Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
119 ކިލޯގެ މަސްތުވާތަކެތި

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މުޖާހިދު ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި

މުޖާހިދު ދޫކޮށްލާފައިވަނީ ޝަރުތުތަކާއެކު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2022 | އަންގާރަ 09:51
 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

119 ކިލޯގެ މައްސަލައިގައި ހިމެނޭ މުޖާހިދު ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، 119 ކިލޯ މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައިގައި, ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާކޮށްފައިވާ ގދ. ހޯނޑެއްދޫ, އަލޯރާ އަޙްމަދު މުޖާހިދު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނީކޮށް, 23 ނޮވެންބަރު 2022 ދުވަހު ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ އެ މައްސަލަ ބަލާ ސެކްޝަންގެ ދާއިމީ ފަނޑިޔާރަކު ނެތުމުން އެ މައްސަލަ ލަސްވާކަމަށް ބުނެއެވެ. އެހެންނަމަވެސް މުޖާހިދު ދޫކޮށްލާފައިވަނީ ޝަރުތުތަކާއެކުއެވެ. އޭނާއަށް ކޮށްފައިވާ ޝަތުރުތަކުގެ ތެރޭގައި ދައުލަތުގެ ހެކިންނާއި ވާހަކަ ނުދެއްކުމާއި، ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރުވުމަށް އަންގާއެވެ. އަދި ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދުމަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފައެވެ.

ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑްރަގް ޓްރެފިކް ކުރިކަމަށް ތުހުމަތުވާ މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން މިހާރު އުފުލާފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދު މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ ދީބާނާޒް ފަހުމީއެވެ. އެހެންނަމަވެސް، އޮގަސްޓު މަހުގެ 9 ވަނަ ދުވަހުން ފެށިގެން ގާޒީ ދީބާނާޒް ހައިކޯޓަށް ބަދަލު ކުރެއްވުމާއެކު އެ ސެކްޝަނުގެ މައްސަލަަތައް ބަލަމުން ގެންދަނީ އެކިއެކި ސެކްޝަންތަކުގެ ގާޒީންނަށް ބަހާލައިގެންނެވެ. އެގޮތުގެ މަތިން މައްސަލަތައް ކުރިއަށް ގެންދާއިރު އަޑުއެހުންތައް ތާވަލު ނުކުރެވިވެސް ގިނަ ދުވަސް ވޭތުވެގެންދާން ޖެހެއެވެ.

މި މަހުގެ 23 ވަނަ ދުވަހު ވެސް މި މައްސަލައިގައި ހިމެނޭ 3 މީހަކު ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލާފައެވެ. އެމީހުންނަކީ ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު އަދި ގދ. ހޯނޑެއްދޫ، ދޯދި، މުހައްމަދު އަކްރަމް އަބްދުލް ހަންނާނެވެ.

މި 3 މީހުންވެސް ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކާއެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު