Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޕީގެ ރިޔާސީ ޕްރައިމަރީ

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރިޔާސީ ޕްރައިމަރީ އަށް ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހުގެ 2 ޖެހުމާ ހަމައަށް އެފުރުސަތު ވަނީ ހުޅުވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ޑިސެމްބަރު 2022 | ހޮނިހިރު 01:34
އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެކަމާއި ގުޅިގެން އެޕާޓީން ބުނީ އެމްއެންޕީގެ އަސާސީ ޤަވައިދުގެ 36 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މި ޕާޓީ ގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާކަމަށެވެ. ރިޔާސީ ޕްރައިމަރީ އަށް ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހުގެ 2 ޖެހުމާ ހަމައަށް އެފުރުސަތު ވަނީ ހުޅުވާލާފައެވެ.

Advertisement - newsAdvertisement

ޕްރައިމަރީއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެމްއެންޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ ފޯމާއި، ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ޑިސެމްބަރ 14 ވާ ބުދަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ޕާޓީގެ އޮފީހަށް ހުށަހެޅުމަށް ނުވަތަ އީމެއިލް ކުރުމަށް އެޕާޓީން ވަނީ އެދިފައެވެ.

އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުން ނިންމާފައިވަނީ 14 ޖެނުއަރީގައި ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށެވެ.

އެ ކަމަށް އަދި މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު