Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާ ކޮވިޑް ކޮންޓްރޯލް ޕޮލިސީ

ކޮވިޑް ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކަށް ޗައިނާ އިން ލުއި ދީފި

ޗައިނާ އިން މިހާރު ދަނީ ބައްޔަށް ޓެސްޓު ކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކަށް ވެސް ލުއިދޭން މަސައްކަތް ކުރަމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2022 | އާދީއްތަ 02:00
ޗައިނާގެ ރައްޔިތުން މުޒާހަރާ ކުރުން

ޗައިނާގެ ރައްޔިތުން މުޒާހަރާ ކުރުން

ކޮވިޑާއި ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކަށް ޗައިނާ އިން ލުއި ދޭން ފަށައިފިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާގެ ވެރިރަށް ބެއިޖިންގްގެ އިތުރުން ބޮޑެތި އެހެން ރަށްތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ވަނީ ދީފައެވެ. ޗައިނާ އިން މިހާރު ދަނީ ބައްޔަށް ޓެސްޓު ކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކަށް ވެސް ލުއިދޭން މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ބަލި ޖެހިފައިވާ މީހަކާ އެއްތަން ވެފައިވާ މީހުންނަށް އަމިއްލަ ގޭގައި ކަރަންޓީނު ކުރުމުގެ ފުރުޞަތު ދިނުން ވެސް ހިމެނެއެވެ. މީގެ ކުރިން އެ ފަދަ މީހުން ކަރަންޓީނު ކުރަނީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި ތަންތަނެއްގައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ޗައިނާއިން ގެންގުޅޭ "ޒީރޯ ކޮވިޑް" ސިޔާސަތުގެ ދަށުން ޗައިނާގެ ސަރުކާރުން ދަނީ ކޮވިޑް ބަލީގެ ކޭސްއެއް ފެންނަ ކޮންމެ ސަރަޙައްދެއް އަދި ރަށެއް ފުރަބަންދު ކުރަމުންނެވެ. އަދި، އެ ތަނެއްގެ ހުރިހާ ރައްޔިތުން ޓެސްޓު ކުރުމުގެ އިތުރުން ހަރުކަށި ފިޔަވަޅުތަކެއް އަޅައެވެ.

ފިޔަވަޅުތަކަށް ލުއިދޭން ނިންމުމުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވަނީ ޗައިނާއަށް މަރުޙަބާ ކިޔާފައެވެ. ނަމަވެސް، އެ ޖަމުޢިއްޔާއިން ވަނީ ފިޔަވަޅުތަކަށް ލުއި ދިނުމުގައި މެދުމިދުގެ ސިޔާސަތުތަކެއް އިސް ކުރުމަށް އެދިފައެވެ.

ޗައިނާ ސަރުކާރުން ފިޔަވަޅުތަކަށް ލުއި ދީފައިމިވަނީ ޝީންޖިއާންގް ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެޕާޓްމަންޓްތަކެއްގައި ބަޔަކު ތާށިވެގެން މަރުވުމާއި ގުޅިގެން ޗައިނާގެ ރައްޔިތުން މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިހާރު ޗައިނާގައި ކުރިއަށް ދާ މުޒާހަރާތަކަކީ މީގެ އެތައް އަހަރެއް ކުރިން ޓިއަނަމަން ސްކޮއަރގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ ލޭ އޮހުރުވުން ބޮޑު މުޒާހަރާތަކަށް ފަހު، ސަރުކާރާ ދެކޮޅަށް ހިންގާ އެންމެ ވަރުގަދަ މުޒާހަރާތައް ކަމަށް މައުލޫމާތު ލިބެއެވެ. 

ޗައިނާކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު