Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނަޗްބަލިޔޭ 8

"ނަޗްބަލިޔޭ 8" ދިވިއަންކާ އާއި ވިވެކްގެ ޖޯޑަށް

26 ޖޫން 2017 | ހޯމަ 06:05

ދިވިއަންކާ އާއި ވިވެކް މި ޝޯ ކާމިޔާބު ކުރުމާއެކު އެދެމީހުންނަށް 35 ލައްކަ އިންޑިއަން ރުޕީސް ވަނީ ލިބިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 26 ޖޫން 2017 | ހޯމަ 06:05
ދިވިއަންކާ ތްރިޕަތީ އާއި ވިވެކް ދަހިޔާ

ދިވިއަންކާ ތްރިޕަތީ އާއި ވިވެކް ދަހިޔާ

ދިވިއަންކާ ތްރިޕަތީ އާއި ވިވެކް ދަހިޔާ "ނަޗްބަލިޔޭ 8" ކާމިޔާބުކޮށްފިއެވެ.

އާދީއްތަ ދުވަހު ސްޓާޕްލަސްއިން ދެއްކި "ނަޗްބަލިޔޭ 8" ގެ ފައިނަލް ޝޯގައި ދިވިއަންކާ އާއި ވިވެކް އެ ޝޯ ކާމިޔާބު ކުރީ ސަނާޔާ އިރާނީ އާއި މޯހިތު ސޭގަލް އާއި އަބީގައިލް ޕަންޑޭ އާއި ސަނަމް ޖޯހަރާ ވާދަކޮށްގެންނެވެ.

ދިވިއަންކާ އާއި ވިވެކް މި ޝޯ ކާމިޔާބު ކުރުމާ އެކު އެދެމީހުންނަށް 35 ލައްކަ އިންޑިއަން ރުޕީސް ވަނީ ލިބިފައެވެ.

ދިވިއަންކާއަކީ ސްޓާ ޕްލަސްގެ ޑްރާމާ ސީރީޒް "ޔޭ ހޭ މުހައްބަތެއިން" ގެ އިޝީތާ ގެ ބައިކުޅޭ ތަރިއެވެ. މިދިޔަ ޖުލައި މަހު ކައިވެނިކޮށްފައިވާ ދިވިޔަންކާ އާއި ވިވެކް ބައްދަލުވެ ގުޅުން އުފެދިފައި ވަނީ "ޔޭ ހޭ މުހައްބަތެއިން" އިންގެ ޝޫޓިންގެ ތެރެއިންނެވެ. އެ ސީރީޒްގައި ވިވެކް ކުޅެނީ ފުލުހުންގެ އޮފިސަރެއްގެ ބައެވެ.

ދިވިއަންކާ އާއި ވިވެކް ވެފައި ވަނީ ޓީވީ ޝޯތަކުގެ އެންމެ ލޯބި އެއް ޖޯޑަށެވެ. "ނަޗްބަލިޔޭ 8" ފެށުމުގެ ރިހާސަލްގެ ތެރެއިން ދިވިއަންކާ އަށް ވަނީ އަނިޔާވެ އެ ޝޯއާ ކުޑަ ދުވަސްކޮޅަކަށް ދުރަށް ދާންޖެހިފައެވެ. އޭނާއަކީ ކުރިންވެސް ބުރަކަށީގެ މައްސަލަތައް ހުންނަ މީހެއް ކަމަށް ވެއެވެ. އޭނާގެ މައިބަދައިގެ ޑިސްކެއް މީގެ ކުރިން ދުރުވެފައިވާ ކަމަށް ވެއެވެ. އަދި "ޔޭ ހޭ މުހައްބަތެއިން"ގެ ޝޫޓިންގެ ތެރެއިން އޭނާގެ ފައި ބިނދިފައި ވެއެވެ.

އެހެން ނަމަވެސް އެނބުރި އައިސް އޭނާ ވަނީ މޮޅު ހުނަރު ސްޓޭޖްމަތިން ދައްކާލާފައެވެ. އަނެއްކޮޅުން ދިވިއަންކާގެ ފިރިމީހާ ވިވެކް ގެ ފޭނުން ވެސް އަނެއް ދެ ޖޯޑަށްވުރެ އިތުރެވެ.

އެހެންކަމުން ފޭނުންގެ ވޯޓު ލިބުމުގައި މާބޮޑު ދައްޗެއް އެ ދެ މީހުންނަށް ކުރިމައްޗެއް ނުވިއެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ނަޗްބަލިޔޭ 8" ގެ ޝޯ ސްޓާޕްލަސްއިން ދައްކަން ފަށާފައި ވަނީ މިމަހުގެ 2 ވަނަ ދުވަހު ގައެވެ. މި ޝޯގައި ޖަޖުންގެ ގޮތުގައި ފެނިގެން ދަނީ ބޮލީވުޑް އެކްޓްރެސް ސޯނާކްޝީ ސިންހާ އާއި ކޮރިއޯގްރާފަރ ޓެރެންސް ލެވިސް އަދި ޑައިރެކްޓަރ މޯހިތު ސޫރީއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!
14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
31 ޖެނުއަރީ 2017

"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ

31 ޖެނުއަރީ 2017
"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ
07 ޖެނުއަރީ 2017

އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި

07 ޖެނުއަރީ 2017
އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް