Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގްލޯބަލް ސަމިޓް 2022

ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުގެ ގްލޯބަލް ސަމިޓުގައި ރާއްޖޭން ބައިވެރިވެއްޖެ

2 ޑިސެމްބަރު 2022 | ހުކުރު 02:58

މި ސަމިޓު ކުރިއަށްދިޔައީ ނޮވެމްބަރު 28-30 އަށް ސައުދި އަރަބިއްޔާގެ ވެރިރަށް ރިއާދުގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 ޑިސެމްބަރު 2022 | ހުކުރު 02:58
ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލްގެ ގްލޯބަލް ސަމިޓު

ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލްގެ ގްލޯބަލް ސަމިޓު

ސައުދީ އަރަބިއްޔާގަައި ކުރިއަށްދިޔަ ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) ގެ ގްލޯބަލް ސަމިޓްގައި ޓޫރިޒަމް މިނިސްޓްރީން ބައިވެރިވެއްޖެއެވެ.

މި ސަމިޓު ކުރިއަށްދިޔައީ ނޮވެމްބަރު 28-30 އަށް ސައުދި އަރަބިއްޔާގެ ވެރިރަށް ރިއާދުގައެވެ. މި ސަމިޓުގެ ރާއްޖެ ތަމްސީލު ކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

Advertisement - newsAdvertisement

މި ސަމިޓްގެ ފުރަތަމަ ދުވަހު ބާއްވާފައިވާ "ގްލޯބަލް ލީޑާސް ޑައިލޮގް" ގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގެ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ޓްރެވަލް އެޑިޓަރ ފޯ ސީބިއެސް ނިއުސް ޕީޓަރ ގްރީންބަރގް މޮޑަރޭޓްކޮށް ކުރިއަށް ގެންދިޔަ މި ޑައިލޮގް ފެއްޓެވުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަލް ޚަތީބް އާއި ޑަބްލިއުޓީޓީސީ ކައުންސިލްގެ ސީއީއޯ އަދި ޕްރެޒިޑެންޓް ޖޫލިއަރ ސިންޕްސަންގެ އިތުރުން ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒުރާބް ޕޮލޮލިކަޝްވިލީ ވާހަކަފުޅު ދައްކަވާފައިވެއެވެ. މި ޑައިލޮގްގައި މިނިސްޓަރު މައުސޫމް ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވިއެވެ.

"ގްލޯބަލް ސަމިޓު 2022" ކުރިއަށް ގެންގޮސްފައިވަނީ މަޝްވަރާ ބައްދަލުވުންތަކާއި ތަގުރީތަކާއި ޕެނަލް މަޝްވަރާތައް ހިމެނޭ ގޮތަށެވެ. މި ޕެނަލް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މައިގަނޑު ހަތަރު ބަޔަކަށް ބާހާލައިގެންނެވެ. އެއީ ތިމާވެށީގެ ގޮންޖެހުންތަކުގެ ހައްލެއްގެ ގޮތުގައި ފަތުރުވެރިކަމާއި، ސާދާ ދިރިއުޅުމަކަށް ފަތުރުވެރިކަމާއި، ފަތުރުވެރިކަން ފަހި ކުރުމަށް ޓެކްނޮލޮޖީ އާއި އީޖާދުތައް އަދި ގުޅިގެން މުސްތަގުބަލު ބިނާކުރުމުގެ ފަތުރުވެރިކަމެވެ.

މި ސަމިޓްގެ ތެރޭގައި ސަމިޓްގެ ތީމާ ގުޅޭ ތަފާތު ތަގުރީރުތައް ދުނިޔޭގެ ސިޔާސީ ލީޑަރުންނާއި ދުނިޔޭގެ ކުންފުނިތަކުގެ އިސްވެރިން ދެއްވާފައިވެއެވެ. މި ބޭފުޅުންގެ ތެރޭގައި ޔޫއެންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން އާއި ހިލްޓަން ވޯލްޑް ވައިޑްގެ ޕްރެޒިޑެންޓް އަދި ސީއީއޯ ކްރިސްޓޮފަރ ޖޭ ނަސެއްޓަރ އާއި އީޔޫގެ ޕާލިމެންޓް މެންބަރު އެލީނާ ކޮންޓޯރާ އާއި ޑުބާއީ އެއަރޕޯޓް އިންޓަރނޭޝަނަލްގެ ސީއީއޯ ޕޯލް ގްރިފިތްސް ހިމެނިވަޑައިގަންނަވައެވެ.

މި ސަމިޓްގެ ހަވާސާގައި މިނިސްޓަރު މައުސޫމް އެހެން ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި ދުނިޔޭގެ ފަތުރުވެރިކަމާއި ގުޅުންހުރި ޖަމިއްޔާތަކާއި ކުންފުނީގެ އިސްފަރާތްތަކާއި ބައްދަލްކުރެއްވިއެވެ. އޭގެ ތެރޭގައި، ސައުދީ އަރަބިއްޔާގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަލް ޚަތީބް އާއި ބަހްރެއިންގެ ޓޫރިޒަމް މިނިސްޓަރު ފާތިމާ ޖޭ އަލް ސައިރާފީ އާއި މެރިއަޓް އިންޓަރނޭޝަނަލްގެ ޕްރެޒިޑެންޓް އާއި ހޮޓެލް ބެޑްސްގެ ސީއީއޯ އާއި ފޯވަރޑް ކީސްގެ ސީއީއޯ އަދި ހޮޓެލް ޕްލޭނާރްޒްގެ ސީއީއޯ ހިމެނިވަޑައިގަންނަވެއެވެ.

ޑަބްލިއުޓީޓީސީ ކައުންސިލުގެ ގްލޯބަލް ސަމިޓުގައި މިނިސްޓަރު މައުސޫމާއެކު ސައުދީ އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް އާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޕަރމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އާއި ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު ތައްޔިބު ޝަހީމު އަދި ލީގަލް އޮފިސަރު އާމިނަތު ޝިއުނާ ބަޝީރު ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

18 ޖޫން 2017

ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

18 ޖޫން 2017
ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
09 ޖޫން 2017

ރާއްޖޭގެ ޓޫރިޒަމް އާ ތިމާވެއްޓާ ހުރި ގުޅުން ސަން ސިޔާމް ކިޔައިދެއްވާ ވީޑިއޯއެއް ވައިރަލް ވެއްޖެ!

09 ޖޫން 2017
ރާއްޖޭގެ ޓޫރިޒަމް އާ ތިމާވެއްޓާ ހުރި ގުޅުން ސަން ސިޔާމް ކިޔައިދެއްވާ ވީޑިއޯއެއް ވައިރަލް ވެއްޖެ!
08 ޖޫން 2017

ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!

08 ޖޫން 2017
ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!
31 މެއި 2017

ޓޫރިޒަމް މިނިސްޓްރީގެ ހަރުމުދަލުގެ އަގުގެ ސައްހަކަން ކަށަވަރެއް ނުވޭ: އޮޑިޓަރ ޖެނެރަލް

31 މެއި 2017
ޓޫރިޒަމް މިނިސްޓްރީގެ ހަރުމުދަލުގެ އަގުގެ ސައްހަކަން ކަށަވަރެއް ނުވޭ: އޮޑިޓަރ ޖެނެރަލް
14 މެއި 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ
14 މެއި 2017

ފިޔޯރީ ކައުންސިލުގެ ތިޖޫރި ފަޅާލައި ފައިސާ ވަގަށް ނަގައިފި

14 މެއި 2017
ފިޔޯރީ ކައުންސިލުގެ ތިޖޫރި ފަޅާލައި ފައިސާ ވަގަށް ނަގައިފި
01 މެއި 2017

ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، ރޯކޮށްލައިފި

01 މެއި 2017
ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، ރޯކޮށްލައިފި
06 އެޕްރީލު 2017

ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި

06 އެޕްރީލު 2017
ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި
09 މާރިޗު 2017

ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފި

09 މާރިޗު 2017
ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފި
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް