Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އިކުއެޑޯ އިން "ހޯމްވޯކް" ނިންމައިފި، ސެނެގާލް މެޗުން ނަތީޖާ ނެރޭނެ

އުއްމީދަކީ އިކުއެޑޯ އަށް މެޗު ކާމިޔާބު ކުރެވުން، އިކުއެޑޯ ޓީމަށް އެކަން ހައްގު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ނޮވެމްބަރު 2022 | އަންގާރަ 08:46
އިކުއެޑޯގެ ކޯޗު ގުސްޓާވޯ އަލްފާރޯ

އިކުއެޑޯގެ ކޯޗު ގުސްޓާވޯ އަލްފާރޯ

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސެނެގާލާ ދެކޮޅަށް ނުކުންނައިރު، އިކުއެޑޯ ޓީމުން އޮތީ "ހޯމްވޯކް" ނިންމައި މެޗަށް ފުރިހަަމަ އަށް ތައްޔާރުވެގެން ކަމަށް އެ ޓީމުގެ ކޯޗު ގުސްޓާވޯ އަލްފާރޯ ބުނެފިއެވެ.

އަލްފާރޯ މިހެން ބުނީ ސެނެގާލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ މެޗަށް ތައްޔާރުވުމަށް ޓީމުން ކުރި މަސައްކަތާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. އަލްފާރޯ ބުނީ ސެނެގާލް ޓީމަކީ ވަރަށް ރަނގަޅު، ވަރުގަދަ ޓީމެއް ކަމަށެވެ. އަދި އެ ޓީމާ ދެކޮޅަށް އިކުއެޑޯ ވެސް ފެންނާނީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. އޭނާ ބުނީ އުއްމީދަކީ އިކުއެޑޯ އަށް މެޗު ކާމިޔާބު ކުރެވުން ކަމަށާއި، އިކުއެޑޯ ޓީމަށް އެކަން ހައްގު ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ އެ ޓީމުގެ ކެޕްޓަން އަދި އެންމެ މުހިންމު ކުޅުންތެރިޔާ އެނާ ވެލެންސިއާގެ ވާހަކަ ވެސް ދައްކާފައެވެ. އަލްފާރޯ ބުނީ އޭނާ ވެލެންސިއާގެ ކަކުލުގައި ތަދެއް ހުރި ކަމަށާއި، ނަމަވެސް ޤައުމީ ޓީމަށްޓަކައި ކޮންމެ މެޗެއްގައި ކުޅެން ވެލެންސިއާ ބޭނުންވާ ކަމަށެވެ. އަލްފާރޯ ބުނީ ޓީމު ގޮވައިގެން ކުރިއަށްދާނެ ހިތްވަރާއި ފެންވަރު ވެސް އޭނާގެ ގައިގަ ހުރި ކަމަށެވެ. ވެލެންސިއާގެ މޮޅުކަން ފާހަގަ ކުރަމުން އަލްފާރޯ ބުނީ އޭނާގެ ޓީމުން އަބަދުވެސް ވެލެންސިއާ އަށް ޖާގަ ލިބޭނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް މެޗުގައި ވެސް އޭނާ އަށް ކުޅެވޭތޯ ވަރަށް މަސައްކަތް ކުރާނެ ކަމަށް އަލްފާރޯ ބުންޏެވެ.

އަލްފާރޯ ބުނީ މެޗުގެ ފުރަތަމަ 11 ގައި ވެލެންސިއާ ހިމަނާނެ ހާލަތެއް ނައިސްފިނަމަ، މެޗުގެ ވަކި ހިސާބަކުން ވެސް އޭނާ އަރުވަން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އުއްމީދަކީ މެޗުގެ ފުރަތަމަ ކަށިގަނޑާއެކު ވެސް އެނާ ވެލެންސިއާ ފެނުން ކަމަށެވެ.

ގްރޫޕް އޭ ގައި އިކުއެޑޯ ސެނެގާލް ބައްދަލު ކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
27 ފެބުރުއަރީ 2017

މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ

27 ފެބުރުއަރީ 2017
މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ
20 ފެބުރުއަރީ 2017

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ
12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު