޑްކްރެސެންޓް އުފައްދާފައިވަނީ 2009 ވަނަ އަހަރުއެވެ. އެ ޖަމްއިއްޔާ އަކީ ގުދުރަތީ ގޮތުން ދިމާވާ ހާދިސާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށާއި، ކާރިސާތަކުގެ ސަބަބުން އަސަރުކޮށްފައިވާ ފަރާތްތަކަށް ހިލޭ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެކެވެ.

އެހީތައް ފޯރުކޮށްދިނުމުގެ އިތުރުން އެ ޖަމްއިއްޔާއިން ދަނީ ދިމާވާ ކުއްލި ހާލަތްތަކުގައި އާއި އިމަޖެންސީ ގައި ދިމާވާ ކަންތައްތަކުގައި އަމަލު ކުރާނެ ގޮތުގެ ތަމްރީނުތައް މީހުންނަށް ފޯރުކޮށްދެމުންނެވެ.

މޯލްޑިވިއަން ރެޑް ކްރެސެންޓްވޮލެންޓިއަރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ރެޑް ކްރެސެންޓުން ފަލަސްތީނަށް އެހީވާން ހުޅުވާލި ފަންޑު ބަންދުކޮށްފި

ދިވެހި ރެޑް ކްރެސެންޓުން ފަލަސްތީނަށް އެހީވާން ހުޅުވާލި ފަންޑު ބަންދުކޮށްފި

14 ނޮވެމްބަރު 2023
ފަލަސްތީނަށް އެހީވާން އެމްޕީއެލުން ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފި

ފަލަސްތީނަށް އެހީވާން އެމްޕީއެލުން ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފި

31 އޮކްޓޯބަރު 2023
ފަލަސްތީނަށް އެހީވުމަށް، 26 އޮކްޓޯބަރުގެ ނިޔަލަށް ދިވެހި ރެޑްކްރެސެންޓުން އެކުލަވާލި ފަންޑަށް 1.6 މިލިއަން ރުފިޔާ ވަނީ ލިބިފައި

ފަލަސްތީނަށް އެހީވުމަށް، 26 އޮކްޓޯބަރުގެ ނިޔަލަށް ދިވެހި ރެޑްކްރެސެންޓުން އެކުލަވާލި ފަންޑަށް 1.6 މިލިއަން ރުފިޔާ ވަނީ ލިބިފައި

26 އޮކްޓޯބަރު 2023
"ރެޑްކްރެސެންޓުގެ ބެލުމުގެ ދަށުގައި، 13000ށްވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި އެބަ ތިބި"

"ރެޑްކްރެސެންޓުގެ ބެލުމުގެ ދަށުގައި، 13000ށްވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި އެބަ ތިބި"

26 އޮކްޓޯބަރު 2023
ބިންހެލުމުގައި ހިތް ކުދިކުދިވި މައުސޫމު ކުދިންގެ ޙައްޤުގައި ހީވަގި ވޮލަންޓިއަރުން އަވަދިނެތި!

ބިންހެލުމުގައި ހިތް ކުދިކުދިވި މައުސޫމު ކުދިންގެ ޙައްޤުގައި ހީވަގި ވޮލަންޓިއަރުން އަވަދިނެތި!

23 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު