Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

މުޅި އާޖެންޓީނާއާއި ސަޕޯޓަރުންގެ އުއްމީދު މެސީއާއެކު

އޮސްޓްރޭލިޔާއާ ދެކޮޅަށް ނުކުންނަ މެޗަކީ އާޖެންޓީނާގެ ކެޕްޓަން ލިޔޮނަލް މެސީގެ 1000 ވަނަ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2022 | ހޮނިހިރު 13:53
އާޖެންޓީނާގެ ކެޕްޓަން މެސީ

އާޖެންޓީނާގެ ކެޕްޓަން މެސީ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އޮސްޓްރޭލިޔާއާ ދެކޮޅަށް ނުކުންނަ މެޗަކީ އާޖެންޓީނާގެ ކެޕްޓަން ލިޔޮނަލް މެސީގެ 1000 ވަނަ މެޗެވެ. މި ތާރީޚީ މެޗުން ބަލިވެއްޖެނަމަ، ތަށި އުފުލާލުމުގެ ހުވަފެނުގައި ކުލަނުޖެހި މެސީއަށް ވޯލްޑްކަޕް ނިމިގެންދާނީ ކަޅާއި ހުދުގެ ނިމުމަކުންނެވެ. މިހެންވެ އާޖެންޓީނާގެ ޓީމު އޮތީ މި މެޗު ކާމިޔާބުކުރުމަށް ވަރަށް ބޮޑަށް ކަމަރު ބަނދެގެންނެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޓީމު ދެއްކި ހިތްވަރާއެކު ކޯޗު ލަޔޮނަލް ސްކްލޯނީވެސް މާގިނަ ޝަކުވާތަކެއް ކުރާކަށް ބޭނުމެއްނުވިއެވެ.

އޮސްޓްރޭލިޔާއާ ދެކޮޅަށް ނުކުންނައިރު ދެ މެޗު ދޭތެރޭގައި އަރާމުކޮށްލަން ދެ ގައުމަށް ލިބިފައިވަނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. ސްކްލޯނީ ބުނީ އަރާމުކޮށްލަން ފުރިހަމަ 48 ގަޑިއިރު ނުލިބުމަކީ ޓީމަށް ކުރިމަތިވާނެ ދަތިތަކެއް ނަމަވެސް، އޭނާގެ ޓީމު އޮތީ މެޗަށް ކޮންސަންޓްރޭޓް ކޮށްގެން ކަމަށެވެ.

ޕޮލެންޑް މެޗުގައި އަނިޔާގެ ސަބަބުން ބާލަން ޖެހުނު އެންހެލް ޑިމާރިއާއަށް މިރޭގެ މެޗުގައި ކުޅެވޭނެކަމުގެ އެއްވެސް ޔަގީންކަމެއްނެތެވެ. އޭނާގެ މަގާމު ފުރުމަށް ޓީމަށް ބަދަލު ގެންނަންޖެހިއްޖެނަމަ ސްކްލޯނީ އެނބުރިގަތުން ގާތީ، ތިން ފޯވަޑުންނާ ދިމާއަށެވެ. ޕޮލެންޑް މެޗުގައި ސްޓާޓްކުރުވި ފޯވާޑް ހޫލިއަން އަލްވަރޭޒް ގޯލެއް ޖަހާފައިވުމުން އޭނާއާމެދު އިތުބާރު ބޮޑެވެ. އެ މެޗުގައި ބެންޗުގައި ބޭންދި ލައުޓާރޯ މާޓިނޭޒްއާއި މެސީއާ ދެކުޅުންތެރިންނަކީ ވަރަށް ކޮމްބިނޭޝަން ރަނގަޅު ދެ ކުޅުންތެރިންނެވެ. މިހެންވެ މި މެޗުގައި މި ތިން ފޯވަޑުންގެ ޕާޓްނަރޝިޕަށް ކޯޗު ދިޔައީ ވަރަށް ބޮޑަށް ވިސްނަމުންނެވެ.

އާޖެންޓީނާއިން ބަލިނުވެ 36 މެޗު ކުޅުނު ފަހުން އެމީހުން ބަލިވި ފުރަތަމަ މެޗަކީ މި ފަހަރުގެ ވޯލްޑް ކަޕުގެ ފުރަތަމަ މެޗެވެ. ސައޫދީ އަރަބިއްޔާ އަތުން ހައިރާން ކުރުވަނިވި ގޮތަކަށް ބަލިވުމާއެކު އާޖެންޓީނާ ވަނީ ކުޅުން ރަނގަޅުކޮށް، އެމީހުންނަކީ ޕްރެޝަރުގައިވެސް ކާމިޔާބު ހޯދޭނެ ޓީމެއްކަން ސާބިތުކޮށްދީފައެވެ. ނަމަވެސް ގިނަ ބަޔަކު ދެކޭގޮތުގައި މި ފަހަރުގެ ވޯލްޑްކަޕުގައި އާޖެންޓީނާއަށް ދިމާވި އެންމެ ރަނގަޅު ކަމަކީ ގްރޫޕުގެ ފަހު މެޗުގައި ޕޮލެންޑާ ދެކޮޅަށް ކުޅެންޖެހުމެވެ. ސަބަބަކީ ޕޮލެންޑު ގްރޫޕް ސްޓޭޖުގައި ކުޅުނު ކޮންމެ މެޗަކީވެސް މާބޮޑު ވާދަވެރިކަމަކާއި ރޫހެއްނެތި ކުޅެފައިވާ މެޗުތަކަކަކަށްވެފައި، ޓީމުގައި މާބޮޑު ވަރުގަދަކަމެއް ނެތުމުގެ ސަބަބުންނެވެ.

ނަމަވެސް އާޖެންޓީނާގެ ކޯޗު ސްކޮލޯނީ ބުނީ އޭނާގެ ޓީމުން އޮސްޓްރޭލިޔާ ވެސް އަދި އެހެން އެއްވެސް ޓީމަކީ ދަށް ޓީމެއް ކަމަށް ނުބަލާނެ ކަމަށެވެ. މިއަށްވުރެ ބޮޑަށް އޭނާގެ ޓީމުން ބަލާނީ އަމިއްލަ ގޭމް ކުޅެ މޮޅުވާން ކަމަށާއި، އާޖެންޓީނާއިން މެޗުތަކުގައި ފަހަތަށް ޖެހިގެން ނުކުޅޭނެ ކަމަށެވެ. ޓީމުގެ އެންމެ ވަރުގަދަ ޑިޕާޓްމަންޓަކީ ފޯވަޑްލައިން ކަމަށާއި، އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ކޯޗު ވަނީ ބުނެފައެވެ.

މި މެޗަށް ނުކުންނައިރު މެސީ ހުރީ މުޅިން ފިޓްކޮށެވެ. އޭނާގެ 1000 މެޗުގެ ތެރެއިން ގައުމީ ޓީމަށް ކުޅެފައިވަނީ 168 މެޗެވެ. އަދި ބާސެލޯނާއަށް 520 މެޗު، އަދި ފްރާންސްގެ ޕީއެސްޖީއަށް 39 މެޗެވެ. ބާކީ ހުރި މެޗުތަކަކީ ބާސެލޯނާގެ ޔޫތު ޓީމާއި އުމުރުފުރާތަކުގެ އިންޓަރނޭޝަލް މެޗުތަކެވެ. މެސީ ބުނީ ވޯލްޑްކަޕް އުފުލާލުމަކީ އޭނާގެ ކުރިމަތީގައި އޮތް އެންމެ މުހިންމު ކަންތައް ކަމަށާއި ޓީމުގައި ތަށި ހޯދޭނެ ފެންވަރު ހުރިކަން މުޅި ދުނިޔެވެސް ގަބޫލުކުރާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންގ ސަން ސޫކީގެ ވާހަކަ: މިޔަންމާގެ އުއްމީދު، ބަދަލުވީ ޑިކްޓޭޓަރަކަށް؟

އަންގ ސަން ސޫކީގެ ވާހަކަ: މިޔަންމާގެ އުއްމީދު، ބަދަލުވީ ޑިކްޓޭޓަރަކަށް؟

05 ސެޕްޓެމްބަރު 2017
މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު