Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ އާއި ރަށްރަށުގެ ކަރަންޓުގެ އަގު

މާލެ އާއި ރަށްރަށުން ކަރަންޓަށް ނަގާ އަގު އެއް ހަމަކުރުމަށް 6 މަސް ދުވަހުގެ މުއްދަތެއް

ފެނަކާއި ސްޓެލްކޯއިންވެސް ބުނެފައިވަނީ އަގު އެއް ހަމަކޮށްފިނަމަ ގެއްލުންވާނެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ނޮވެމްބަރު 2022 | އަންގާރަ 09:05
ރަސްދޫގައި އިމާރަތްކުރާ އައު އިންޖީނުގެ

ރަސްދޫގައި އިމާރަތްކުރާ އައު އިންޖީނުގެ

މާލެ އާއި ރަށްރަށުގައި ކަރަންޓަށް ނަގާ އަގު ހަމަހަމަކުރަން ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ރަށްރަށަށް ދޭ ކަރަންޓުގެ ހިދުމަތުގެ އަގާއި ސްޓެލްކޯ އިން މާލެއަށް ދޭ ކަރަންޓުގެ ހިދުމަތުގެ އަގު އެއްވަރުކުރަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާންއެވެ.

އެ ގާރާރު ދިރާސާކޮށްފައިވަނީ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީންނެވެ. ކޮމިޓީން ވަނީ މިކަން ދިރާސާކުރުމަށް ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ސްޓެލްކޯ އާއި ފެނަކައިގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޔޫޓިލިޓީ އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އެއާއެކު ކޮމިޓީން ނިންމާފައިވަނީ ސްޓެލްކޯ އާއި ފެނަކައިން ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ރަށްރަށާއި މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލުކުރަމުން އަންނަ ރޭޓާއި ބޭންޑްކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި ބޭންޑާއި ރޭޓް ހަމަހަމަ ކުރުމަށެވެ.

މިގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ވޯޓުންނެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހަޅުއްވާފައިވާ މިގަރާރަކީ ކަރަންޓުގެ ޚިދުމަތް ދެމުންގެންދާ ދެކުންފުނި ކަމުގައިވާ ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންގެންދާ ރަށްރަށާއި ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލު ކުރަމުންގެންދާ ރޭޓާއި ބެންޑުކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލާ ބޭންޑާއި ރޭޓް ހަމަހަމަ ކުރުމަށާއި އެކަމުގެ ސަބަބުން ކުދި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލާ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅުއްވާފައިވާ ގަރާރެކެވެ. މިވަގުތު ސްޓެލްކޯއިން ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު ރަށްރަށުގައި 300 ޔުނިޓުން މައްޗަށް 6 ރުފިޔާ ޗާރޖުކުރާއިރު މާލޭގެ ވިޔަފާރިތަންތަނުން 6 ރުފިޔާ ޗާޖުކުރަނީ 1000 ޔުނިޓުން މައްޗަށެވެ.

އެ ގަރާރުގައި ބުނެފައިވާ ގޮތުގައި، 200 ޔުނިޓާއި 300 ޔުނިޓާ ދެމެދުގެ ވަރަކަށް ކަރަންޓު ބޭނުންކުރާ ނަމަ، މާލެއިން 3.65ރ. ނަގާއިރު، ފެނަކައިން ކަރަންޓް ދޭ ރަށްރަށުގައި 6ރ. ނަގާ ކަމަށެވެ. ފެނަކައިން 100 ޔުނިޓާ 200 ޔުނިޓާ ދެމެދުގެ ބޭންޑަށް 3.75ރ. ނަގާއިރު، މާލޭގައި ނަގަނީ 3.35ރ އެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) އަހުމަދު ޝަރީފް ވިދާޅުވީ މާލެ އާއި އަތޮޅުތަކުގައި ޚިދުމަތްދޭ އަގު އެއްވަރުކޮށްފިނަމަ އެކުންފުންޏަށް 35 މިލިއަން ރުފިޔާ ގެއްލުންވާނެކަމަށެވެ. ވިޔަފާރި ތަންތަނުގެ ރޭޓް އެއް ހަމަކޮށްފިނަމަ ފެނަކައަށް 41.2 މިލިއަން ރުފިޔާގެ ގެއްލުންވާނެކަމަށް ފެނަކައިގެ އެސިސްޓެންޓް ޑިރެކްޓަރ އަހުމަދު އަލީ ކޮމިޓީގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

އެހެންކަމުން އަގު އެއްހަމަ ކުރުމަށް ކުރަން ޖެހޭނެ ކަންތައްތައް ފުރިހަމަކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ކަނޑައަޅައި ކޮމިޓީން ތިން ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އެއީ؛

• ސީދާ ޓެރިފަށް ކުރާ އަސަރު ދެނެގަނެ ކަރަންޓުގެ ހިދުމަތް ހަމަހަމަ ގޮތެއްގައި ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ފުރިހަމަ ޓެރިފް ރިވިއުއެއް ހެދުން. އަދި މާލެ އާއި ރަށްރަށުގައި ހިންގާ ވިޔަފާރިތަކުގެ ޓެރިފް ރޭޓުތައް އެކި ގިންތިތަކަށް އެއްހަމަކުރުމުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމުމަށް.

• ކަރަންޓު ދިނުމަށް ބޭނުންކުރާ ވަސީލަތްތައް އިތުރުކޮށްގެން ޓެރިފް ރޭޓުތައް ކުޑަކުރުމަށް ކުރެވެން ހުރި މަސައްކަތްކުރުން. އެގޮތުން ޑީސަލް ޚަރަދު ކުޑަކޮށްގެންނާއި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓް އުފައްދާ މިންބަރު އިތުރުކޮށް ޓެރިފް ރޭޓްތައް ކުޑަކުރުމަށް މަސައްކަތްކުރުން

• ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ބިލުކުރުމުގައި އެއްހަމަކުރުމުގެ މަސައްކަތް އަންނަ އަހަރު ޖޫންގެ ނިޔަލަށް ނިންމުން.

ކޮމިޓީ މަރުހަލާގައި ކަމާބެހޭ ހުރިހާ ބޭފުޅުންވެސް ވަނީ އިޔާދަކުރަނިވި ހަކަތައަށް ގޮސްގެން ކަރަންޓުގެ އަގު ކުޑަކުރެވޭނެކަން ފާހަގަކުރައްވާފައެވެ.

ކަރަންޓު އުފައްދަން ކުރަންޖެހޭ ހަރަދުގެ ބޮޑު ބަޔެއް ދަނީ ތެލަށެވެ. އެހެންކަމުން ބޭނުންކުރާ ތެލުގެ މިންވަރު މަދުވާނަމަ ރައްޔިތުން އަތުން ނަގަންޖެހޭ އަގު ކުޑަކުރެވިގެންދާނެއެވެ.

ސްޓެލްކޯގެ އެމްޑީ ޝަރީފް ވިދާޅުވީ ސްޓެލްކޯއަށް ލިބޭ އާމްދަނީ 65 އިންސައްތަ އެކުންފުނިން ހޭދަކުރަމުން އަންނަނީ ތެލަށްކަމަށެވެ. އެހެންކަމުން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢެއް ރާވަމުންދާ ކަމަށާއި އެގޮތުން 100 މެގަވޮޓްގެ ސޯލާ އެނާޖީ މަޝްރޫޢެއް ރާވަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ. އެމަޝްރޫޢުގެ ދަށުން ޔުނިޓަކަށް ޖެހޭވަރު 2.5 ރުފިޔާއަށްވުރެ ކުޑަކުރެވިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ފެނަކައިން ވެސް ފާހަގަކުރި ކަމަކީ އިޔާދަކުރަނިވި ހަކަތައާ ދިމާލަށް ދިޔުމެވެ. ފެނަކައިގެ ފަރާތުން ވާހަކަދައްކަވަމުން އަހުމަދު އަލީ ވިދާޅުވީ 155 ރަށުގައި ހޯމް ސޯލަރ އެނަރޖީ ޕްރޮގްރާމް ކުރިޔަށްގެންދާކަމަށެވެ. ސޯލަރ އެނާޖީއަށް އިންވެސްޓްކުރާ ފަރާތްތަކަށް 75-92 އިންސައްތަ ކަރަންޓް ބިލުން ކުޑަކުރެވިގެންދާނެކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު