Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވައި ތަޢައްޔަރުވުން

ވައި ތަޢައްޔަރުވޭ، ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ވައިގެ ސާފުކަމުގެ މިންވަރު ބެލުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ޓެކްނޮލޮޖީގެ ލިންކް އިން https://iqair.com/maldives ނުވަތަ IQAir Visual އެޕުން ބަލަން އެޗްޕީއޭއިން އިލްތިމާސް ކުރޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2022 | ހުކުރު 13:09
ވައި ނުސާފުވުން

ވައި ނުސާފުވުން

އުތުރު އިންޑިއާގެ ހިމާލަޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެ އަށް ކުރުމުގެ ސަބަބުން ރާއްޖޭގެ ވައި ތަޢައްޔަރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ވަނީ ވައިގެ ސާފުކަމުގެ މިންވަރު ބެލުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ޓެކްނޮލޮޖީގެ ލިންކްhttps://iqair.com/maldivesނުވަތަ IQAir Visual އެޕް އަޅައިގެން ބަލަން އިލްތިމާސްކޮށްފައެވެ. އަދި ވައި ނުސާފު މިންވަރަށް ބަލާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އެގޮތުން ވައިގެ ސާފު މިން މެދު މިނުގައި ހުންނަ ނަމަ ނޭވާލާ ނިޒާމުގެ އަލާމާތްތައް ފެނުން އެކަށީގެންވާތީ ނާޒުކު ހާލަތުތަކުގައި ތިބޭ ފަރާތްތައް ބޭރުގައި އުޅުމުން ދުރުހެލިވުމަށް ވަނީ އިރުޝާދުދީފައެވެ.

ވައިގެ ސާފުކަން ނާޒުކުރު ފަރާތްތަކުގެ ސިއްހަތަށް ނުރަނގަޅު މިންވަރުގައި ހުންނަ ނަމަ އާއްމުކޮށް އެންމެންނަށް އަދި ހާއްސަކޮށް ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް އުނދަނގޫތަކާއި ކުރިމަތިވުމާއި ނޭވާލާ ނިޒާމަށް މައްސަލަ ދިމާވުމުގެ ނުރައްކާ އޮތް ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ސިއްހަތަށް ނުރަނގަޅު މިނުގައި ވައިގެ ސާފު މިން ހުންނަ ނަމަ އާއްމުކޮށް އެންމެންގެ ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަަސަރުކުރުމާއި ބަލި ގޯސްވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފައިވެއެވެެ. އަދި ވަރަށް ސިއްހަތަށް ނުރަނގަޅު ހާލަތުގައި ވައިގެ ސާފުކަމުގެ މިންވަރު ހުރި ނަމަ އާއްމުކޮށް އެންމެންނަށް އެކަމުގެ އަސަރު ފާހަގަކުރެވޭނެ ކަމަށާއި ހާލަތު ނާޒުކު ފަރާތްތަކުން ބޭރަށް ނުކުތުން ހުއްޓާލަން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން ވައިގެ ސާފުމިން ނުރައްކާތެރި ހާލަތުގައި ހުރި ނަމަ، އާއްމުކޮށް އެންމެންނަށް ވަރަށް ބޮޑަށް އުނދަނގޫވުމާއި ސިއްހީ ގޮތުން ނޭދެވޭ އސަރުތައް ކުރުމުގެ ނުރައްކާ ބޮޑު ކަމަށާއި އެ ހާލަތުގައި ބޭރުގައި ހަރަކާތްތެރިވުމާއި ދުރުހެލިވާން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގެ ވައި ނުސާފުވެ، ރާއްޖޭގެ އެކި ހިސާބުތަކުގައި ހޭޒް ނުވަތަ ފުސްކަން އިތުރުވެފައިވާ މައްސަލަ ފެންމަތިވުމާއި ގުޅިގެން މޫސުމާއި ބެހޭ އިދާރާ އިން ވަނީ އިންޒާރުގެ ނޯޓިސް އެއް ނެރެފައެވެ. މޫސުމާއި ބެހޭ އިދާރާއިން ބުނީ ހޭޒްގެ އަސަރު މި ދުވަސްވަރު ރާއްޖެއަށް ބޮޑަށް ކުރަނީ އިރުވައި މޫސުމުގެ އުތުރު ހަޅައިގެ ވައިގެ ސަބަބުން ކަމަށެވެ. ވައި ނުސާފުވުމުގެ ސަބަބުން ޖައްވުގައި ދުން ގިނަވެ، ފުސްވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ވަނީ ދަށްވެފައެވެ. އެހެންކަމުން ދަތުރުފަތުރު ކުރުމަށް ވެސް ވަނީ އުނދަނގޫވެފައެވެ.

މެޓް އޮފީހުން ބުނީ ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމުގައި އިންޑިއާގެ އުތުރުގައި ވައި ތަޣައްޔަރުވުމުގެ ސަބަބުން ރާއްޖެއަށް ހިރަފުހުގެ އަސަރުކުރާ ކަމަށެވެ. އެގޮތުން މި އަހަރު ވެސް މި ދުވަސްވަރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގެ ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު