Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

އޮސްޓްރޭލިޔާއަށް އޮތް އިމްތިހާނަކީވެސް، ބިރަކީވެސް މެސީ!

ކޮންމެ މީހަކީވެސް އިންސާނަކަށްވާތީ، މެސީ ނުހުއްޓުވި ނުދާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޑިސެމްބަރު 2022 | ހޮނިހިރު 17:12
އޮސްޓްރޭލިޔާއާއި ޑެންމާކު ކުޅުނު މެޗުގެ ތެރެއިން

އޮސްޓްރޭލިޔާއާއި ޑެންމާކު ކުޅުނު މެޗުގެ ތެރެއިން

ގިނަ ބަޔަކަށް އޮސްޓްރޭލިޔާ ފާހަގަވެފައިވަނީ ގުދުރަތީ ރީތިކަމާއި ހަނަފަސް ބިން ގިނަ ގައުމެއްގެ ގޮތުގައެވެ. ދުނިޔޭގެ ހަވަނައަށް އެންމެ ބޮޑު ގައުމަކީވެސް އެއީއެވެ. މި ޒަމާނުގެ ކުރިއެރުމާއި ތައުލީމާއި ސިއްހަތާއި ދިރިއުޅުމުގެ ވަސީލަތްތަކުގެގޮތުން އިންސާނުން އުޅެން އެންމެ ކަމުދާ އެއް ތަނަކީވެސް އޮސްޓްރޭލިޔާ ކަމަށް ދުނިޔޭގެ މުފައްކިރުން ބުނެއުޅެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ވަރަށް ގިނަ ބަޔަކު އޮސްޓްރޭލިޔާއަށް ހިޖުރަކުރިއެވެ. މިއާއެކު މަސްހުނިވެފައިވާ ސަގާފަތެއް އެންމެ ރަނގަޅަށް ފެންނާންއޮތް ގައުމަކީވެސް އެއީއެވެ.

މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ނޮކްއައުޓް ބުރުގައި އޮސްޓްރޭލިޔާއަށް ޖެހުނީ އެމީހުން އެންމެ ބޭނުންވާ، ނުވާ ކަންތަކާ ކުރިމަތިލުމަށެވެ. އެއީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ލިޔޮނަލް މެސީ ހުރި އާޖެންޓީނާއާ ކުރިމަތިލާށެވެ. މިއީ ވަރުގަދަ އިމްތިހާނެއް ނަމަވެސް އޮސްޓްރޭލިޔާގެ ކުޅުންތެރިން ތިބީ އެމީހުންގެ ޝަރަފާއި ވަތަނަށްޓަކައި މެޗުން މޮޅުވާން އަޒުމް ކަނޑައަޅައިގެންނެވެ. ޑިފެންޑަރު ހެރީ ސޫޓާ ބުނީ މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށާއި، ނަމަވެސް އެމީހުންނަކީވެސް އިންސާނުން ކަމަށެވެ. އަދި މެޗުގައި ކުޅެނީ އެންމެ 11 ކުޅުންތެރިން ކަމަށާއި ކޮންމެ މީހަކީވެސް އިންސާނަކަށްވާތީ، މެސީ ނުހުއްޓުވި ނުދާނެކަމަށެވެ. އޭނާ ބުނީ މެސީއަކީ އޮސްޓްރޭލިޔާގެ ކުޅުންތެރިންގެ މެދުގައިވެސް ވަރަށް މަގުބޫލު ކުޅުންތެރިއެއް ކަމަށާއި ނަމަވެސް މެޗުގައި އޭނާއަކީވެސް އެންމެ މީހެއް ކަމަށް ވިސްނަން ހުރިހާ ކުޅުންތެރިންނަށްވެސް އިރުޝާދު ދީފައިވާނެ ކަމަށެވެ.

މި ފަހަރުގެ ވޯލްޑްކަޕަކީ އޮސްޓްރޭލިޔާ 2006ގެ ފަހުން ވޯލްޑް ކަޕުގެ ދެ ވަނަ ބުރުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އިޓަލީ އަތުން ފަހު ވަގުތު ބަލިވެ، އެފަހަރު މުބާރާތުން ކެޓި ހަނދާން މިއަދުގެ ޓީމުގެ ގިނަ ކުޅުންތެރިން ހަނދާނުގައި ހުރީ ކުޑަކުދިންގެ ގޮތުގައެވެ. މިހެންވެ އާޖެންޓީނާ އަތުން އެފަދަ ގޮތަކަށް ބަލިނުވާން އޮސްޓްރޭލިޔާގެ ކުޅުންތެރިންނަށް ވަނީ ވަރަށް ބޮޑަށް ވިސްނައިދީފައެވެ.

ކޯޗު ގްރެހަމް އާނޯލްޑް ބުނީ ފުރަތަމަ މެޗަށް ފަހު އޭނާއާއި ޓީމުގެ ކުޅުންތެރިންނަށް އަމާޒުވި ފާޑުކިއުންތައް މިހާރު މައިތިރިވެއްޖެ ކަމަށާއި، ސަޕޯޓަރުން މިހާރު ތިބީ އޮސްޓްރޭލިޔާ ކާމިޔާބު ހޯދާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކުގައި ކަމަށެވެ. ނަމަވެސް އާޖެންޓީނާއަކީ ބްރެޒިލް ނަގާފައި އެންމެ ވަރުގަދަ ގައުމު ކަމަށް ވުމުން، އެމީހުން ބަލިކުރެވޭނީ 90 މިނިޓްގައި އެއްވާނެއްގައި ހިތްވަރު އެކުވާނުލައި ކުޅެގެންކަމަށެވެ.

ކޯޗުކަމާ އާނޯލްޑް ހަވާލުވުމަށްފަހު އޮސްޓްރޭލިޔާ ވަނީ މައިގަނޑުގޮތެއްގައި ދެ ގޮތަކަށް ކުޅެން ފަރިތަކޮށްފައެވެ. އެއީ 4-2-3-1އާއި 4-3-3 ފޯމޭޝަނަށެވެ. މީގެ ތެރެއިން 4-3-3އަކީ ހުރިޙާ ކުޅުންތެރިން ފިޓްކޮށް ތިބެގެން މެޗު ކުޅެން ޖެހިއްޖެނަމަ ކޯޗުގެ ފޭވަރިޓް ފޯމޭޝަނެވެ. އެކަމަކު އެންމެ ބޮޑަށް އުފެދޭ ސުވާލަކީ ދެ ސެންޓަރބެކުންގެ ފޯރމް ފަހަކަށް އައިސް މާބޮޑަށް ދަށްވެފައިވުމެވެ. 

މިއަހަރުގެ ވޯލްޑް ކަޕަކީ އޮސްޓްރޭލިއާއިން ބައިވެރިވާނެ ހަވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން އެ ގައުމު ވަނީ 1974، 2006، 2010. 2014، 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްތަކުގައިވެސް ވާދަކޮށްފައެވެ. ކޮންމެ އަހަރަކުވެސް އޮސްޓްރޭލިއާއަށް މުބާރާތް ނިންމާލަން ޖެހިފައިވަނީ ގްރޫޕް ސްޓޭޖުން ނުވަތަ ގަދަ 16ންނެވެ.

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2017

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް

19 ނޮވެމްބަރު 2017
ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް
06 އޮކްޓޯބަރު 2017

ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟

06 އޮކްޓޯބަރު 2017
ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟
10 ސެޕްޓެމްބަރު 2017

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ
03 ސެޕްޓެމްބަރު 2017

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟
22 އޯގަސްޓު 2017

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.
31 ޖުލައި 2017

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟
28 ޖުލައި 2017

އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!

28 ޖުލައި 2017
އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!
05 ޖޫން 2017

ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

05 ޖޫން 2017
 ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!
31 މެއި 2017

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު