Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

ޕޮލެންޑު ނިކުންނާނީ ގަދަ 16އާ ބީރައްޓެހި ޓީމުގެ "ޓެގު" ނައްޓާލުމަށް

ދެ ވަނަ ބުރަށް އެމީހުން އެންމެ ފަހުން ދަތުރުކުރީ 1986 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2022 | ބުދަ 14:17
ޕޮލެންޑް ޓީމު ޓްރެއިނިންގައި

ޕޮލެންޑް ޓީމު ޓްރެއިނިންގައި

ވޯލްޑްކަޕުގެ ގަދަ ބާރެއް ކަމަށްވާ ދެކުނު އެމެރިކާގެ އާޖެންޓީނާއާ ދެކޮޅަށް ޕޮލެންޑް މިރޭ ނުކުންނަ މެޗަކީ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމަށް ވަރަށް މުހިންމު މެޗެކެވެ. މިވަގުތު ޓޭބަލުގެ ކުރީގައި އޮތުމާއެކު މި މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ޕޮލެންޑަށް މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކުރެވޭނެއެވެ. އެމީހުން ކަޓާނެ ގޮތަކީ މެޗުން ބަލިވުމެވެ. މިހެންވެ ކޯޗު މިޗްނޮވިޗްގެ ގޭމް ޕްލޭނަށް މިރޭ ބަދަލުތަކެއް ގެންނާނެއެވެ.

ކުރީ މެޗުގައި ދެ ފޯވަޑުން ބޭނުންކުރި ނަމަވެސް މި މެޗުގައި އޭނާ އިސްކަންދީފައިވަނީ ދިފާއީ ގޭމަކަށެވެ. އާޖެންޓީނާ އަކީ އެޓޭކް ވަރުގަދަ ޓީމަކަށްވުމުން އެމީހުންގެ ކުރިމަތީގައި އިސް ޖެހުމުގެ ބަދަލުގައި ކޯޗު ނިންމާފައިވަނީ މެދުތެރެއަށް ކުޅުންތެރިން އިތުރުކުރުމަށެވެ. މިކަމަށްޓަކައި ކެޕްޓަން ރޮބާޓް ލެވޮންޑޯސްކީ އާއި އަރްކަންޑިއާޒް މިލިކް، މިދެކުޅުން ތެރެއިންގެ އެއް ކުޅުންތެރިއަކު މިރޭގެ މެޗު ފެށުން ގާތީ ބެންޗުންނެވެ. ބޮޑަށް ގާތީ މިލިކްގެ ބަދަލުގައި ޑިފެންސިވް މިޑްފީލްޑަރަކު ކުޅެން ނެރުމެވެ.

ޕޮލެންޑަކީ ވޯލްޑްކަޕުގެ ގްރޫޕް ސްޓޭޖުން ކެޓުމުގެ އާދަ ބޮޑު ޓީމެކެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް އެމީހުން އެންމެ ފަހުން ދަތުރުކުރީ 1986 ވަނަ އަހަރުއެވެ. އެވެސް ގްރޫޕުގެ ފަހު މެޗުން ބަލިވިއިރު، ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރެއިން ބާކީވެ، ތިން ވަނަ ހޯދި ޓީމުތަކުގެ ތެރެއިން ހޮވާލި ޓީމެއްގެ ގޮތުގައެވެ. މިހެންވެ ކޯޗު ބުނަނީ ގަދަ 16 އާ އަބަދު ބީރައްޓެހި ބަޔަކަށްވާން ބޭނުންނުވާ ކަމަށެވެ.

ޕޮލެންޑްގެ ކޯޗުކަމާ މިޗްނޮވިޗް ހަވާލުވުމަށްފަހު ވަނީ ތަފާޓު ފޯމޭޝަންތަކަށް ކުޅުވާފައެވެ. ބޭނުމަކަށްވީ އާޖެންޓީނާ ފަދަ ގަދަ ޓީމުތަކާ ކުޅެން ނުކުންނައިރު ޓީމުގެ އެތުރުން ގެންގުޅޭނެ މޮޅު ގޮތްތަކެއް ހޯދުމެވެ. ޓީމުގައި ތިބި ކުޅުންތެރިންނަށް އެންމެ ފިޓް ފޯމޭޝަނަކަށް ފެނުނީ 4-2-3-1 އެވެ. ކޮންމެ ކަމެއްގައި ވެސް އަބަދުވެސް އެހެން ގޮތެއް އޮންނަންވާނެ ކަމަށް ގަބޫލުކުރާ ކޯޗަށް މިހާތަނަށް ކާމިޔާބުވެފައި ނުވަނީ ވާތު ބެކަށް ކުޅޭނެ މޮޅު ކުޅުންތެރިއެއްގެ މައްސަލައެވެ. މިއީ ހަމައެކަނި މިޗްނޮވިޗަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. ޕޮލެންޑްގެ ގައުމީ ޓީމްގެ ވާތުބެކަށް ކުޅޭނެ މޮޅު ކުޅުންތެރިއަކު ނުލިބިގެން އުޅޭތާ މިހާރު 10 އަހަރުވެއްޖެއެވެ. ކޯޗުކަމާ މިޗްނޮވިޗް ހަވާލުވުމަށްފަހު މި މައްސަލަ ހައްލުކުރުމަށް ޓިމޯޓް ސްޕަހާޓްސް އަށް އާއި ބާޓޯސް ބެރެޒިންސްކީ އަށް ވަނީ ފުރުސަތުދީފައެވެ. މީގެ ތެރެއިން ބެރެޒެންސްކީ އަށް ވާތު ބެކަށް ކުޅުނަސް އޭނާ އަކީ ކަނާތު ބެކެކެވެ.

މިރޭގެ މެޗަށް ނުކުންނައިރު ޕޮލެންޑަށް ޓީމަށް ކުރިމަތިވެފައިވާ އަނެއް މާޔޫސް ކަމަކީ އާޖެންޓީނާ އަކީ ދެކުނު އެމެރިކާގެ ގައުމަކަށްވުމެވެ. މި ބައްރުގެ ގައުމުތަކާ ދެކޮޅަށް ޕޮލެންޑް އެންމެ ފަހުން ވޯލްޑްކަޕުގައި ކުޅުނު ތިން މެޗުން ވަނީ ބަލިވެފައެވެ. މިހެންވެ ދެކުނު އެމެރިކާގެ ޓީމުތަކާ ކުޅެން ހައްލު ހޯދަންވަނީ ޖެހިފައެވެ. އެކަމަކު ކޯޗު މިޗްނޮވިޗާއި އޭނާގެ ކުޅުންތެރިން އިސްވެ މިވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ.

މިއާއެކު މި މެޗަކީ ކެޕްޓަން ލެވޮންޑޯސްކީ އަށް ވެސް ވަރަށް މުހިންމު މެޗެކެވެ. ލެވޮންޑޯސްކީ ގަބޫލުކުރާ ގޮތުގައި 2020 ވަނަ އަހަރު މެސީ އަށް ދީފައިވާ ބެލޮންޑީއޯ އެވޯޑުގެ ހައްގުވެރިއަކީ އޭނާއެވެ. ސަބަބަކީ އެ އަހަރު ބަޔާން މިއުނިކްގައި އޭނާ ހޯދި ކާމިޔާބީ އާއި، ބާސެލޯނާގައި މެސީ ތަޖުރިބާކުރަން ޖެހުނު ހިތްދަތި ނަތީޖާއެވެ. މިހެންވެ ގޯލު ކުރިމަތީގައި މޮޅީ ކޮން ކުޅުންތެރިއެއްކަން އެއް މެޗަކުން ސާބިތުކޮށްދިނުމަށް ލެވޮންޑޯސްކީ ހުރީ ތައްޔާރަށެވެ. މެސީގެ ކުރީގެ ކުލަބު ބާސެލޯނާ އަށް ބަދަލުވުމަށްފަހު ލެވަންޑޯސްކީ ވޯލްޑްކަޕާ ކުރިމަތިލީ ވަރަށް ރަނގަޅު ފޯމެއްގައެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ސައޫދީ އަރަބިއާ ކޮޅަށް ގޯލު ޖަހައި އޭނާ ވަނީ ފުރަތަމަ މެޗުގައި ޕެނަލްޓީ ގެއްލުވާލުމުގެ ހިތްދަތިކަމުން އަރައިގެންފައެވެ. ސައޫދީ ކޮޅަށް ޖެހި ގޯލަށްފަހު ލެވޮންޑޯސްކީގެ ލޮލުން ފޭބި ކަރުނައަކީ ވޯލްޑް ކަޕުގައި ގޯލެއް ނުޖެހި ދިގުލައިދިޔަ ގޯސް ރެކޯޑަށް ނިމުން ގެނެސްދެވުމުގެ އުފާވެރި ކަރުނައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަންބަންތޯޓާ އެއަރޕޯރޓް: ޗައިނާގެ ނުފޫޒާއި، ބެލްޓް އެންޑް ރޯޑްގެ ހީލަތްތެރި ކަމުގެ އަލިގަދަ ހެއްކެއް

ހަންބަންތޯޓާ އެއަރޕޯރޓް: ޗައިނާގެ ނުފޫޒާއި، ބެލްޓް އެންޑް ރޯޑްގެ ހީލަތްތެރި ކަމުގެ އަލިގަދަ ހެއްކެއް

18 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017
ޤާނޫނުއަސާސީގައި ހުރި ވަރުގަދަ އުޞޫލުތައް ގެންދަނީ ނަފީކުރަމުން!

ޤާނޫނުއަސާސީގައި ހުރި ވަރުގަދަ އުޞޫލުތައް ގެންދަނީ ނަފީކުރަމުން!

08 އޯގަސްޓު 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު