Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެމިލިއަރައިޒޭޝަން ދަތުރު

ނޯޑިކް މީޑިއާ ޓީމަކުން ރާއްޖޭގައި ހުރި ލަގްޒަރީ އަދި ގޭސްޓްރޮނޮމިކް ތަޖުރިބާތަކަށް އަހުލުވެރިވުމަށް ހާއްސަ ދަތުރެއް

މި ދަތުރުގެ ސަބަބުން ނޯޑިކް މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބުކިންގް އިތުރުވާނެ ކަމަށް ބެލެވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2022 | ބުދަ 08:50
ނޯޑިކް މީޑިއާ ޓީމް

ނޯޑިކް މީޑިއާ ޓީމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ދައުވަތަކަށް ނޯޑިކް ސަރަޙައްދުގެ މަޝްހޫރު ޕަބްލިކޭޝަންތައް ތަމްސީލުކުރާ މީޑިޔާ ޓީމެެއް ފެމިލިރައިޒޭޝަން ދަތުރެއްގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

މި ދަތުރު ކުރިއަށް ދަނީ ނޮވެންބަރު 25 ވަނަ ދުވަހުން ޑިސެންބަރު 1 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުގެ އަމާޒަކީ ނޯޑީކް މާކެޓުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓްތައް، ހާއްސަކޮށް ލަގްޒަރީ އަދި ގެސްޓްރޮނޮމީ ސެގްމަންޓު އިތުރަށް އިޝްތިހާރުކުރުމެވެ. މި ދަތުރުގެ ސަބަބުން ނޯޑިކް މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބުކިންގް އިތުރުވާނެ ކަމަށް ބެލެވެއެވެ.

Advertisement - newsAdvertisement

ނޯޑިކް މާކެޓުގެ ތަފާތު ސެގްމަންޓްތަކަށް އަމާޒުކޮށްގެން ދުނިޔޭގެ ފެންވަރުގައި ހިންގާ ޕަބްލިކޭޝަންތައް ކަމަށްވާ ސޮންޑަގް, ވެގަބޮންޑް ރެއިސެލިސްޓް، ޑަގްބްލެޑެނެސް ބިއުރޯ އަދި ޑަގްބްލެޑެނެސް ބިއުރޯގެ ޖާނަލިސްޓުންނާއި ބްލޮގާސް މި ފެމިލިއަލައިޒޭޝަން ދަތުރުގައި ރާއްޖޭގެ ރިޒޯޓުތަކުން ލިބެންހުރި މަތީ ފެންވަރުގެ އެކޮމޮޑޭޝަންތަކާއި ގޭސްޓްރޮނޮމީ، ވެލްނެސް، އަދި ވޯޓާ ސްޕޯޓްސް ފަދަ ތަފާތު ތަޖުރިބާތައް ނޯޑިކް މާކެޓަށް ދައްކާލާނެއެވެ. އަދި މި ދަތުރުގެ ސަބަބުން ރާއްޖެއަށްފުޅާ ދާއިރާއެއްގެ ކަވަރޭޖެއް ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ރައްކާތެރިކަމާއި 'ވަން އައިލެންޑް ވަން ރިޒޯޓު' ކޮންސެޕްޓުގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ފަތުރުވެރިކަމުގެ އެއް  މަންޒިލްކަންވެސް މި ފެމިލިއަރައިޒޭޝަން ދަތުރުގެ ޒަރިއްޔާއިން މާކެޓްކުރާނެއެވެ.

މި ދަތުރުގައި އައި ނޯޑިކް މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ  ސަން ސިޔާމް އިރުވެލި، ފެއަރމައުންޓް މޯލްޑިވްސް ސިއްރު ފެންފުށި އަދި ލެ މެރީޑިއަން މޯލްޑިވްސް ރިޒޯޓް އެންޑް ސްޕާގައެވެ. މި ޓީމުން މި ރިޒޯޓުތަކުގެ ހައި-އެންޑް އެޑްވެންޗާރތަކާއި، ދުނިޔޭގެ ފެންވަރުގައި މަޤުބޫލުކަން ހޯދާފައިވާ ރާއްޖޭގެ މެހްމާންދާރީ އާއި ތަފާތު ކެއުންތައް ތަޖުރިބާކުރަމުންދެއެވެ.

2022 ވަނަ އަހަރުގެ ޖެނުއަރީއިން ނޮވެންބަރު 14ގެ ނިޔަލަށް މި މާކެޓުން ރާއްޖެއަށް ވަނީ 29,666 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.  އެމްއެމްޕީއާރުސީއިން ދަނީ ނޯޑިކް މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. ބްލިކްސެން ޓުއަރސް އާ ގުޅިގެން ކުރިއަށްގެންދިޔަ ކެމްޕެއިނާއި ނޯޑިކް މާކެޓަށް އަމާޒުކޮށް ބޭއްވި ޓްރެވެލް ޓްރޭޑް ވެބިނާ މި ހަރަކާތްތަކުގެ ތެރެއިން ފާހަގަކޮށްލެވެއެވެ. މި މާކެޓަށް އަމާޒުކޮށް މި އަހަރު ކުރިއަށް އޮތްތަނުގައި އިތުރު ފެމިލިއަރައިޒޭޝަން ދަތުރުތަކާއި ބްރޯޑްކާސްޓިންގް ޕާޓްނަޝިޕް, އައުޓްޑޯ ކެމްޕެއިން, ޕްރިންޓް މީޑިޔާ ކެމްޕެއިން އަދި އެހެނިހެން އެކި ހަރަކާތްތައް ރާވާފާވެއެވެ.  

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކާއި، އެތަކެއް މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2022ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ. މިގޮތުން ރާއްޖޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް މިއަހަރު އެމްއެމްޕީއާރުސީއިން ވަނީ 'ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑު'ގެ ލަޤަބުވެސް ހާސިލްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު