Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބުރުގެ ދައުވާ

އަޅުގަނޑުގެ މައްޗަށް ރައީސް ނަޝީދު އަބުރުގެ ދައުވާ ކުރައްވާކަމަށް ބުނާ ވާހަކަ ގަބޫލުކުރަން ދަތި: މަވޯޓާ ޝަރީފް

30 ނޮވެމްބަރު 2022 | ބުދަ 12:02

ނޫސްތަކުން ފެނުނީމަ ސިއްސައިގެން ދިޔައީ، އެކަން ހަމަ ގަބޫލުކުރަން ދަތި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ނޮވެމްބަރު 2022 | ބުދަ 12:02
މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބުރުގެ ދައުވާ ކުރައްވާކަމަށް ބުނާ ވާހަކަތައް ގަބޫލުކުރަން ދަތިކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޝަރީފު ކުރެއްވި ޓުވީޓެއްގައި ކޮށްފައިވާ ތުހުމަތުތަކަކާ ގުޅިގެން އަބުރުފުޅަށް ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަން ރުފިޔާ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވެއެވެ.

Advertisement - newsAdvertisement

މިކަމާގުޅިގެން ރާއްޖެއެމްވީއަށް ޝަރީފް ވިދާޅުވީ ރައީސް ނަޝީދަކީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވާ ބޭފުޅެއްކަމަށެވެ. އަދި އަބުރުގެ ދައުވާ ކުރުމަކީ ޑިމޮކްރަސީގެ ހަމަތަކާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ޕަބްލިކް ފޯރަމްތަކުގައި ވަކާލާތުވެސް ކުރައްވާއިރު، މިފަދަ ދައުވާއެއް ކުރެއްވުން ގަބޫލުފުޅު ކުރައްވަން އުނދަގޫ ކަމަށެވެ. ޝަރީފު ވިދާޅުވީ މިފަދަ އަބުރުގެ ދައުވާތައް ކުރައްވާނީ މުގާބޭ، ސައްދާމް ހުސައިންފަދަ ބޭފުޅުން ކަމަށެވެ.

ޝަރީފު މިމަހުގެ 25 ވަނަ ދުވަހުގެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސް، މައުމޫނުގެ ވެރިކަން ވައްޓާލަން 50 މީހަކު މަރާލައި އެ މީހުން މެރިކަމުގެ ތުހުމަތު ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު އޭރު ރާއްވަވާފައި ވާކަމުގައެވެ. އޭގެ އިތުރުން ޝަރީފް ވިދާޅުވެފައިވަނީ އޭރުގެ ޕާލިމެންޓްރީ ގްރޫޕުން އެކަން ހުއްޓުވުމަށް ގަރާރެއްވެސް ފާސްކުރި ކަމަށެވެ.

ޝަރީފްގެ ޓުވީޓުގައި އޭނާ ވިދާޅުވެފައިވަނީ، 50 މީހުން މަރާލުމަށް ނަޝީދު މަސައްކަތް ކުރައްވާފައިވަނީ ނޫސްވެރިންގެ ގޮތުގައި ކުލީ ސިފައިންތަކެއް ރާއްޖެގެނެސް، އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ކަމަށެވެ.

މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވުމަށްފަހު ނަޝީދުގެ ވަކީލުންގެ ފަރާތުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، އެމަނިކުފާނަށް ނިސްބަތްކުރައްވައި ޝަރީފް ކުރެއްވި ޓުވީޓްގައި ލިޔެފައިވާ ދޮގުތަކުގެ ސަބަބުން، ޝަރީފުގެ ފަރާތުން ނަޝީދުގެ އަބުރާ ބެހުމުގެ އަމަލެއް ހިންގަވާފައިވާކަމަށް ކަނޑައަޅުއްވައިދެއްވައި، ނަޝީދުގެ އަބުރުފުޅަށް ލިބުނު މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވާކަމުގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް