Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނީ ބަސް ދުއްވާ ރޫޓުތައް

އާންމުން އެދޭގޮތަށް ބައެއް ބަސް ރޫޓުތަކަށް ބަދަލުތަކެއް ގެންނަނީ

2 ޑިސެމްބަރު 2022 | ހުކުރު 03:58

ސޯސަން މަގު ރޫޓުގައި ބަސް ދުއްވާ ގަޑިތަކަށް ބަދަލުތަކެއް ގެންނާނެކަމަށް އާޒިމް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ޑިސެމްބަރު 2022 | ހުކުރު 03:58
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އާންމުން އެދޭގޮތަށް މިނީ ބަސް ދުއްވާ ބައެއް ރޫޓުތަކަށް ކުރިޔަށް އޮތްތަނުގައި ބަދަލުތަކެއް ގެންނަވާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން މާލޭގައި މިނީ ބަހުގެ ޚިދުމަތް ދެމުން އަންނައިރު މި ޚިދުމަތް ދެމުން އަންނަނީ 3 ރޫޓަކުންނެވެ. އެއީ ސޯސަންމަގު ރޫޓާއި އޯކިޑު މަގު ރޫޓާއި އަމީނީ މަގު ރޫޓެވެ.

Advertisement - newsAdvertisement

މިނީ ބަހުގެ ޚިދުމަތާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ބަހުގެ ޚިދުމަތް ފެށިއިރެކޭ އެއްގޮތަށް މިހާރުވެސް މިނީ ބަހަށް އޮތް ތަރުހީބު އެގޮތުގައި އެބައޮތްކަމަށެވެ. އެގޮތުން މިހާރުވެސް ދުވާލަކު 4500 އާއި 5000 އާ ދެމެދުގެ މީހުން މިނީ ބަހުގެ ޚިދުމަތް ހޯދާކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ތިން ރޫޓުން ބަހުގެ ޚިދުމަތް ދެމުންދާއިރު ޚިދުމަތް ހޯދާ މިންވަރު ހުރިގޮތާއި މީހުންގެ ޚިޔާލު ހުރިގޮތަށް ބަލައި ރޫޓުތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

އެގޮތުން މިހާރު ބަސް ދުއްވަމުންދާ ރޫޓުތަކަށް ބަލާއިރު ސޯސަން މަގު ރޫޓަކީ ހުރިހާ ވަގުތެއްގައިވެސް މީހުން މަދުން ބަހުގެ ޚިދުމަތް ހޯދާ ރޫޓެއްގެ ގޮތުގައި ފާހަގަކުރެވިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. އެ ރޫޓު އާންމުގޮތެއްގައި ބޭނުންކުރަނީ ސްކޫލް ކުދިންކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން ޚިދުމަތް ހޯދަމުންދާ ގޮތަށް ބަލާ ދުއްވާ ގަޑިތަކަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އަމީނީ ރޫޓާއި އޯކިޑް ރޫޓު ގިނަ ވަގުތުތަކުގައި ގިނަ ބަޔަކު ބޭނުންކުރާކަމަށެވެ. އެ ދެ ރޫޓަށް އާންމުންގެ ފަރާތުން ލިބޭ ޚިޔާލުތަކަށް ބަލާ ބަދަލުތަކެއް ކުރިޔަށް އޮތްތަނުގައި ގެންނަވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އެގޮތުން އޯކިޑް ރޫޓުން އައިޖީއެމްއެޗަށް ދެވޭނެ ގޮތެއް ހަމަޖެއްސުމަށް ގިނަ ބަޔަކު އެދެމުން އަންނަކަމަށް އާޒިމް ވިދާޅުވިއެވެ. މިހާރު އޮންނަ ގޮތުން އައިޖީއެމްއެޗަށް ދެވެން އޮންނަނީ އަމީނީ ރޫޓުން ކަމަށްވާއިރު މަޖީދީ މަގުގެ މެދުގައި ހުންނަ މީހަކަށް އައިޖީއެމްއެޗަށް އަމީނީ ރޫޓުން ދެވޭނީ ވަރަށް ދުރަށްގޮސްގެންކަމަށް އާޒިމް ވިދާޅުވިއެވެ.

އެހެންކަމުން ކުރިޔަށް އޮތްތަނުގައި ދެ ރޫޓަކުން އައިޖީއެމްއެޗަށް ދެވޭނެ ގޮތް ހަމަޖެހިގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރޫޓުތަކަށް މިބަދަލު ގެނައުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުންނާއި ސިޓީ ކައުންސިލާ އެކު ވާހަކަދައްކަމުންދާކަމަށެވެ. އަދި މާލަސްތަކެއް ނުވެ ރޫޓްތައް ފަށައިގަނެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

އެގޮތުން އައިޖީއެމްއެޗް ހުންނަ މަގުގެ ޕާކިންގ ކަންތައް ހަމަޖެހުނުހާ އަވަހަކަށް އެކަން ހަމަޖެހިގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މިނީ ބަހުގައި ދަތުރުކުރުމަށްޓަކައި ހަތް ރުފިޔާގެ ޓިކެޓެއް ނަގަން ޖެހެއެވެ. އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ބަހުގެ ކިއުއާރް ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު ސީދާ ހަތް ރުފިޔާ ދީގެން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވެއެވެ.

އާޒިމް ވިދާޅުވީ ބަސް ޓިކެޓަށް ފަސޭހައިން ފައިސާ ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށެވެ. އެގޮތުން މިހާރުވެސް ދެ ގޮތަކަށް ޓިކެޓް ނެގޭއިރު ކޮންޓެކްޓް ލެސް ކާޑުގެ ޒަރީއާއިން ޓިކެޓަށް ފައިސާ ދެއްކޭނެ އިންތިޒާމުތައްވެސް ހަމަޖައްސަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ކޮންމެ ބޭންކެއްގެވެސް ވިސާ ކާޑު ނުވަތަ މާސްޓަރ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް