Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އިކުއެޑޯ ކަޓުވާލައި ސެނެގާލް ދެވަނަ ބުރަށް

ގްރޫޕު އޭގެ އެއްވަނާގައި ދެވަނަ ބުރަށް ދަތުރުކުރީ ނެދަލެންޑްސް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 29 ނޮވެމްބަރު 2022 | އަންގާރަ 17:19
ސެނެގާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ސެނެގާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ފީފާ ވޯލްޑް ކަޕްއިން އިކުއެޑޯ ކަޓުވާލުމަށްފަހު ސެގާލް ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ސެނެގާލް ދެވަނަ ބުރުގެ ޖާގަ ޔަގީންކުރީ އިކުއެޑޯއާއި ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުން އެޓީމު މޮޅުވީ 2-1ންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ސެނެގާލް ޓީމުންނެވެ. ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސެނެގާލްއަށް ލީޑު ނަގައިދިނީ އިސްމާއިލާ ސާރއެވެ.

ނަމަވެސް އިކުއެޑޯއިން ވަނީ ދެވަނަ ހާފުގައި ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އިކުއެޑޯއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މޮއިސެސް ކައިސޭޑޯއެވެ. ސެނެގާލްއިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރީ އިކުއެޑޯއިން ލަނޑުޖެހިތާ ދެމިނެޓު ފަހުން ލަނޑެއް ޖަހާ މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުން މޮޅުވި ލަނޑު އެޓީމަށް ޖަހައިދިނީ ކަލީޑޯ ކުލިބަލީއެވެ.

މި ގްރޫޕުގެ އެއްވަނާގައި ދެވަނަ ބުރަށް ދަތުރުކުރީ ނެދަލެންޑްސްއެވެ. އެޓީމު ވަނީ ގަތަރާއި ވާދަކޮށް 2-0ން މޮޅުވެފައެވެ. ނެދަލެންޑްސްގެ ލަނޑުތައް ޖަހައިދިނީ ކޯޑީ ގަކްޕޯ އާއި ފްރެންކީ ޑިޔޯންގއެވެ. މެޗުގެ 68 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ސްޓީވެން ލަނޑެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެލަނޑު ބަލައިނުގަތުމަށެވެ.

ގްރޫޕް އޭގެ އެއްވަނައިގައި އޮތް ނެދަލެންޑްސްއަށް ގްރޫޕް ސްޓޭޖް ނިމުނުއިރު ލިބެނީ ހަތް ޕޮއިންޓެވެ. ދެވަނައިގައި ސެނެގާލް ދެވަނަ ބުރަށް ދަތުރުކުރީ ހަ ޕޮއިންޓު ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އިކުއެޑޯއަށް ހަތަރު ޕޮއިންޓު ލިބޭއިރު ފުލުގައި ގަތަރު އޮތީ ޕޮއިންޓެއް ނުލިބިއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު