Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

ފުޓުބޯޅައިގައި އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން: ކަދްރީ

ޓިއުނީޝިޔާ އަށް ފުރުސަތު އޮތް، އެ ގްރޫޕްގައި އެ މީހުން "ދިރި އެބަ އޮތް"

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2022 | ބުދަ 02:31
ޓިއުނީޝިޔާގެ ކޯޗު ކަދްރީ

ޓިއުނީޝިޔާގެ ކޯޗު ކަދްރީ

ދުނިޔޭގެ ފުޓުބޯޅައިގައި އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން ކަމަށް ޓިއުނީޝިޔާގެ ކޯޗު ޖަލީލް ކަދްރީ ބުނެފިއެވެ.

ކަދްރީ މިހެން ބުނީ ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ޓިއުނީޝިޔާ އަށް އަދިވެސް ފުރުސަތު އެބަ އޮތް ކަަމަށާއި އެކަން ހާސިލު ކުރަން ބޭނުންވާ ކަމަށެވެ. ކަދްރީ ބުނީ އެކަން ހާސިލު ކުރަން ބޭނުންވަނީ ހުރިހާ ކުޅުންތެރިންނާއެކު ކަމަށާއި، ކުޅުންތެރިންނަށް އެކަން އެނގޭނެ ކަމަށެވެ. އޭނާ ބުނީ އަދިވެސް ޓިއުނީޝިޔާ އަށް ފުރުސަތު އޮތް ކަަމަށާއި، އެ ގްރޫޕްގައި އެ މީހުން "ދިރި އެބަ އޮތް" ކަމަށެވެ. އެކަން ފާހަގަ ކުރަމުން ކަދްރީ ބުނީ ޒިންމާތަކަށް ރަނގަޅަށް އަހުލުވެރިވެގެން ތިބި ކަމަށެވެ.

މީގެ އިތުރުން ކަދްރީ ބުނީ މެޗުގައި ކުޅެ ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުންވާ ކެތްތެރިކަމާއި، ހިތްވަރު އޭނާގެ ޓީމުގައި ހުންނާނެ ކަމަށެވެ. އަދި އެންމެ މުހިންމު ކަމަކީ ފަހު މެޗު ރަނގަޅު ރޫޙެއްގައި ކުޅުން ކަމަށެވެ. އޭނާ ބުނީ ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް އެކަމަށް އިހުތިރާމް ކުރާނެ ކަމަށާއި، ނަމަވެސް ރަނގަޅު ކުޅުމެއް ދައްކައި، ފަހުރުވެރި ރޫހެއް ދެއްކުމަކީ އިސްކަންދޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ކަދްރީ ބުނީ ބުދަ ދުވަހުގެ މެޗުގައި ކުޅެން ޖެހެނީ ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިނުންނާ ދެކޮޅަށް ކަމަށާއި، ޓިއުނީޝިޔާގެ މިޝަންގައި ހުރި އުނދަގޫ ކަންތައްތައް ވެސް އެނގޭ ކަމަށެވެ. ކަދްރީ ބުނީ ފްރާންސް އަކީ ޓެކްޓިކަލީ ވަރުގަދަ ޓީމެއް ކަމަށާއި، ހުނަރުވެރި ޓީމެއް ކަމަށެވެ. ނަމަވެސް އެއީ ޓިއުނީޝިޔާ ބަލިކަމަށް ޤަބޫލުކުރަން ޖެހޭ ސަބަބެއް ނޫންކަން ފާހަގަ ކުރަމުން އޭނާ ބުނީ، ފުރަތަމަ ދުވަހުން ފެށިގެން ވެސް ޓީމަށް އިތުބާރު އޮންނަ ކަމަށެވެ.

ކަދްރީ ބުނީ އޭނާއާއެކު ޓީމުގައި 26 ކުޅުންތެރިން އެބަ ތިބި ކަމަށާއި، އެ ހުރިހާ ކުޅުންތެރިން ޓީމުގައި ގުނޭނެ ކަމަށެވެ. އަދި ރަނގަޅު ނަތީޖާއެއް ހޯދުމަށް އެ ހުރިހާ ކުޅުންތެރިންގެ ވެސް ހިތްވަރަކާއި، އިތުބާރު އޮތް ކަމަށެވެ.

މުބާރާތުގެ ގްރޫޕް ޑީ ގައި ފްރާންސް އަދި ޓިއުނީޝިޔާ ބައްދަލު ކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު