Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނުކުޅެދުންތެރިކަން

ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ދައްކާ އިނާޔަތް ހޯދުމުގައި

5 ޑިސެމްބަރު 2022 | ހޯމަ 02:50

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ އެހީގެ ނާޖާއިޒް ފައިދާ އަދިވެސް ބައެއް މީހުން ނަގަމުންދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 ޑިސެމްބަރު 2022 | ހޯމަ 02:50
މީހެއް ވޮލެޓުން ފައިސާ ނަގަނީ

މީހެއް ވޮލެޓުން ފައިސާ ނަގަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ވާގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމުގައި ބަލަނީ ދިގު މުއްދަތުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ހިއްސުތަކުގެ ނޫނީ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހައި ހުރަސްތަކާހުރެ މުޖްތަމަޢުގެ އެހެން މީހުންނާ އެއްހަމައެއްގައި ބޭނުންތެރި ގޮތުގައި އެންމެ ފުރިހަމައަށް ބައިވެރިވެ ޙަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެންމީހުންނެކޭ އެއްފަދައިން ހުރިހާ ޙައްޤުތައް ލިބިދޭންވާނެއެވެ. އެ ޙައްޤުތައް ފޯރުކޮށްދިނުމުގައި ނަސްލަށް، ކުލައަށް، ޖިންސަށް، ބަހުރުވައަށް، ދީނަށް، ސިޔާސީ ނުވަތަ ސިޔާސީ ފިކުރަކަށް، ގައުމަށް ނުވަތަ ތަނަވަސްކަން ހުރިމިންވަރަށް ބަލައިގެންނުވާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެމީހުންގެ އިންސާނީ ކަރާމާތަށް އިޙްތިރާމް ކުރުމުގެ ޙައްޤު، އެ މީހުންނަށް ލިބިގެންވެއެވެ. ހަމައެހެންމެ، މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ލިބިގެންވެއެވެ.

ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުަވަސް ފާހަގަ ކުރުމުގެ ގޮތުން  ގޭބިސީގެ އާމްދަނީ އާއި ޙަރަދުކުރުން ހުރިގޮތުގެ  ސާރވޭ 2019އިން އާއްމުކުރެވިފައިވާ މައުލޫމާތު ދައްކާ ގޮތުން ދިވެހި އާބާދީގެ 9 އިންސައްތަ މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. ނުވަތަ އާބާދީގެ ކޮންމެ 10 މީހުންގެ ތެރެއިން އެކަކީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. ދިހަ އަހަރުން މަތީގެ ނުކުޅެދުންތެރިކަން ހުންނަ އާބާދީގެ 90 އިންސައްތަ މީހުން ދިވެހިބަހުން ލިޔަންކިޔަން ދަނެއެވެ. ނުކުޅެދުންތެރިކަން ހުންނަ އަންހެނުން ގިނައިން ކުރަނީ އަމިއްލަ މަސައްކަތްތެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނުންގެ ތެރެއިން ގިނައީ ވަޒީފާ އަދާކުރާ މީހުންނެވެ.

ޑިސެމްބަރު ތިންވަނަ ދުަވަހު ރާއްޖޭގައި މިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކޮށްފައެވެ. ހިތާމައަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ އެހީގެ ނާޖާއިޒް ފައިދާ އަދިވެސް ބައެއް މީހުން ނަގަމުންދާކަމެވެ. ބައެއް ފަރާތްތަކުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެހީ އަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތުގެ އާއިލާގެ އާމްދަނީ އެއްކަަމަށް ދެކެއެވެ. އަދި އަނެއްބައި ފަހަރު އެމީހާ އަކީ ނުކުޅެދުންތެރިކަން ނެތް މީހެއް ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ދައްކާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ ފައިސާ ސަރުކާރުން ހޯދަމުން ދެއެވެ. 

ރާއްޖޭގެ ރަށެއްގައި ހިނގައި ދިޔަ ކަމެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެފަދަ މީހުން އެއްތަންކޮށް ފޮޓޯ ނެގުމަށް ކަމާއި ގުޅޭ މުއައްސަސާތަކުން މަސައްކަތް ކުރިއެވެ. އެގޮތުން ލިސްޓުގައި ތިބި އެންމެންނަށް ވެސް ދައުވަތު ދިނެވެ. ލިސްޓުގައި ނުކުޅެދުންތެރިއެއްކަމަށް ހެދިގެން ހުރި މީހަކު ވެސް ހުއްޓެވެ. އެމީހާ އަންނަނީ ކޮންމެ މަހަކު ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތްތައް ހޯދަމުންނެވެ. 

ނުކުޅެދޭ ސަބަބެއް ކަމަށް ދެއްކީ ކަންފަތް ބީރުވުމެވެ. މި މީހާ ހެދި ދޮގު ފަޅާ އަރާފާނެތީ ފޮޓޯ ނަގާކަށް ވެސް ނުދިޔައެވެ. އެމީހާ އިނީ ފިލައެވެ. މިފަދައިން އޮޅުވާލައިގެން ފައިސާ ހޯދަމުންދާއިރު މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރެވޭ ބޭއިންސާފެކެވެ. އެމީހުންނަށް މިހާރުވެސް ލިބޭ އިނާޔަތްތައް ކުޑަވެގެން އެކަން ސަރުކާރަށް ވެސް ވަނީ ހުށަހަޅާފައެވެ. ތިމާ ގައިގައި ނެތްކަމެއް ހުރިކަމަށް ދަައްކާ މިގޮތަށް ފައިސާ ހޯދުމަކީ ވަރަށް ގޯސް އަމަލެކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2023

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރަނީ

06 ފެބުރުއަރީ 2023
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރަނީ
05 ޑިސެމްބަރު 2022

ބީއެމްއެލްއިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކޮށްފި

05 ޑިސެމްބަރު 2022
ބީއެމްއެލްއިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކޮށްފި
02 ސެޕްޓެމްބަރު 2017

ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

02 ސެޕްޓެމްބަރު 2017
ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!
06 އޯގަސްޓު 2017

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!
29 މެއި 2017

ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!

29 މެއި 2017
ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!
23 އެޕްރީލު 2017

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....
26 މާރިޗު 2017

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

26 މާރިޗު 2017
!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް