Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަލިފާން ފަރުބަދަ ގޮވުން

އިންޑޮނީޝިޔާގެ މައުންޓް ސެމޭރޫ އަލިފާން ފަރުބަދަ ގޮވައި، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އިންޑޮނީޝިޔާ އޮންނަ ސަރަހައްދުގެ ސަބަބުން، ބިންހެލުން އައުމާއި އަލިފާން ފަރުބަދަ ގޮވުމަކީ އެގައުމުގައި އާންމު ކަމެއް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2022 | އާދީއްތަ 13:18
އިންޑޮނީޝިޔާގެ އަލިފާން ފަރުބަދަ ގޮވަނީ

އިންޑޮނީޝިޔާގެ އަލިފާން ފަރުބަދަ ގޮވަނީ

އިންޑޮނީޝިޔާގެ މައި ޖަޒީރާ ކަމަށްވާ ޖާވާގައި ހުންނަ އެންމެ ބޮޑު އަލިފާން ފަރުބަދަ މައުންޓް ސެމޭރޫ ގޮވުމުގެ ސަބަބުން, ފަރުބަދައާ ކައިރި ބޮޑު ސަރަހައްދެއްގައި އަޅިއާއި ދުމުގެ ތޫފާނެއް އުފެދިއްޖެއެވެ. އަދި ފައިބަމުންދާ ބޯ އަޅިއާއި ދުމުގެ ސަބަބުން އެހިސާބުގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ބައެއް ޚަބަރުތައް ބުނާގޮތުން، ފަރުބަދަ ގޮވުމާއެކު ދިމާވި ބައެއް ހާދިސާތަކުގައި 13 މީހުން މަރުވެފައިވެއެވެ. އަދި އިތުރު އެތައް ބަޔަކަށް ގެއްލުންތައް ލިބިގެން ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

މި ހާދިސާގެ ތަފްސީލް ދެމުން އެގައުމުގެ ނޭޝަނަލް ޑިޒާސްޓަރ މީޓިގޭޝަން އޭޖެންސީން ބުނީ، ބާރަހާސް ފޫޓޫ އުސް އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ދިޔާ އަލިފާނާއެކު އަޅި ފައިބަމުން ދާކަމުގައެވެ. އަދި ދުމާއި އަޅިން ވަރަށް ބޮޑަށް ޖައްވު ނުސާފުވެފައި ވުމާއެކު ފްލައިޓްތައްވެސް ވަނީ ކެންސަލްކޮށްފައެވެ. 

މައުންޓް ސެމޭރޫއިން އަދިވެސް އަޅިއާއި ދުން އަރަމުން ދިއުމާއެކު އެހިސާބުގައި ދިރިއުޅެމުން އައި މީހުން މިހާރު ވަނީ ދުރު، ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. އަދި ފަރުބަދައާ 8 ކިލޯމީޓަރަށްވުރެ ކައިރިއަށް ނުދިއުމަށް ދަނީ އަންގަމުންނެވެ.

މައުންޓް ސެމޭރޫ ގޮވާފައިވަނީ ރޭ ދަންވަރު އެގައުމުގެ ގަޑިން ދެގަޑި ސާޅީސް ފަހެއްހާއިރުއެވެ. އެއާއެކު އަވަށްޓެރި ޖަޕާނުން ވަނީ ސުނާމީގެ އިންޒާރެއް ނެރެފައެވެ.

އިންޑޮނީޝިޔާ އޮންނަ ސަރަހައްދުގެގޮތުން ބިންހެލުން އައުމާއި އަލިފާން ފަރުބަދަ ގޮވުމަކީ އެގައުމުގައި އާންމު ކަމެކެވެ. މައުންޓް ސެމޭރޫއަކީ އެގައުމުގައި ހުރި އެންމެ އުސް އަދި އެންމެ ބޮޑު އަލިފާންފަރުބަދަ ކަމަށް ވާއިރު އެންމެ އާންމުކޮން ގޮވަނީ ވެސް މި ފަރުބަދަ ކަމަށް ވެއެވެ. މި ފަރުބަދަ އެންމެ ފަހުން ގޮވާފައި ވަނީ މީގެ އެއް އަހަރު ކުރިންނެވެ. އެފަހަރު ފަންސާސް މީހުން މަރުވެ މަގުތައް އަޅިން ފުރިފައިވެއެވެ.

އިންޑޮނީޝިޔާއަށް މިދިޔަ މަހު ބިންހެލުމެއްވެސް އައިސް 300ށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

އިންޑޮނޭޝިޔާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

01 ޑިސެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު