Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ކްރޮއޭޝިޔާއާ އެއްވަރުވުމުން ބެލްޖިއަމް ކަޓައިފި

1 ޑިސެމްބަރު 2022 | ބުރާސްފަތި 18:01

ކްރޮއޭޝިޔާ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕްގެ ދެވަނާގައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 1 ޑިސެމްބަރު 2022 | ބުރާސްފަތި 18:01
މުބާރާތުން ކެޓުމުން ބެލްޖިއަމް ކުޅުންތެރިން ހިތާމަފާޅުކުރަނީ

މުބާރާތުން ކެޓުމުން ބެލްޖިއަމް ކުޅުންތެރިން ހިތާމަފާޅުކުރަނީ

ފީފާ ވޯލްޑް ކަޕްގައި ކްރޮއޭޝިޔާއާ ބައްދަލުކުރި މެޗު އެއްވަރުވުމުން މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ބެލްޖިއަމްއަށް ގެއްލިއްޖެއެވެ.

ގްރޫޕް އެފްގެ ފަހު މެޗުގައި ކްރޮއޭޝިޔާއާއި ބެލްޖިއަމް ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގައި ކްރޮއޭޝިޔާއަށް ޕެނަލްޓީއެއް ދިނުމަށްފަހު ރެފްރީ ވަނީ ވީއޭއާރް ބެލުމަށްފަހު ޕެނަލްޓީ ނުދިނުމަށް ނިންމާފައެވެ.

މި މެޗުގައި ލަނޑު ޖެހުމަށް އެންމެ ގިނަ ފުރުސަތުތަކެއް ލިބުނީ ބެލްޖިއަމްގެ ރޮމެލޫ ލުކާކޫއަށެވެ. ދެވަނަ ހާފުގައި ކުޅެން އެރި ލުކާކޫއަށް ލަނޑު ޖެހުމަށް ވަރަށް ރަނގަޅު ހަތަރު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާއަށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވައެއްނުލެވުނެވެ. ލުކާކޫ ފޮނުވާލި ފުރަތަމަ ހަމަލާ ކްރޮއޭޝިޔާގެ ގޯލު ދަނޑީގައި ޖެހިފައި ނުކުތްއިރު, އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން ލިބުނު ދެފުރުސަތުގައިވެސް ލުކާކޫގެ ފައިގައި ޖެހިފައި ދިޔައީ ގޯލުގެ ތެރެއަށް ބޯޅަ ނުވަދެއެވެ.

މި ގްރޫޕްގައި ދެން ކުޅުނު މެޗުގައި ބައްދަލުކުރީ ކެނަޑާއާއި މޮރޮކޯއެވެ. މި މެޗު 2-1ން ކާމިޔާބުކޮށް މޮރޮކޯ ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ. މެޗުގެ ތިން ލަނޑުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި މޮރޮކޯއަށް ލީޑު ނަގައިދިނީ ހަކީމް ޒިޔެކްއެވެ. މޮރޮކޯއަށް ލީޑު ނަގައިދިނީ ޔޫސުފް އެން-ނަސީރީއެވެ. ކެނަޑާގެ ލަނޑަކީ މޮރޮކޯގެ ނައީފް އެގުއާޑް އަތުން ބައިކޮޅަށް ވަތްން ލަނޑެކެވެ.

ގްރޫޕް އެފްގެ ހުރިހާ މެޗުތަކެއް ނިމުނުއިރު, މޮރޮކޯއިން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ހަތް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނާގައެވެ. ކްރޮއޭޝިޔާ ދެވަނަ ބުރުގެ ޖާގަ ހޯދީ، ގްރޫޕްގެ ދެވަނާގައި ފަސް ޕޮއިންޓާއެކުއެވެ. ދުނިޔޭގެ ދެވަނާގައި ފީފާއިން ރޭންކުކޮށްފައިވާ ބެލްޖިއަމް މުބާރާތުން ކެޓީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނާގައެވެ. ތާވަލުގެ ފުލުގައި އޮތް ކެނަޑާއަށް ޕޮއިންޓެއް ނުލިބެއެވެ. މި މެޗާ ކުރިމަތިލިއިރުވެސް ކެނަޑާ ވަނީ މުބާރާތުން ކަޓާފައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2017

ޗައިނާ އަތުންވެސް ބޮޑު ތަފާތަކުން ބަލިވެ، ގައުމީ ފުޓްސަލް ޓީމް ކަޓައިފި

20 ސެޕްޓެމްބަރު 2017
ޗައިނާ އަތުންވެސް ބޮޑު ތަފާތަކުން ބަލިވެ، ގައުމީ ފުޓްސަލް ޓީމް ކަޓައިފި
19 ސެޕްޓެމްބަރު 2017

ލީގް ކަޕް: ލެސްޓާ އަތުން ބަލިވެ، ލިވަޕޫލް މުބާރާތުން ކަޓައިފި

19 ސެޕްޓެމްބަރު 2017
ލީގް ކަޕް: ލެސްޓާ އަތުން ބަލިވެ، ލިވަޕޫލް މުބާރާތުން ކަޓައިފި
18 ސެޕްޓެމްބަރު 2017

ޑޭވިސް ކަޕް: ފައިނަލްގައި ވާދަކުރާނީ ބެލްޖިއަމް އާއި ފްރާންސް

18 ސެޕްޓެމްބަރު 2017
ޑޭވިސް ކަޕް: ފައިނަލްގައި ވާދަކުރާނީ ބެލްޖިއަމް އާއި ފްރާންސް
04 ސެޕްޓެމްބަރު 2017

ވާރލްޑް ކަޕް ކޮލިފައިން: ބެލްޖިއަމް ކޮލިފައިވެއްޖެ

04 ސެޕްޓެމްބަރު 2017
ވާރލްޑް ކަޕް ކޮލިފައިން: ބެލްޖިއަމް ކޮލިފައިވެއްޖެ
01 ސެޕްޓެމްބަރު 2017

ވޯލްޑް ކަޕް ކޮލިފައިން: ފްރާންސް، ޕޯޗުގަލް އަދި ބެލްޖިއަމް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

01 ސެޕްޓެމްބަރު 2017
ވޯލްޑް ކަޕް ކޮލިފައިން: ފްރާންސް، ޕޯޗުގަލް އަދި ބެލްޖިއަމް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
28 އޯގަސްޓު 2017

ބެލްޖިއަމް ޖީޕީ ހެމިލްޓަން ކާމިޔާބު ކޮށްފި

28 އޯގަސްޓު 2017
ބެލްޖިއަމް ޖީޕީ ހެމިލްޓަން ކާމިޔާބު ކޮށްފި
11 ޖުލައި 2017

ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި

11 ޖުލައި 2017
ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި
09 ޖުލައި 2017

ނޭމާ ޖޫނިއާސް ފައިވް: ޖަޕާން އަތުން ބަލިވެ ގަދަ 16 އަށް ނުގޮސް ރާއްޖެ ކަޓައިފި

09 ޖުލައި 2017
ނޭމާ ޖޫނިއާސް ފައިވް: ޖަޕާން އަތުން ބަލިވެ ގަދަ 16 އަށް ނުގޮސް ރާއްޖެ ކަޓައިފި
10 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި

10 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް