Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ އިންޒާރު ނޫސްވެރިންނަށް

ޗައިނާގެ އިންޒާރު ނޫސްވެރިންނަށް: ހަތިޔާރަކަށް ބެހެއްޓީ ޤާނޫނު އަސާސީ

1 ޑިސެމްބަރު 2022 | ބުރާސްފަތި 06:19

ނޫސްވެރިންނަކީ އެމީހުންގެ މަސައްކަތާ ނުގުޅޭ ހަރަކާތްތަކުގައި މަޝްހޫލުވާންޖެހޭ ބައެއް ނޫން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 1 ޑިސެމްބަރު 2022 | ބުރާސްފަތި 06:19
ޗައިނާގެ އިންޒާރު ނޫސްވެރިންނަށް

ޗައިނާގެ އިންޒާރު ނޫސްވެރިންނަށް

ކޮރޯނާ ވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ޗައިނާގައި ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް އެ ޤައުމުގައި ކުރަމުންދާ ވަރުގަދަ މުޒާހަރާތައް ކަވަރު ކުރުމުގެ މަސައްކަތުގައި އުޅުނު ނޫސްވެރިއަކަށް ހަމަލާ ދިން ކަމަށް ބުނާ މައްސަލާގައި، ޗައިނާއިން ނޫސްވެރިންނަށް އިންޒާރުގެ މެސެޖެއް ދީފިއެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޝާއޯ ލީޖިއާން ވިދާޅުވީ، ނޫސްވެރިންނަކީ އެމީހުންގެ މަސައްކަތާ ނުގުޅޭ ހަރަކާތްތަކުގައި މަޝްހޫލުވާންޖެހޭ ބައެއް ނޫން ކަމަށެވެ.

ޝާއޯ މިހެން ވިދާޅުވީ، ޝަންހާއީގައި ކުރަމުންދާ މުޒާހަރާތައް ކަވަރު ކުރުމުގެ މަސައްކަތުގައި އުޅުނު އެ ސްޓޭޝަންގެ ރިޕޯޓަރުންގެ ތެރެއިން ރިޕޯޓަރަކަށް ހަމަލާ ދީ، ހައްޔަރު ކޮށްފައި ވާ ކަމަށް، އިނގިރޭސި ބްރޯޑްކާސްޓަރ – ބީބީސީއިން ހާމަ ކުރުމާ ގުޅިގެންނެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝާއޯ ވިދާޅުވީ، އަނިޔާ ލިބުނު މީހެއްގެ ކާޑު، ބީބީސީއިން ކުޅެމުންދާ ކަމުގެ ތުހުމަތު އަމާޒު ކުރައްވާފައެވެ.

ނޫސްވެރިޔަކަށް އަނިޔާކޮށް، އެތައް ގަޑިއިރެއް ވަންދެން އޭނާ ހައްޔަރު ކުރުމާ ގުޅިގެން އިނގިރޭސި ސަރުކާރުންވެސް ވަނީ ޗައިނާއަށް ފާޑުކިއާފައެވެ. އަދި އެއީ ވަރަށް ހައިރާން ކުރަނިވި ފިޔަވަޅެއް ކަމަށްވެސް އިނގިރޭސި ސަރުކާރުން ބުނެފައި ވެއެވެ.

ޗައިނާގައި މިހާރު  ކުރިއަށް ދާ މުޒާހަރާތަކާ ގުޅިގެން، އިހުނަށްވުރެ ބޮޑަށް، ބައިނަލްއަޤުވާމީ ސަމާލުކަން ޗައިނާއަށް ހުއްޓިފައި ވާ އިރު، ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ދަނީ، ފާޑުކިއުންތަކުގެ ދިފާޢުގައި ގިނަ ވާހަކަތަކެއް ދައްކަމުންނެވެ. މުޒާހަރާތަކާ ގުޅިގެން ނޮވެމްބަރު 29 ވަނަ ދުވަހު ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޝާއޯ ވިދާޅުވީ، ޗައިނާއަކީ ޤާނޫނުން ވެރިކަން ހިންގާ ޤައުމެއް ކަމަށާ، އެ ޤައުމުގެ ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ފުރިހަމައަށް ހިމާޔަތް ކުރެވިފައި ވާނެ ކަމަށެވެ. އަދި އެ ޙައްޤުތަކާއި މިނިވަންކަމުގެ ބޭނުން ކުރަން ޖެހޭނީ، ޤާނޫނީ އިމުގެ ތެރެއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ.

މިހާރު ޗައިނާގައި ކުރިއަށް ދާ މުޒާހަރާތަކަކީ މީގެ އެތައް އަހަރެއް ކުރިން ޓިއަނަމަން ސްކޮއަރގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ ލޭ އޮހުރުވުން ބޮޑު މުޒާހަރާތަކަށް ފަހު، ސަރުކާރާ ދެކޮޅަށް ހިންގާ އެންމެ ވަރުގަދަ މުޒާހަރާތައް ކަމަށް މައުލޫމާތު ލިބެއެވެ. މިހާރު ކުރިއަށް ދާ މުޒާހަރާތަކަކީ، ޝީންޖިއާންގް ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިޘާއެއްގައި އެޕަރޓްމަންޓްތަކެއްގައި ބަޔަކު ތާށިވެގެން މަރުވި ހާދިޘާއާ ގުޅިގެން ފެށި މުޒާހަރާތަކެކެވެ. ބުނެވޭ ގޮތުގައި އެމީހުން މަރުވީ، ކޮވިޑް ކޮންޓްރޯލް ކުރުމުގެ ނަމުގައި ޗައިނާގެ ސަރުކާރުން ތަންފީޒު ކުރަމުންދާ ހަރުކަށި ސިޔާސަތުގެ ސަބަބުންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

17 މެއި 2017

އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި

17 މެއި 2017
އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި
01 މެއި 2017

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!
24 އެޕްރީލު 2017

ހަލާތު އިތުރަށް ގޯސްނުކުރުމަށް އެމެރިކާ އިން އުތުރު ކޮރެއާ އަށް އިންޒާރު ދީފި

24 އެޕްރީލު 2017
ހަލާތު އިތުރަށް ގޯސްނުކުރުމަށް އެމެރިކާ އިން އުތުރު ކޮރެއާ އަށް އިންޒާރު ދީފި
07 އެޕްރީލު 2017

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
23 ޖެނުއަރީ 2017

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

23 ޖެނުއަރީ 2017
ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް