Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާގެ ރެމިޓަންސް

ރެމިޓަންސްގެ ގޮތުގައި މިއަހަރު އިންޑިޔާއަށް 100 ބިލިއަން ޑޮލަރު ވަންނާނެ

އިންޑިޔާގެ މިއަހަރުގެ ރެމިޓަންސް ޖުމްލަ އަކީ ރިކޯޑު އަދަދެއް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 3 ޑިސެމްބަރު 2022 | ހޮނިހިރު 02:31
އިންޑިޔާ ފައިސާ

އިންޑިޔާ ފައިސާ

ގައުމުން ބޭރުގަ މަސައްކަތް ކުރާ އިންޑިޔާގެ ރައްޔިތުން ރަށަށް ފޮނުވާ ފައިސާގެ ޖުމްލަ, މިއަހަރު ނިމެންވާއިރަށް ސަތޭކަ ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަރލްޑް ބޭންކުގެ ރިޕޯޓެއްގައި ބުނެފިއެވެ. މިއާއެކު އިންޑިޔާ ވެގެން ގޮސްފައި މިވަނީ މިހާ މައްޗަށް ރެމިޓަންސް އެރި ފުރަތަމަ ގައުމަށެވެ.

ވަރލްޑް ބޭންކުގެ ރިޕޯޓު ބުނާ ގޮތުން ބޭރުގެ މަސައްކަތްތެރިންނަށް ލިބޭ އެއްޗެއް އިތުރުވެގެން ގޮސްފައިވަނީ އެމެރިކާ އާއި އެހެން ވެސް ތަރައްގީވެފައިވާ ގައުމުތަކުގެ ލޭބަރ މާކެޓުތައް ވަރުގަދަވެ ދޭ މުސާރަ އާއި އިނާޔަތްތައް އިތުރުވުމުންނެވެ. އެހެންކަމުން ހިޖުރަކޮށް ބޭރު ގައުމުތަކުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުން އަމިއްލަ ގައުމަށް ފޮނުވާ ފައިސާގެ ނިސްބަތް 2022 ވަނަ އަހަރު 5 އިންސައްތަ އިތުރު ވާނެ ކަމަށް ރިޕޯޓުގައި އަންދާޒާކޮށްފައިވެއެވެ.

ގައުމުން ބޭރުގަ މަސައްކަތް ކުރާ ފަރާތްތަކުން ފޮނުވާ ފައިސާ، ފަގީރު އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ގޭތެރޭގެ ޚަރަދުތައް ފޫބެއްދުމުގައި ވަރަށް ބޮޑަށް ބޭނުން ކުރެވެމުންދެއެވެ. މީގެ އިތުރުން އާންމު ސިއްހަތު ރަނގަޅުވުމަށާއި ތައުލީމީ ފުރުސަތުތައް ތަނަވަސްވުމަށް ވެސް މި ފައިސާ ވަރަށް ބޮޑަށް އެހީތެރިވެދެއެވެ.

އިންޑިޔާ ފިޔަވައި ރެމިޓަންސް ގިނައިން ވަންނަ ކަމަށް ފާހަގަ ކުރެވޭ އެހެން ގައުމުތަކުގެ ތެރޭގައި މެކްސިކޯ، ޗައިނާ، ނޭޕާލް، މިސްރު އަދި ފިލިޕީންސް ހިމެނޭ ކަމަށް ވަރލްޑް ބޭންކުގެ ރިޕޯޓުގައި ބުނެއެވެ.

އިންޑިޔާއަށް ވަންނަ ރެމިޓަންސް ފައިސާ އިތުރުވީ ފަހަކަށް އައިސް އިންޑިޔާގެ މަސައްކަތްތެރިން އެމެރިކާ، އިނގިރޭސި ވިލާތް ސިންގަޕޫރު ފަދަ ގައުމުތަކުގެ މުސާރަ ރަނގަޅު ވަޒީފާތަކަށް ގޮސްފައިވުމުން ކަމަށް ރިޕޯޓުގައި ބުނެއެވެ. އަދި އަންދާޒާކުރެވޭ އިންޑިޔާގެ ރެމިޓަންސް ޖުމްލަ އަކީ އެގައުމުގެ މުޅި ޖީޑީޕީގެ ތިނެއް އިންސައްތަ ކަމަށާއި އަދި މިއީ ގައުމެއްގެ މުޅި އިގްތިސާދާ އެއްވަރުގެ އަދަދެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

އިންޑިޔާ އަދި ނޭޕާލް ފަދަ ގައުމުތަކަށް ލިބޭނެ ރެމިޓަންސް ފައިސާ އިތުރު ވާނެ ކަމަށް އަންދާޒާކޮށްފައިވާ އިރު ދެކުނު އޭޝިޔާގެ ބައެއް ގައުތަކަށް ވަތް ރެމިޓަންސް ފައިސާ ފާއިތުވި އެއް އަހަރު ދުވަހުވަނީ 10 އިންސައްތަ ދަށް ވެފައިވާ ކަމަށް ވެއެވެ. މިގޮތަށް ދިމާވީ ޕެންޑަމިކް ތެރޭ ސަރުކާރުތަކުން ދެމުން އައި އިންސެންޓިވްތައް ހުއްޓާލުމުން ކަމަށް ވެއެވެ.

ފަގީރު އަދި މެދު ފަންތީގެ ގައުމުތަކަށް އާންމު ގޮތެއްގައި ލިބޭނެ ރެމިޓަންސް ފައިސާ 2022 ވަނަ އަހަރު 5 އިންސައްތަ އިތުރު ވާނެ ކަމަށް އަންދާޒާކުރެވޭއިރު، މިއީ 626 ބިލިއަން ޑޮލަރާ އެއްވަރުގެ އަދަދެކެވެ. މިއީ 2021 ވަނަ އަހަރު ލިބުނު އެއްޗެއްގެ ދެގުނައެވެ.  

އިތުރަށް ކިޔާލަން

09 މާރިޗު 2017

އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

09 މާރިޗު 2017
އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު