Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވުން

ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވުމާއި ގުޅިގެން އެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އަވަހާރަވިއިރު އުމުރުފުޅަކީ، 72 އަހަރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2022 | ބުދަ 07:51
ސަމަރުބްލޫ އިބްރާހީމް މަނިކު

ސަމަރުބްލޫ އިބްރާހީމް މަނިކު | ރައީސް އޮފީސް

ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާއި ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އިބްރާހީމް މަނިކަކީ، ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި، ޚާއްޞަކޮށް ދިވެހިރާއްޖޭގެ އަޑުގައި ޢަމަލީގޮތުން ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަދި ޢާންމުން ޝައުޤުވެރިވި އެތައް ޕްރޮގްރާމްތަކެއް ހުށަހަޅުއްވައި، އެ ދާއިރާއަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށް ފަހު، މިއަދު ހެނދުނު އިންޑިއާގެ ބެންގަލޫރުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ.

އިބްރާހީމް މަނިކު އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައެވެ. އެ ދާއިރާގެ ވަރަށް އިސް މަގާމުތަކެއް އެ މަނިކުފާނު ވަނީ ފުރުއްވާފައެވެ. އެގޮތުން، ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ޕްރޮގްރާމް ރޭވުމާއި، ޕްރޮގްރާމް ޕްރޮޑިއުސް ކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމް ޕްރޮޑިއުސަރު ކަމާއި، އެސިސްޓެންޓު ޑިރެކްޓަރު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، ޑިރެކްޓަރު ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑިރެކްޓަރ ޖެނެރަލް އޮފް ބްރޯޑްކާސްޓިން ކަމުގެ މަގާމު ފުރުއްވާފައިވެއެވެ.

އެ މަނިކުފާނު މިނިސްޓަރ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ މަގާމަށް ޢައްޔަން ކުރެއްވީ 11 ނޮވެންބަރު 1993 ގައެވެ. އަދި 13 ސެޕްޓެންބަރު 2004ގެ ނިޔަލަށް އެ ދާއިރާގެ ވަޒީރު ކަމުގައި އެ މަނިކުފާނު ހުންނެވިއެވެ. އެހެންކަމުން، ރާއްޖޭގެ ބްރޯޑްކާސްޓިންގެ ދާއިރާގައި އެ މަނިކުފާނު ހޭދަކުރެއްވި 27 އަހަރަށްވުރެ ދިގު މުއްދަތުގައި، އެ ދާއިރާގެ ތަރައްޤީއަށް ކޮށްދެއްވި ޚިދުމަތްތަކަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ. ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް މިހާތަނަށް އައި ކުރިއެރުމުގައި، އިބްރާހީމް މަނިކުގެ ޙިއްޞާ ވަރަށް ބޮޑެވެ. ދިވެހިރާއްޖޭގެ އަޑުން ފޮނުވި ތަފާތު ޕްރޮގްރާމްތައް އުފެއްދެވުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ އިބްރާހީމް މަނިކެވެ. އަދި އެތައް ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ޢާންމުންގެ ލޯބި އެ މަނިކުފާނު ވަނީ ހޯއްދަވާފައެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ ކާމިޔާބު އެއް ޕްރޮގްރާމް ކަމުގައިވާ "ބާއްޖަވެރި ހެނދުނެއް" މި ޕްރޮގްރާމްގެ އެންމެ އިސް މޭސްތިރިޔަކީވެސް އިބްރާހީމް މަނިކެވެ.

ރޭޑިއޯއަކީ ހުރިހާ ރޮނގެއްގެ ފަންނާނުންގެ ބައިވެރިވުން އެކުލެވޭ ޚިދުމަތަކަށް ހެއްދެވުމަށް މިޔުޒިކީ ބޭފުޅުންނަށް ފުރުޞަތު ދެއްވައި، އެ ބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަންކުރެއްވުމަށް ލަވައާއި މިޔުޒިކުގެ މަސައްކަތަށް އަގު ދެއްވައިގެން، އެކަން ކުރައްވަން ފެށްޓެވީ ވެސް އިބްރާހީމް މަނިކުގެ އިސްނެންގެވުމުގެ މަތިންނެވެ. އިންފޮމޭޝަން މިނިސްޓަރު ކަމުގެ މަގާމުގެ ވާޖިބުތައް އަދާކުރައްވަމުން ގެންދެވިއިރު ވެސް ރޭޑިއޯ ޕްރޮގްރާމްތަކަށާއި، ޓީ.ވީ ޕްރޮގްރާމްތަކަށް އެ މަނިކުފާނު ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުން ގެންދާ "ރޯދަ ކުރުކުރުން" މި ޕްރޮގްރާމް އޭރު ކޮންމެ ދުވަހަކު ހުށަހަޅުއްވަމުން ގެންދެވީ ވެސް އިބްރާހީމް މަނިކެވެ. އަދި ޓީ.ވީ މޯލްޑިވްސް އިން ކޮންމެ ރޯދަމަހަކު އޭރު ފޮނުއްވަމުން ގެންދެވި "ތިޔަބޭފުޅުންގެ ފުރުޞަތު" މި ޕްރޮގްރާމްގެ މޭސްތިރިއަކީ ވެސް އިބްރާހީމް މަނިކެވެ. މީގެއިތުރަށް، ސްކޫލްތަކުގެ ކުދިންގެ މެދުގައި ލަވަކިޔުމުގެ ހުނަރު ތަރައްޤީ ކުރައްވައި، އެ ފަންނު ދިރުވުމުގެ މަޤްޞަދުގައި ފެށްޓެވި ޓީ.ވީ.އެމް. ސްކޫލް ކުދިންގެ ލަވަ މުބާރާތަކީ ވެސް ސީދާ އިބްރާހީމް މަނިކުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ކާމިޔާބު މުބާރާތެކެވެ.

ޓީ.ވީ ބްރޯޑްކާސްޓިންއަށް ޒަމާނީ ބަދަލުތަކެއް ގެންނަވައި، މުވައްޒަފުން ތަމްރީނު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، "ދިވެހި ފަންނާނުންގެ މިޔުޒިކީ ޢީދު" އާއި، "ބައިބަލާ" މުބާރާތްފަދަ ބޮޑެތި އިވެންޓްތައް ބްރޯޑްކާސްޓިންއާ ގުޅުވައި ވުޖޫދަށް ގެންނެވި ބޭފުޅަކީ ވެސް އިބްރާހީމް މަނިކެވެ.

އަލްމަރްޙޫމް އިބްރާހީމް މަނިކަކީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ބްރޯޑްކާސްޓިން ދާއިރާގެ އިތުރުން އެ މަނިކުފާނަކީ މިނިސްޓަރ އޮފް ޔޫތު، ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް ކަމުގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. އޭގެފަހުން، ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓްގެ ޗެއަރމަން ކަމުގެ މަގާމު ވެސް ފުރުއްވިއެވެ. 6 އޮގަސްޓު 2008 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ދިވެހި ދައުލަތުގެ މިނިސްޓަރު ކަމުގެ މަގާމުގައެވެ.

އަލްމަރްޙޫމް އިބްރާހީމް މަނިކު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 19 ޖަނަވަރީ 1971 ގައެވެ. ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ސެކްރެޓެރީ ކަމެވެ. އޭގެފަހުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ އިނގިރޭސި ސެކްރެޓެރީކަން ކުރެއްވިއެވެ.

އަލްމަރްޙޫމް އިބްރާހީމް މަނިކަކީ، މިޔުޒިކާއި ލަވަ ކިޔުން ކުރިއެރުވުމުގެ ރޮނގުން 1996 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ލަވަ ކިޔުމުގެ ފުރުޞަތު ލިބިފައިނުވާ އެތައް ފަންނާނުންނަކަށް އެ ފުރުޞަތު އެ މަނިކުފާނު ހޯއްދަވައިދެއްވާފައިވެއެވެ. އެ މަނިކުފާނަށް ވަނީ މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ. މީގެއިތުރުން، ކުޑަކުދިންނަށް ޚާއްޞަ ފޮތް ސަރުކާރުން ގަބޫލުކުރައްވާ ފެންވަރަކަށް ދިވެހިބަހުން އެކުލަވައިލެއްވި ބޭފުޅުންނަށް ސަރުކާރުން ދެއްވި ޚާއްޞަ އިނާމު، 1999 ވަނަ އަހަރާއި، 2000 ވަނަ އަހަރާއި، 2001 ވަނަ އަހަރު އިބްރާހީމް މަނިކަށް ވަނީ ލިބިވަޑައިގެންފައެވެ.

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން އިންޑަސްޓްރީއަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދެއްވި "ބްރޯޑްކާސްޓް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" މި އަހަރު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު